ޢާންމު މަޢުލޫމާތު
ނަންބަރު: O10C-B/2021/01
ޕަބްލިޝްކުރި ތާރީޚް: 19 މޭ 2021
ޕަބްލިޝްކުރި ގަޑި: 13:07
ހައްދުންމަތީ މާމެންދޫ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
ކޮވިޑް-19 އާއި ގުޅިގެން ލ.މާމެންދޫ މޮނިޓަރިންގއަށް ލާފައިވާ މުއްދަތުގައި ލ.މާމެންދޫ މެޖިސްޓްރޭޓް ކޯޓުގެ ޚިދުމަތް ދިނުމަށް ހަމަޖެހިފައިވާގޮތް

އިޢުލާން

 

ކޮވިޑް-19 އާއި ގުޅިގެން ލ.މާމެންދޫ މޮނިޓަރިންގއަށް ލާފައިވާ  މުއްދަތުގައި ލ.މާމެންދޫ މެޖިސްޓްރޭޓް ކޯޓުގެ ޚިދުމަތް ދިނުމަށް ހަމަޖެހިފައިވާގޮތް

 

ކޮވިޑް-19 އާއި ގުޅިގެން ލ.މާމެންދޫ މޮނިޓަރިންގއަށް ލާފައިވާ މުއްދަތުގައި މި ކޯޓުން މުއްދަތު މަޖްލިސްތަކާއި ކޮންމެހެން ބާއްވަންޖެހޭ ޝަރީޢަތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށެވެ. މިހާރު ހަވާލުކުރެވިފައިވާ ކޯޓަށް ހާޟިރުވުމުގެ ޗިޓުތަކަށް ޝަރީޢަތްތައް ނުބޭއްވުމުގެ އިތުރުން ކޯޓަށް ހާޟިރުނުވުމާއި ގުޅިގެން އެއްވެސް ފިޔަވަޅެއް ނާޅާގޮތަށްވަނީ ކަނޑައެޅިފެއެވެ. މިކޯޓުގެ ފައިސާއާއި ގުޅޭ ޙިދުމަތްތައް ރަސްމީ ކޮންމެ ދުވަހުގެ 08:00 އާއި 10:00 އާއި ދެމެދު ދިނުމާއި، ކޯޓުގެ ޚިދުމަތް ހޯއްދެވުމަށް ފަސޭހަކުރުމުގެ ގޮތުން ކޮންމެހެން ހުށަހަޅަންޖެހޭ މައްސަލަތައް ހުށަހެޅުމަށް ހަމަޖެހިފައިވަނީ އީމެއިލް މެދުވެރިކޮށެވެ.  

 އެހެންކަމުން، މި ކޯޓަށް އެއްވެސް މައްސަލައެއް ހުށަހަޅަން ބޭނުންވާނަމަ މިކޯޓުގެ އީމެއިލަށް މެއިލް ކުރެއްވުމަށްފަހު މި ޢިއުލާނުގައިވާ ފަރާތްތަކާއި ފޯނުން ގުޅުއްވައިގެން ކުރިއަށްގެންދެވުން އެދެމެވެ.

އީމެއިލް އެޑްރެސް: [email protected]

ވެބްސައިޓް : l-maamendhoo.courts.gov.mv

ފޯން: 6800641  ( 7609029 / 9820303)  

                      ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

                             07 ޝައްވާލު 1442ހ.

                             19 މެއި 2021މ.

                                  

                                          އިދުރީސް މަޙްފޫޡު

                                                             ޗީފް އެޑްމިނިސްޓްރޭޓަރ

19 މޭ 2021