ޢާންމު މަޢުލޫމާތު
ނަންބަރު:
ޕަބްލިޝްކުރި ތާރީޚް: 19 މޭ 2021
ޕަބްލިޝްކުރި ގަޑި: 11:18
ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލްގެ ހިންގާ ޤަވާޢިދު 2021

ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލްގެ ހިންގާ ޤަވާޢިދު 2021

 

އެއްވަނަ ބާބު

ޢާއްމު މާއްދާތައް

ތަޢާރުފާއި ނަން

  1.  

(ހ)

 

މި ޤަވާއިދަކީ، ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ ދަށުން އިންތިޚާބުކުރެވިފައިވާ ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލްގެ ހިންގުމުގައި ޢަމަލުކުރާނެގޮތުގެ ޤަވާއިދެވެ. މި ގަވާއިދު އެކުލަވާލާ ފާސްކޮށްފައި މިވަނީ، 18 މެއި 2021 ގައި ބޭއްވުނު ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލްގެ 02 ވަނަ ބައްދަލުވުމުގައެވެ.

 

 

(ށ)

 

މި ގަވާއިދަށް ކިޔާނީ ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލްގެ ހިންގާ ގަވާއިދު 2021" އެވެ.

މަޤްޞަދު

  1.  

 

 

މި ގަވާއިދުގެ މަޤްޞަދަކީ،  ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) އާއި އެޤާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން، ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލްގެ ހިންގުމަށާއި، ކައުންސިލްގެ މަސްއޫލިއްޔަތު ފުރިހަމައަށް އަދާކުރުމަށާއި، ކައުންސިލްން ނިންމަންޖެހޭ ނިންމުންތައް ނިންމުމަށްޓަކައި ކައުންސިލުން ބާއްވަންޖެހޭ ބައްދަލުވުންތައް ބޭއްވުމާއި، އެ ބައްދަލުވުންތައް ހިންގުމާއި، އެ ބައްދަލުވުންތަކުގައި ނިންމާ ކަންކަން ނިންމުމުގައި ޢަމަލުކުރާނެ ގޮތުގެ އުސޫލުތައް ކަނޑައަޅާ ބަޔާންކުރުމެވެ.

ޤަވާއިދަށް ޢަމަލުކުރަން ފެށުން

  1.  

 

 

މި ޤަވާއިދަށް ޢަމަލުކުރަންފަށާފައި މިވަނީ، 18 މެއި 2021 ގައި ބޭއްވުނު ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލްގެ ދެވަނަ ބައްދަލުވުމުގައި، ކައުންސިލުން މި ގަވާއިދު ފާސްކުރުމުން 18 މެއި 2021 އިން ފެށިގެންނެވެ.

ކައުންސިލްގެ ފުރަތަމަ ބައްދަލުވުން

  1.  

 

 

މި ގަވާއިދު ފާސްކުރުމުގައި، ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ކަމުގައި ބަލާނީ ކައުންސިލްގެ މެންބަރުން ހުވައިކުރުމަށްފަހު، ބާއްވާ ކައުންސިލުގެ ފުރަތަމަ ޢާއްމު ބައްދަލުވުމެވެ.

 

ދެވަނަ ބާބު

ކައުންސިލްގެ ރައީސާއި ނައިބު ރައީސް އަދި މެންބަރުން

ކައުންސިލްގެ ރައީސް

  1.  

(ހ)

 

ކައުންސިލްގެ ރައީސް އިންތިޚާބުކުރާނީ ކައުންސިލް ނިސްބަތްވާ ސަރަޙައްދުގެ ރައްޔިތުންގެ މެދުގައި ދީމިޤްރާޠީ ޤަވާޢިދުތަކުގެ މަތިން ނަގާ ސިއްރު ވޯޓަކުންނެވެ.

ކައުންސިލްގެ ނައިބު ރައީސް

  1.  

(ހ)

 

ކައުންސިލްގެ ނައިބު ރައީސް އިންތިޚާބުކުރާނީ ކައުންސިލްގެ މެންބަރުންގެ ތެރެއިން އެ ކައުންސިލްގައި ހިމެނޭ ރައީސާއި މެންބަރުންގެ މެދުގައި ނެގޭ ސިއްރު ވޯޓަކުންނެވެ.

 

 

(ށ)

 

މި މާއްދާގެ (ހ)ގައި އެހެން އޮތްނަމަވެސް ކައުންސިލުގެ ނައިބު ރައީސް   މަޤާމުން އިސްތިއުފާ ދީފިނަމަ ނުވަތަ އިތުބާރުނެތްކަމުގެ ވޯޓެއް ނަގައިފިނަމަ ނުވަތަ މެންބަރުކަމުން ވަކިވެއްޖެނަމަ، އެ މަޤާމެއް ހުސްވާ ތާރީޚުން ފެށިގެން ގިނަވެގެން 14 (ސާދަ) ދުވަހުގެ ތެރޭގައި، މި ޤަވާޢިދުގެ 5 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، އެ ހުސްވާ މަޤާމަކަށް ކައުންސިލްގެ މެންބަރުންގެ ތެރެއިން މެންބަރަކު އިންތިޚާބުކުރަންވާނެއެވެ.

ކައުންސިލުގެ ނައިބު ރައީސް   އިންތިޚާބުކުރުމުގައި ޢަމަލުކުރާނެ ގޮތް

  1.  

(ހ)

 

ކައުންސިލުގެ ނައިބު ރައީސް އިންތިޚާބުކުރާނީ ކައުންސިލުގެ ޢާއްމު ބައްދަލުވުމެއްގައި، އަންނަނިވި ގޮތުގެ މަތިންނެވެ.

 

 

 

  1.  

ކައުންސިލްގެ މެންބަރުންގެ ތެރެއިން ކައުންސިލުގެ ނައިބު ރައީސް ކަމަށް އިންތިޚާބުވުމަށް އެދޭ މެންބަރަކު، އެ މެންބަރެއްގެ ނަން ކައުންސިލުގެ ޢާއްމު ބައްދަލުވުމަށް ހުށަހަޅަންވާނެއެވެ.

 

 

 

  1.  

ނައިބު ރައީސް ކަމަށް މެންބަރަކު އިންތިޚާބުކުރާނީ، ކައުންސިލުގެ އެ ޢާއްމު ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ މެދުގައި ނެގޭ ސިއްރު ވޯޓަކުންނެވެ.

 

 

 

  1.  

ނައިބު ރައީސް ހޮވުމަށް ނަގާ ސިއްރުގައި ވޯޓުގައި ބައިވެރިވާ ކޮންމެ މެންބަރަކަށް ދެވޭނީ 1 ވޯޓެވެ.

 

 

(ށ)

 

ކައުންސިލްގެ ނައިބު ރައީސް އިންތިޚާބުކުރުމަށްޓަކައި ނަގާ ސިއްރު ވޯޓުގެ ކަންތައްތައް ބަލަހައްޓާނީ، ކައުންސިލުގެ ސެކެޓްރީ ޖެނެރަލްއެވެ.

ކައުންސިލްގެ ރައީސް މަޤާމުން އިސްތިއުފާ ދިނުން

  1.  

 

 

ކައުންސިލްގެ ރައީސް މަޤާމުން އިސްތިއުފާ ދޭންބޭނުންވެއްޖެނަމަ، އެކަން ލިޔުމަކުން ކައުންސިލަށް ހުށަހަޅަންވާނެއެވެ. ކައުންސިލުގެ އިދާރާއަށް އިސްތިއުފާގެ ސިޓީ ލިބުމުން އޭނާ އެ މަޤާމުން ވަކިވީއެވެ. މި ސިޓީ ކައުންސިލުގެ އިދާރާއަށް ލިބުމުން، ސިޓީ ލިބުނުކަން، ހުރިހާ ކައުންސިލަރުންނަށް، ކައުންސިލުގެ ސެކެޓްރީ ޖެނެރަލް އަންގަންވާނެއެވެ.

ކައުންސިލްގެ ނައިބު ރައީސް   މަޤާމުން އިސްތިއުފާ ދިނުން

  1.  

(ހ)

 

ކައުންސިލްގެ ނައިބު ރައީސްގެ މަޤާމުން އިސްތިއުފާ ދޭންބޭނުންވެއްޖެނަމަ، އެކަން ލިޔުމަކުން ކައުންސިލަށް ހުށަހަޅަންވާނެއެވެ. ކައުންސިލުގެ އިދާރާއަށް އިސްތިއުފާގެ ސިޓީ ލިބުމުން އޭނާ އެ މަޤާމުން ވަކިވީއެވެ. މި ސިޓީ ކައުންސިލުގެ އިދާރާއަށް ލިބުމުން، ސިޓީ ލިބުނުކަން، ހުރިހާ ކައުންސިލަރުންނަށް، ކައުންސިލުގެ ސެކެޓްރީ ޖެނެރަލް އަންގަންވާނެއެވެ.

 

 

(ށ)

 

މި މާއްދާގައިވާ ގޮތުގެ މަތިން، ކައުންސިލުގެ ނައިބު ރައީސް ކަމުގެ މަޤާމުން މެންބަރަކު އިސްތިއުފާ ދިނަސް، އެ މެންބަރެއްގެ މެންބަރުކަން ދެމި އޮންނާނެއެވެ.

ކައުންސިލުގެ ނައިބު ރައީސް   މަޤާމުން ދުރުކުރުން

  1.  

(ހ)

 

ކައުންސިލްގެ ނައިބު ރައީސްގެ މައްޗަށް އިތުބާރުނެތްކަމަށް ކައުންސިލްގެ ޢާއްމު ބައްދަލުވުމެއްގައި، ކައުންސިލްގެ ޖުމްލަ މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކޮށް، ނައިބު ރައީސްގެ އިތުބާރުނެތްކަމަށް ނެގި ވޯޓަކީ ޞައްޙަ ވޯޓެއްކަމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީން ކަނޑައެޅުމުން، ކައުންސިލްގެ ނައިބު ރައީސްގެ މަޤާމުން އެ މެންބަރަކު ވަކިވާނެއެވެ.

 

 

(ށ)

 

ކައުންސިލްގެ ނައިބު ރައީސްކަމުގެ މަޤާމުންމެންބަރަކު ވަކިކުރިކަމުގައިވީނަމަވެސް އެ މެންބަރެއްގެ މެންބަރުކަން ދެމި އޮންނާނެއެވެ.

މެންބަރުކަމުން ވަކިވުން

  1.  

(ހ)

  1.  

ކައުންސިލްގެ މެންބަރުން މަޤާމުން ވަކިވާނީ ތިރީގައިވާ ގޮތުގެމަތިންނެވެ.

 

 

 

  1.  

އެމީހަކު މެންބަރުކަމުން ވަކިވާން އެދި ކައުންސިލަށް  އެޑްރެސްކޮށް ސިޓީ ފޮނުވުން.

 

 

 

  1.  

މަޤްބޫލު ޢުޛުރެއްނެތި ވިދިވިދިގެން 7 (ހަތެއް)  ޖަލްސާއަށް ހާޒިރުނުވުން. މަޤްބޫލު ޢުޛުރެއްކަމަށް ބެލެވޭނީ ތިމާ ނުވަތަ ބަލަންޖެހޭ މީހަކު ބަލިވެގެން ނުވަތަ މިނޫންވެސް ކައުންސިލުން ޤަބޫލުކުރާ ސަބަބެއް މެދުވެރިވުމުންނެވެ.

 

 

 

  1.  

މެންބަރެއްގެ ކިބައިގައި ހުރުން ޤާނޫނު ލާޒިމުކުރާ ސިފައެއް  އެ މެންބަރެއްގެ ކިބައިން އުނިވުން.

 

 

 

  1.  

މަރުވުން ނުވަތަ ކައުންސިލްގެ ވާޖިބު އަދާނުކުރެވޭ މިންވަރަށް ދާއިމަށް ނުކުޅެދުން.

 

 

(ށ)

 

މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތްތަކުގެ ތެރެއިން ގޮތެއް މެދުވެރިވެގެން ކައުންސިލްގެ މެންބަރެއްގެ މަޤާމް ހުސްވެސްޖެނަމަ، ޤާނޫނު ނަންބަރު: 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު)ގައި ބަޔާންކޮށްފައިވާ މުއްދަތުގައި ލޯކަލް ގަވަރމަންޓް އޮތޯރިޓީން އެ މަޢުލޫމާތު އިލެކްޝަންސް ކޮމިޝަނަށް ފޮނުވުމަށްޓަކައި، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޙާލަތު ދިމާވިކަން ކައުންސިލަށް އެނގޭތާ 1 (އެކެއް) ދުވަހުގެ ތެރޭގައި އެކަމުގެ މަޢުލޫމާތާއި ލިޔެކިޔުން ކައުންސިލުން ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ފޮނުވަންވާނެއެވެ.

އިތުބާރު ނެތްކަމުގެ ވޯޓާ ގުޅިގެން ހުސްވި މަޤާމަށް މެންބަރަކު އިންތިޚާބުކުރުން.

  1.  

(ހ)

 

ކައުންސިލުގެ ނައިބު ރައީސް  ގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށްފަހު އެ މަޤާމަށް މެންބަރަކު އިންތިޚާބުކުރަންވާނީ، އިތުބާރު ނެތްކަމަށް ކައުންސިލުން ނެގި ވޯޓަކީ ޞައްޙަ ވޯޓެއްކަމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީން ކަނޑައެޅުމުންނެވެ.

 

 

(ށ)

 

އިތުބާރު ނެތްކަމަށް ކައުންސިލުން ނެގި ވޯޓަކީ ޞައްޙަ ވޯޓެއްކަމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީން ކަނޑައަޅާތާ 14 (ސާދަ) ދުވަހުގެ ތެރޭގައި ހުސްވެފައިވާ މަޤާމަށް މެންބަރަކު އިންތިޚާބުކުރަން ވާނެއެވެ. އެ މުއްދަތުގައި އެ މަޤާމަށް މެންބަރަކު އިންތިޚާބުކުރެވިފައި ނުވާނަމަ، އެ މަޤާމަށް މެންބަރަކު އިންތިޚާބުކުރެވެންދެން، ކައުންސިލުގައި އެ ނޫން މައްސަލައަކާބެހޭ ގޮތުން މަޝަވަރާކޮށްގެން ނުވާނެއެވެ.

ކައުންސިލްގެ ރައީސްގެ  ވާޖިބުތައް

  1.  

 

 

ކައުންސިލްގެ ރައީސްގެ ވާޖިބުތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.

 

 

(ހ)

 

ކައުންސިލްގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ކައުންސިލުން ނިންމާ ނިންމުންތައް ޝާއިޢުކުރުމާއި ތަންފީޛުކުރުން؛

 

 

(ށ)

 

ކައުންސިލްގެ ހިންގުމަށް ކުރަންޖެހޭ މަސައްކަތްތައް ރާވައި ހިންގުން؛

 

 

(ނ)

 

ކައުންސިލްގެ މަޤްޞަދުތައް ޙާޞިލުކުރުމަށް ކައުންސިލުން އެކަށައަޅާ ތަރައްޤީގެ ޕްލޭނާއި ފައިނޭންޝަލް ޕްލޭންގެ މަޤްޞަދުތައް ޙާޞިލުކުރެވޭނެ ގޮތަށް އިދާރާގެ މަސައްކަތްތައް ބައްޓަންކުރުން؛

 

 

(ރ)

 

ކައުންސިލްގެ މަޝްވަރާގެ މަތިން އިދާރާގެ އޮނިގަނޑު އެކުލަވާލައި، ޑިވިޜަންތަކާއި ސެކްޝަންތަކާއި ޔުނިޓުތަކުގެ މަސައްކަތްތައް ކަނޑައަޅައި ތަންފީޛުކުރުން؛

 

 

(ބ)

 

ކައުންސިލްގެ ޖަލްސާތައް ގަވާއިދުން ބޭއްވުމާއި ޖަލްސާތަކުގެ ރިޔާސަތު ބެލެހެއްޓުން؛

 

 

(ޅ)

 

ކައުންސިލްގެ ޙަރަކާތްތައް ހިނގަމުންދަނީ ކައުންސިލްގެ މަޤްޞަދާ އެއްގޮތްވާ ގޮތުގެމަތިންތޯ ބެލުން؛

 

 

(ކ)

 

ކައުންސިލުން އެކުލަވާލަން ލާޒިމުކުރާ ޕްލޭންތަކާއި ރިޕޯޓުތައް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުމާއި، ޢާންމުކުރަންޖެހޭ ނިންމުންތައް ޢާންމުކުރެވޭކަން ކަށަވަރުކުރުން؛

 

 

(އ)

 

ކައުންސިލް ތަމްސީލުކުރަންޖެހޭ ތަންތަނުގައި ކައުންސިލް ތަމްސީލުކުރުން؛

 

 

(ވ)

 

ކައުންސިލް ހިނގަމުންދަނީ ޤާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިންކަން ކަށަވަރުކުރުން؛

 

 

(މ)

 

ކައުންސިލްގެ މާލީ ޒިންމާތަކާއި ކައުންސިލްގެ މާލީ ޒިންމާދާރުވެރިޔާގެ މަސްއޫލިއްޔަތުތައް މާލިއްޔަތު ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން އަދާކުރަމުންދާކަން ކަށަވަރުކުރުން؛

 

 

(ފ)

 

ކައުންސިލްގެ މަސްއޫލިއްޔަތާއި ޒިންމާތަކާ ގުޅިގެން ރައްޔިތުންނަށާއި، މަސްއޫލު އިދާރާތަކަށް ޖަވާބުދާރީވުން؛ އަދި

 

 

(ދ)

 

ސަރުކާރުގެ އިދާރާތަކާއި އެކިއެކި ޖަމްޢިއްޔާތަކާއި ޖަމާޢަތްތަކާއި ކައުންސިލާ ދެމެދު އެކުވެރިކަމާއި އެއްބާރުލުން ދެމެހެއްޓުމަށް މަސަކަތްކުރުން.

 

 

(ތ)

 

އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިދާރީ ކަންކަން އިމްތިޒާމުކޮށްދިނުން.

 

 

)ލ)

 

ކައުންސިލުން ކަނޑައަޅާ އެހެނިހެން ކަންކަން ކުރުން.

ކައުންސިލްގެ ނައިބު ރައީސްގެ ވާޖިބުތައް

  1.  

 

 

ކައުންސިލްގެ ނައިބު ރައީސްގެ ވާޖިބުތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.

 

 

(ހ)

 

ކައުންސިލްގެ މަސައްކަތާ ބެހޭގޮތުން ކައުންސިލްގެ ރައީސަށް އެހީތެރިވެދިނުން.

 

 

(ށ)

 

ކައުންސިލްގެ ރައީސްގެ މަޤާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް އޭނާ   ނުކުޅެދިއްޖެ ޙާލަތެއްގައި، ނުވަތަ ޢުޛުރުވެރިވެއްޖެ ޙާލަތެއްގައި، ނުވަތަ އެމަޤާމު   ހުސްވެއްޖެ ޙާލަތެއްގައި، އޭނާގެ މަޤާމުގެ މަސްއޫލިއްޔަތުތައް ވަގުތީގޮތުން އަދާކުރާނީ ކައުންސިލްގެ ނައިބު ރައީސެވެ. މީގެ އިތުރުން، ކައުންސިލްގެ ރައީސް ކައުންސިލްގެ ނައިބު ރައީސާ ޙަވާލުކުރާ މަސްއޫލިއްޔަތުތައްވެސް އޭނާ އަދާކުރަންވާނެއެވެ.

 

 

(ނ)

 

ކައުންސިލްގެ ރައީސް ޙަވާލުކުރާ މަސްއޫލިއްޔަތުތައް އަދާކުރުން؛

 

 

(ރ)

 

ރަށު ކައުންސިލުން ކަނޑައަޅާ އެހެނިހެން ކަންކަން ކުރުން.

ކައުންސިލް މެންބަރުންގެ މަސްއޫލިއްޔަތުތައް

  1.  

 

 

ކައުންސިލްގެ މެންބަރުންގެ މަސްއޫލިއްޔަތުތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.

 

 

(ހ)

 

ރަށުގެ ރައްޔިތުންނަށް ދިމާވާ ދަތިތައް ކައުންސިލްގެ ސަމާލުކަމަށް ގެނައުމާއި، އެކަންކަން ޙައްލުކުރުމަށް މަސައްކަތްކުރުން؛

 

 

(ށ)

 

ކައުންސިލްގެ ޖަލްސާތަކުގައި ބައިވެރިވުން؛

 

 

(ނ)

 

ކައުންސިލްގެ މަޤްޞަދުތައް ޙާޞިލުކުރުމަށްޓަކައި މަސައްކަތްކުރުން؛

 

 

(ރ)

 

ކައުންސިލުން އެކުލަވާލަންޖެހޭ ޕްލޭންތަކާއި އަހަރީ މަސައްކަތު ތާވަލާއި އަހަރީ ބަޖެޓާއި ސަޕްލިމެންޓްރީ ބަޖެޓު އެކުލަވާލުމުގައި ޢަމަލީގޮތުން ބައިވެރިވުން؛

 

 

(ބ)

 

ކައުންސިލްގެ މަސްއޫލިއްޔަތުތަކާއި ގުޅިގެން ރަށު ކައުންސިލްގެ ރައީސް ޙަވާލުކުރާ އެހެނިހެން މަސައްކަތްތައް ކުރުން؛ އަދި

 

 

(ޅ)

 

ރަށު ކައުންސިލުން ކަނޑައަޅާ އެހެނިހެން ކަންކަން ކުރުން.

ތިންވަނަ ބާބު

ކައުންސިލްގެ ބައްދަލުވުން

ކައުންސިލްގެ ބައްދަލުވުން

  1.  

 

 

ކައުންސިލްގެ ބައްދަލުވުންތައް ބެހިގެންވަނީ އަންނަނިވި 2 (ދޭއް) ބާވަތުގެ މައްޗަށެވެ.

 

 

(ހ)

 

ކައުންސިލްގެ ޢާންމު ބައްދަލުވުން.

 

 

(ށ)

 

ކައުންސިލްގެ ކުއްލި ބައްދަލުވުން.

ބައްދަލުވުމުގެ ޤާނޫނީ ޢަދަދު

  1.  

(ހ)

 

ކައުންސިލްގެ ބައްދަލުވުމެއް ބޭއްވޭނީ ކައުންސިލްގެ ޖުމްލަ މެންބަރުންގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މެންބަރުން ހާޒިރުވެ ތިބެގެންނެވެ.

 

 

(ށ)

 

މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޤާނޫނީ ޢަދަދު ހަމަނުވާނަމަ، އެ ޢަދަދު ހަމަވަންދެން، އެ ބައްދަލުވުމެއް މެދުކަނޑާލުމުގެ ނުވަތަ އެހެން ވަގުތަކަށް ފަސްކުރުމުގެ އިޚްތިޔާރު ކައުންސިލްގެ ރައީސަށް ލިބިގެންވެއެވެ.

 

 

(ނ)

 

މި މާއްދާގެ (ހ)ގައި ބަޔާންކޮށްފައިވާ ޤާނޫނީ ޢަދަދު ހަމަނުވެގެން ބައްދަލުވުން މެދުކަނޑާލައިފިނަމަ ނުވަތަ ފަސްކޮށްފިނަމަ ނުވަތަ ނުބޭއްވުނުނަމަ، އެކަން ބަޔާންކޮށް ޔައުމިއްޔާކުރަން ވާނެއެވެ.

ޒަމާނީ މުވާސަލާތީ ވަޞީލަތްތައް ބޭނުންކޮށްގެން ކައުންސިލްގެ ބައްދަލުވުންތައް ބޭއްވުން

  1.  

(ހ)

 

ކައުންސިލްގެ މެންބަރުން އެއްތަނަކަށް ޖަމާކޮށްގެން ބައްދަލުވުންތައް ބޭއްވެން ނެތް ޙާލަތުގައި ނުވަތަ ބައްދަލުވުމުގެ ޤާނޫނީ ޢަދަދު ހަމަނުވާ ޙާލަތުގައި، މެންބަރުން އެއްތަނަކަށް ޖަމާކުރުމުގެ ބަދަލުގައި ޒަމާނީ މުވާސަލާތީ ވަޞީލަތްތައް ބޭނުންކޮށްގެން ކައުންސިލްގެ ބައްދަލުވުންތައް ބޭއްވުމުގެ އިޚްތިޔާރު ކައުންސިލްގެ ރައީސަށް ލިބިގެންވެއެވެ.

 

 

(ށ)

 

މި މާއްދާގެ (ހ)ގައި ބުނެފައިވާ ފަދައިން ޒަމާނީ މުވާސަލާތީ ވަޞީލަތްތައް ބޭނުންކޮށްގެން ކައުންސިލްގެ ބައްދަލުވުން ބޭއްވިކަމުގައި ވިޔަސް އެ ބައްދަލުވުމެއްގެ ބާވަތަށް ބަލައި، އެ ބައްދަލުވުމަކާ ގުޅޭގޮތުން މި ޤަވާއިދުގެ ދަށުން ފުރިހަމަކުރަންޖެހޭ އެންމެހާ ކަންކަން ފުރިހަމަކުރަން ޖެހޭނެއެވެ.

 

 

(ނ)

 

މި މާއްދާގެ (ހ)ގައި ބުނެފައިވާ ގޮތުގެ މަތީން ޒަމާނީ ވަޞީލަތްތައް މެދުވެރިކޮށް ބާއްވާ ބައްދަލުވުންތަކުގައި ވޯޓު ދިނުމުގައްޔާއި ބައްދަލުވުމުގައި މެންބަރުން ބައިވެރިވުމުގައްޔާއި ބައްދަލުވުން ކުރިޔަށް ގެންދިއުމުގައި އަންނަނިވި ކަންކަން ފުރިހަމަވާންވާނެއެވެ.

 

 

 

  1.  

ބައްދަލުވުމުގައި ކޮންމެ މެންބަރަކުވެސް ބައިވެރިވާން ވާނީ، އެ ބައްދަލުވުމެއް ބޭއްވުމަށް ބޭނުންކުރެވޭ ޒަމާނީ މުވާސަލާތީ ވަޞީލަތް ނުވަތަ އެޕްލިކޭޝަނެއްގައި އެ މެންބަރަކަށް ޚާއްޞަކޮށްގެން ކައުންސިލްގެ އިދާރާއިން ކަނޑައަޅާފައިވާ ވަކި ލޮގިންއެއް ނުވަތަ ލިންކެއް ނުވަތަ ނުވަތަ އައިޑީއެއް މެދުވެރިކޮށްގެންނެވެ.

 

 

 

  1.  

އެ ފަދަ ވަޞީލަތެއް ނުވަތަ އެޕްލިކޭޝަނެއްގައި ކަނޑައަޅާފައިވާ ލޮގިން މެދުވެރިކޮށް ބައްދަލުވުމުގައި ބައިވެރިވި މެންބަރުންނާއި ނުވަތަ ބައްދަލުވުމުގައި ބައިވެރިވި މެންބަރުން ވޯޓު ދިން ގޮތުގެ ތަފްޞީލާއި އެހެނިހެން މަޢުލޫމާތު ކައުންސިލްގެ އިދާރާއިން ރެކޯޑުކުރަން ވާނެއެވެ.

 

 

 

  1.  

ޒަމާނީ މުވާސަލާތީ ވަޞީލަތްތައް ބޭނުންކޮށްގެން ބޭއްވޭ ބައްދަލުވުންތަކުގައި ވޯޓު ދޭއިރު ބަހުޘްކުރެވި ވޯޓަށް އަހާ މައްސަލަތަކުގައި ވޯޓް ދޭންވާނީ އަތް މައްޗަށް އުފުލުމާއެކު އަނގަބަހުން އޯޑިއޯ/ވީޑިއޯ އިންވެސް ސާފުވާނެ ގޮތަށް އެ މައްސަލައެއްގައި އެ މެންބަރަކު ވޯޓު ދޭ ގޮތް ހާމަކުރުމާއެކުގައެވެ. ނުވަތަ ބައްދަލުވުން ބޭއްވުމަށް ބޭނުން ކުރެވޭ ޒަމާނީ މުވާސަލާތީ ވަޞީލަތުގައި ނުވަތަ އެޕްލިކޭޝަންގައި އެ މެންބަރަކަށް ކަނޑައެޅިފައިވާ ލޮގިން މެދުވެރިކޮށް ވަކި ގޮތަކަށް ވޯޓު ދެވޭނެ ފަދަ ގޮތެއް ކަނޑައެޅިފައިވާނަމަ އެގޮތަށްވެސް ވޯޓު ދެވިދާނެއެވެ.

 

 

 

  1.  

މި އަކުރުގެ 3 ވަނަ ނަންބަރުގައި އެފަދައިން ބުނެފައި ވީނަމަވެސް، ސިއްރު ވޯޓެއް ނެގުމަށް މި ޤަވާޢިދު ލާޒިމްކުރާ ޙާލަތުގައި، ވޯޓުގެ ސިއްރުކަން ކަށަވަރުކުރެވޭނެ ގޮތެއްގެ މަތިން މެނުވީ، ޒަމާނީ މުވާސަލާތީ ވަޞީލަތްތައް ބޭނުންކޮށްގެން ބޭއްވޭ ބައްދަލުވުމެއްގައި، ސިއްރު ވޯޓެއް ނަގައިގެން ނުވާނެއެވެ.

 

 

 

  1.  

ކައުންސިލްގެ ބައްދަލުވުމުގެ ބޭނުމަށް އޮންލައިންކޮށް ނުވަތަ ޒަމާނީ މުވާސަލާތީ ވަޞީލަތްތައް ބޭނުންކޮށްގެން މެންބަރުން ސޮއިކުރަން ޖެހޭ އެއްވެސް ލިޔެކިއުމެއް ވާނަމަ އެ މެންބަރެއްގެ 'ޑިޖިޓަލް ސިގްނޭޗަރ' އެ ލިޔެކިއުމެއްގައި ކުރެވިދާނެއެވެ. އެގޮތުން، ބައްދަލުވުމުގެ ލިޔެކިޔުންތަކުގައި ކައުންސިލަރުންގެ ސޮއިތައް ކުރުވޭކަން ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލް ކަށަވަރުކުރަން ވާނެއެވެ.

 

 

(ރ)

 

މި މާއްދާގެ ބޭނުމަށް ޒަމާނީ މުވާސަލާތީ ވަޞީލަތްތައް ބޭނުންކޮށްގެން ކައުންސިލްގެ ބައްދަލުވުންތައް ބޭއްވުމުގައި ބޭނުންކުރެވޭނެ އެޕްލިކޭޝަންތަކާއި ގޮތްތައް ކައުންސިލުން ކަނޑައަޅަންވާނެއެވެ.

ކައުންސިލްގެ ބައްދަލުވުންތަކުގައި ބައިވެރިވުމުގެ ފުރުޞަތު ދިނުން

  1.  

(ހ)

 

ކައުންސިލްގެ ބައްދަލުވުންތަކަކީ ޢާއްމުކޮށް ހުޅުވާލައިގެން ބާއްވާ ބައްދަލުވުންތަކެކެވެ.

 

 

(ށ)

 

ކައުންސިލްގެ ބައްދަލުވުމުގެ އަޑުއަހަން ވަންނަ އެއްވެސް ފަރާތަކަށް ކައުންސިލްގެ ބައްދަލުވުމުގައި އެއްވެސް ވާހަކައެއް ދެއްކުމާއި، ބަހުސްގައި އެއްވެސް ހައިސިއްޔަތަކުން ބައިވެރިވުމުގެ ފުރުޞަތެއް ނުދެވޭނެއެވެ.

 

 

(ނ)

 

ބައްދަލުވުމުގެ އަޑުއަހަށް ވަންނަ އެއްވެސް ފަރާތަކުން، ބައްދަލުވުން ކުރިއަށް ގެންދިއުމަށް ދަތިވާފަދަ އެއްވެސް ޢަމަލެއް ހިންގުމަކީ މަނާ ކަމެކެވެ. އަދި މިފަދަ ޢަމަލެއް ހިންގި ކޮންމެ މީހަކު، ބައްދަލުވުން ބާއްވާ މާލަމުން ވަގުތުން ބޭރުކުރުމާއި، އޭގެ ފަހުގެ އެއްވެސް ބައްދަލުވުމަކަށް ނުވެއްދުމަށް، ނުވަތަ ވަކި މުއްދަތަކަށް އެއްވެސް ބައްދަލުވުމަކަށް ނުވެއްދުމަށް ނިންމުމުގެ އިޚްތިޔާރު ކައުންސިލުގެ ރައީސަށް ލިބިގެންވެއެވެ.

 

 

(ރ)

 

ކައުންސިލްގެ ބައްދަލުވުމުގައި އެޖެންޑާކުރެވިފައިވާ ކަމަކާ ގުޅިގެން ކައުންސިލަށް ބޭނުންވާ މަޢުލޫމާތާއި މަޝްވަރާދެވިދާނެ އެކި ފަރާތްތަކަށް، ކައުންސިލްގެ ބައްދަލުވުންތަކުގައި ބައިވެރިވުމަށް ދަޢުވަތު ދިނުމުގެ ބާރު، ކައުންސިލްގެ ރައީސަށް ލިބިގެންވެއެވެ.

ކައުންސިލްގެ ޢާންމު ބައްދަލުވުން ބާއްވާ ދުވަސް

  1.  

(ހ)

 

މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ކޮންމެ ހަފްތާއަކު 01 (އެކެއް) ފަހަރު ކައުންސިލްގެ ތާވަލުކުރެވިފައިވާ ޢާންމު ބައްދަލުވުމެއް ބާއްވަންވާނެއެވެ. ޢާންމުކޮށް ބައްދަލުވުން ބާއްވާނެ ހަފްތާގެ ދުވަސް (ބުރާސްފަތި) ކައުންސިލުން ކަނޑައަޅަންވާނެއެވެ. އަދި އެއްވެސް ސަބަބަކާހުރެ ތާވަލް ކުރެވިފައިވާ ބައްދަލުވުން ނުބޭއްވިއްޖެނަމަ ޖެހިގެން އަންނަ މަސައްކަތު ދުވަހު އެބައްދަލުވުން ބާއްވަންވާނެއެވެ.

 

 

(ށ)

 

ކައުންސިލްގެ ރައީސަށް ނުވަތަ ކައުންސިލްގެ މެންބަރުންގެ އަޣުލަބިއްޔަތަށް ފެނިއްޖަނަމަ، ހަފްތާއަކު 1 (އެކެއް) ޢާންމު ބައްދަލުވުމަށް ވުރެ ގިނަ ޢާންމު ބައްދަލުވުން ބޭއްވުމަކަށް މި ގަވާއިދު ހުރަހެއް ނާޅައެވެ.

ކައުންސިލްގެ ޢާންމު ބައްދަލުވުން ބާއްވާ ތަނާއި، ވަގުތާއި،  އެޖެންޑާ

  1.  

(ހ)

 

ކައުންސިލުން އެހެން ގޮތަކަށް ނުނިންމާހާ ހިނދަކު ކައުންސިލްގެ ޢާންމު ބައްދަލުވުން ބާއްވާނީ ކައުންސިލްގެ އިދާރާގައެވެ. ބައްދަލުވުމުގެ  ވަގުތާއި، އެޖެންޑާ ކަނޑައަޅާނީ ކައުންސިލްގެ ރައީސެވެ.

 

 

(ށ)

 

ކައުންސިލްގެ ޢާންމު ބައްދަލުވުން ބޭއްވުމަށް ކަނޑައަޅާ ތަނާއި، ގަޑިއާއި، އެޖެންޑާ، އެ ބައްދަލުވުމެއް ބޭއްވުމުގެ މަދުވެގެން 2 (ދޭއް) ދުވަސްކުރިން، ކައުންސިލްގެ ރައީސް، ލިޔުމުން ކައުންސިލްގެ މެންބަރުންނަށް ފޮނުވަންވާނެއެވެ.

 

 

(ނ)

 

މި މާއްދާގެ (ށ)ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ކައުންސިލުގެ ޢާއްމު ބައްދަލުވުމުގެ އެޖެންޑާ، ބައްދަލުވުމުގެ 2 (ދޭއް) ދުވަސްކުރިން ފޮނުވި ގޮތުގެ ރެކޯޑުތައް ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް ބަލަހައްޓަންވާނެއެވެ.

ކައުންސިލްގެ ޢާންމު ބައްދަލުވުމުގެ އެޖެންޑާ

  1.  

(ހ)

 

ކައުންސިލަށް ހުށަހެޅޭ ހުރިހާކަމެއް، އެ ހުށަހެޅޭ ތަރުތީބުން، ކައުންސިލްގެ ރައީސް އެޖެންޑާ ކުރަންވާނެއެވެ.

 

 

(ށ)

 

ކައުންސިލްގެ މެންބަރަކު ޖަލްސާގެ އެޖެންޑާގައި ކަމެއް ހިމެނުމަށް ބޭނުންވާނަމަ ޢާންމު ބައްދަލުވުން ތާވަލުކުރެވިފައިވާ ދުވަހުގެ 3 (ތިނެއް) ދުވަސް ކުރިން، ލިޔުމަކުން ކައުންސިލްގެ ރައީސަށް އަންގަންވާނެއެވެ.

 

 

(ނ)

 

ކައުންސިލްގެ ދާއިރާގެ ރައްޔިތަކު ނުވަތަ އަމިއްލަ ފަރާތަކުން، ކައުންސިލަށް ވަކިކަމެއް ހުށަހަޅަން ބޭނުންވާނަމަ އެކަމެއް ކައުންސިލްގެ އިދާރާ މެދުވެރިކޮށް ކައުންސިލަށް ހުށަހެޅިދާނެއެވެ.

 

 

(ރ)

 

ބައްދަލުވުމުގެ އެޖެންޑާ ކަނޑައެޅުމުގައި ސަރުކާރުގެ ފަރާތުން ހުށަހަޅާ ކަންތައްތަކަށް އިސްކަންދޭންވާނެއެވެ.

 

 

(ބ)

 

ކައުންސިލްގެ ޢާންމު ބައްދަލުވުމެއްގެ އެޖެންޑާގައި ހިމެނުމަށް ހުށަހެޅޭ ކޮންމެ މައްސަލައަކީވެސް، ޤާނޫނުއަސާސީއާއި، ޤާނޫނުތަކާއި ގަވާއިދުތަކުގެ ދަށުން ކައުންސިލަށް ބެލުމުގެ އިޚްތިޔާރާއި ބާރު އޮތް މައްސަލައަކަށް ވާންވާނެއެވެ.

ކައުންސިލްގެ ކުއްލި ބައްދަލުވުން

  1.  

 

 

އަންނަނިވި ޙާލަތުންކުރެ ޙާލަތެއްގައި، އެ ހުށަހެޅިފައިވާ ކަމެއް ކުރުމަށްޓަކައި، ކައުންސިލްގެ ކުއްލި ބައްދަލުވުމެއް ބާއްވަންވާނެއެވެ.

 

 

(ހ)

 

ކައުންސިލްގެ ކުއްލި ބައްދަލުވުމެއް ބޭއްވުމަށް، މަދުވެގެން ކައުންސިލްގެ ތިންބައިކުޅަ އެއްބައި މެންބަރުން އެދުން.

 

 

(ށ)

 

ކައުންސިލްގެ ކުއްލި ބައްދަލުވުމެއް ބޭއްވުމަށް، ލޯކަލް ގަވަރމަންޓް އޮތޯރިޓީއިން އެދުން.

 

 

(ނ)

 

ކައުންސިލްގެ ކުއްލި ބައްދަލުވުމެއް ބާއްވައިދިނުމަށް، އެކައުންސިލެއްގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިން އެދުމުން، އެފަދަ ޖަލްސާއެއް ބާއްވަން ކައުންސިލްގެ ރައީސަށް ފެނުން.

 

 

(ރ)

 

އެކަށީގެންވާ ސަބަބަކާހުރެ ކައުންސިލްގެ ރައީސަށް މިފަދަ ބައްދަލުވުމެއް ބާއްވަން ފެނުން.

ކައުންސިލްގެ ކުއްލި ބައްދަލުވުމެއް ބާއްވަން ހުށަހެޅުން

  1.  

 

 

ކައުންސިލްގެ ކުއްލި ބައްދަލުވުމެއް ބާއްވަން އެދުމުގައި، އެ ޖަލްސާއެއް ބާއްވަން ބޭނުންވާ ސަބަބާއި ތާރީޚް ލިޔުމުން ކައުންސިލްގެ ރައީސަށް ހުށަހަޅަންވާނެއެވެ.

ކައުންސިލްގެ ކުއްލި ބައްދަލުވުން ބާއްވާ ތަނާއި، ވަގުތާއި،  އެޖެންޑާ

  1.  

(ހ)

 

މި ގަވާއިދުގައިވާ ގޮތުގެމަތިން، ކައުންސިލުން ބާއްވާ ކުއްލި ބައްދަލުވުން ބާއްވާނެ ތަނާއި، ވަގުތާއި، އެޖެންޑާ ކަނޑައަޅާނީ، އެ ބައްދަލުވުމެއް ބޭއްވުމަށް ހުށަހެޅި ފަރާތަކުން ލިޔުމުން ހުށަހަޅާފައިވާ ހުށަހެޅުމާ އެއްގޮތްވާ ގޮތުގެމަތިން، ކައުންސިލްގެ ރައީސެވެ.

 

 

(ށ)

 

ކައުންސިލްގެ ކުއްލި ބައްދަލުވުން ބޭއްވުމަށް ކައުންސިލްގެ ރައީސް ކަނޑައަޅާ ތަނާއި، ގަޑިއާއި، އެޖެންޑާ،  ވީއެންމެ އަވަހަކަށް ކައުންސިލްގެ ރައީސް، ލިޔުމުން ކައުންސިލްގެ މެންބަރުންނަށް ފޮނުވަންވާނެއެވެ.

ކުއްލި ބައްދަލުވުމެއްގައި ނުނިންމޭނެ ކަންތައްތައް

  1.  

 

 

އަންނަނިވި ކަންކަމުން ކުރެ ކަމެއް ކައުންސިލުގެ ކުއްލި ބައްދަލުވުމެއްގައި ނިންމައިގެން ނުވާނެއެވެ.

 

 

(ހ)

 

ނައިބު ރައީސްގެ މަޤާމަށް މެންބަރަކު ހޮވުން އަދި ނައިބު ރައީސްގެ އިތުބާރުނެތްކަމުގެ ވޯޓް ނެގުން.

 

 

(ށ)

 

ކައުންސިލްގެ ގަވާއިދުތަކާ އުސޫލުތަކަށް އެއްވެސް އުނި އިތުރެއް ގެނައުން

 

 

(ނ)

 

ދަރަންޏަށް ޒިންމާވާގޮތަށް އެއްވެސް ލޯނެއްނެގުން ނުވަތަ ވިއަފާރީގެ އެއްވެސް މުއާމަލާތެއް ހިންގުމަށް ފާސްކުރުން.

 

 

(ރ)

 

ކައުންސިލްގެ ބަޖެޓް ކަނޑައެޅުމާ ބަޖެޓް ފާސްކުރުން.

 

 

(ބ)

 

ކައުންސިލްގެ ޕްލޭންތައް އެކުލަވާލުމާއި ފާސްކުރުން.

 

 

(ޅ)

 

ކައުންސިލްގެ އިދާރީ މުވައްޒަފަކާމެދު އެއްވެސް ފިޔަވަޅެއް އެޅުން.

ބައްދަލުވުމަށް ހާޟިރުވުން

  1.  

(ހ)

 

ދިމާވާ މުހިންމު ސަބަބަކާހުރެ ކައުންސިލްގެބައްދަލުވުމަކަށް ނުވަތަ ކައުންސިލުން ކުރުމަށް ނިންމާފައިވާ ކަމެއްކުރުމަށް މެންބަރަކު ޙާޟިރުވުމަށް ޢުޒުރުވެރިވާނަމަ، ވީ އެންމެ އަވަސް ފުރުޞަތެއްގައި އެކަންކައުންސިލުގެ ރައީސަށް އަންގަންވާނެއެވެ.

 

 

(ށ)

 

މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ކައުންސިލްގެ ބައްދަލުވުމަކަށް ނުވަތަ މަސައްކަތެއް ކުރުމަށް ބާއްވާ ބައްދަލުވުމަކަށް ސަލާމް ބުނާ މެންބަރަކު، އެ ބައްދަލުވުމެއް ނުވަތަ އެ ކޮމިޓީގެ ޔައުމިއްޔާއާއި ޙާޟިރީގައި ފާހަގަކުރާނީ ސަލާމުގައިހުރި މެންބަރެއްގެ ގޮތުގައެވެ.

 

 

(ނ)

 

މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ކައުންސިލްގެ ރައީސަށް ނާންގައި، ނުވަތަ މި ޤަވާޢިދުގައިވާ ގޮތުގެމަތިން ޗުއްޓީ ނުނަގައި، މެންބަރަކު ކައުންސިލްގެ ބައްދަލުވުމަށް ނުވަތަ ކައުންސިލުން ކުރުމަށް ނިންމާ ކަންތައްތަށް ކުރުމަށްހަޟިރުނުވެ ހުރެގެން ނުވާނެއެވެ.

 

 

(ރ)

 

ޗުއްޓީގައި ހުންނަވާ ކައުންސިލަރަކަށް ކައުންސިލްގެ ނުވަތަ އެކައުންސިލަރެއްގެ އެދުމުގެ މަތިން ކައުންސިލްގެ ޖަލްސާގައި ބައިވެރިވެވިދާނެއެވެ.

 

 

(ބ)

 

ބައްދަލުވުންތަކަށް ހާޟިރުނުވުމުގެ ސަބަބުން ނުވަތަ ކައުންސިލްގެ މަސްއޫލިއްޔަތު އަދާނުކުރުމުގެ ސަބަބުން ކައުންސިލުން ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތްތައް ދިނުމަށް ހުރަސްއެޅޭކަމަށް އެކައުންސިލަކަށާއި ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ފެނިއްޖެ ހިނދެއްގައި އެކައުންސިލަރަކާއިމެދު ތިރީގައިވާ ގޮތުގެ މަތިން ކައުންސިލުން ފިޔަވަޅު އަޅަންވާނެއެވެ.

 

 

 

  1.  

މި މާއްދާގައި ބަޔާންކުރާ ގޮތްތަކާ ޚިލާފަށް ކައުންސިލަރަކު ވިދިވިދިގެން ކައުންސިލްގެ 2 (ދޭއް) ބައްދަލުވުމަށް ހާޒިރުނުވެއްޖެނަމަ އެކައުންސިލުން ނަސޭހަތްދިނުން؛

 

 

 

  1.  

މި މާއްދާގައި ބަޔާންކުރާ ގޮތަކާ ޚިލާފަށް ކައުންސިލަރަކު ވިދިވިދިގެން ކައުންސިލްގެ 3 (ތިނެއް) ބައްދަލުވުމަށް ހާޒިރުނުވެއްޖެނަމަ ނުވަތަ މިމާއްދާގެ 1 ގައި ވާ ކަންތައް ތަކުރާރުވާނަމަ އެކައުންސިލަކުން ލިޔުމުން އެކަން ހަނދާންކޮށްދީ ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް އެންގުން.

ކައުންސިލްގެ ބައްދަލުވުންތަކުގެ ރިޔާސަތު ބެލެހެއްޓުން

  1.  

(ހ)

 

ކައުންސިލްގެ ބައްދަލުވުންތަކުގެ ރިޔާސަތު ބަލަހައްޓާނީ ކައުންސިލްގެ ރައީސެވެ. ރައީސް ނެތް ޙާލަތެއްގައި ރިޔާސަތު ބަލަހައްޓާނީ ކައުންސިލްގެ ނައިބު ރައީސެވެ.

 

 

(ށ)

 

ކައުންސިލްގެ ރައީސާ ނައިބު ރައީސް އެއްފަހަރާ ކައުންސިލްގެ ހިންގުމާ އެކަހެރިވާންވާނީ ކައުންސިލްގެ ޖަލްސާއެއް ބާއްވާ ކައުންސިލްއާ ހަވާލުވާނޭ މެންބަރަކު، މެންބަރުންގެ ތެރެއިން އައްޔަން ކުރުމަށްފަހުގައެވެ.

 

 

(ނ)

 

ނައިބު ރައީސް ބައްދަލުވުމުގެ ރިޔާސަތު ބަލަހައްޓަމުން ދަނިކޮށް ކައުންސިލުގެ ރައީސް ބައްދަލުވުމުގައި ބައިވެރިވެއްޖެނަމަ، ނުވަތަ މި މާއްދާގެ (ށ)ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ކައުންސިލް ހިންގާނެ މެންބަރަކު ޢައްޔަނުކޮށް ކައުންސިލުގެ ބައްދަލުވުމެއް ކުރިއަށް ދަނިކޮށް، ކައުންސިލުގެ ރައީސް ނުވަތަ ނައިބު ރައީސް ބައްދަލުވުމުގައި ބައިވެރިވެއްޖެނަމަ، އެ ވަގުތުން ފެށިގެން މި މާއްދާގެ (ހ) އަށް ޢަމަލުކުރަން ވާނެއެވެ.

ކައުންސިލްގެ ބައްދަލުވުންތައް ފެށުމާއި ނިންމުން

  1.  

(ހ)

 

މި ގަވާއިދުގައިވާ ގޮތުގެމަތިން ކައުންސިލުން ބާއްވާ ކޮންމެ ބައްދަލުވުމެއްގެ ފެށުމާއި ނިންމުން ބައްދަލުވުމުގެ ރިޔާސަތުން އިޢުލާނުކުރަންވާނެއެވެ. މިގޮތުން ބައްދަލުވުން ފަށަމުން "بسم ﷲ الرحمن الرحيم، الحمد لله والصلاة والسلام على رسول ﷲ وعلى ٱله وصحبه ومن والاہ ކައުންސިލްގެ ބައްދަލުވުން ފެށުނީ" މިގޮތަށް އަދި ބައްދަލުވުން ނިންމަމުން "والحمد لله رب العالمين ކައުންސިލްގެ ބައްދަލުވުން ނިމުނީ" މިގޮތަށް ބައްދަލުވުމުގެ ރިޔާސަތުން އިޢުލާނުކުރަންވާނެއެވެ.

 

 

(ށ)

 

ބައްދަލުވުން ބޭއްވުމަށް ކަނޑައަޅާފައިވާ ގަޑިޖެހުމުން، އެ ބައްދަލުވުމުގެ ޤާނޫނީ ޢަދަދު ހަމަވޭތޯ ރިޔާސަތުން ބަލަންވާނެއެވެ. ޤާނޫނީ ޢަދަދު ހަމަވާނަމަ މެންބަރުންގެ ޢަދަދު ރިޔާސަތުން އިޢުލާންކުރުމަށްފަހު ބައްދަލުވުން ފަށާނީއެވެ. ބައްދަލުވުން ފެށުމަށް ހަމަޖެހިފައިވާ ގަޑިޖެހޭއިރު ޤާނޫނީ ޢަދަދު ހަމަނުވާނަމަ، އެ ޢަދަދު ހަމަވޭތޯ 15 (ފަނަރަ) މިނެޓް ބަލަންވާނެއެވެ. މި ވަގުތު ފަހަނައަޅައިދިއުމުންވެސް ޤާނޫނީ ޢަދަދު ހަމަނުވާނަމަ، އެކަން ރިޔާސަތުން އިޢުލާންކުރަންވާނެއެވެ.

އެޖެންޑާ އިއްވުމާއި ފާސްކުރުން

  1.  

(ހ)

 

ބައްދަލުވުން ފެށުމަށްފަހު، އެ ބައްދަލުވުމަކަށް ކަނޑައެޅިފައިވާ އެޖެންޑާ ރިޔާސަތުން އިއްވަންވާނެއެވެ. މިގޮތުގެ މަތިން ރިޔާސަތުން އެޖެންޑާ އިއްވުމުން، ކައުންސިލުން އެ އެޖެންޑާ ފާސްކުރަންވާނެއެވެ.

 

 

(ށ)

 

އެޖެންޑާގެ ތަރުތީބަށް ބަދަލު ގެނައުމަށް ކައުންސިލްގެ ބައްދަލުވުމުން ފާސްކުރެވިދާނެއެވެ.

 

 

(ނ)

 

ޢާއްމު ބައްދަލުވުމުގެ 2 (ދޭއް) ދުވަސްކުރިން ފޮނުވި އެޖެންޑާގައި ނުހިމެނޭ ކަމެއް، ޢާއްމު ބައްދަލުވުމުގެ އެޖެންޑާއަށް އިތުރެއް ނުކުރެވޭނެއެވެ. އަދި އެޖެންޑާގައި ހިމެނޭ ކަމެއް އެޖެންޑާއިން އުނިކޮށްގެންވެސް ނުވާނެއެވެ.

އެޖެންޑާއާ ބައްދަލުވުން އެއްގޮތަށް ކުރިއަށް ގެންގޮސް ބަހުސަށް ހުޅުވާލުން

  1.  

(ހ)

 

ބައްދަލުވުމުގެ އެޖެންޑާ ފާސްކުރުމަށްފަހު، އެ އެޖެންޑާގައި ކަނޑައެޅިފައިވާ ތަރުތީބުން، އެޖެންޑާގައި ހިމަނާފައިވާ ކަންކަން، ރިޔާސަތުން ކަނޑައަޅާ ގޮތެއްގެމަތިން ބައްދަލުވުމަށް ހުށަހަޅައި، އެކަމަކާބެހޭގޮތުން ބަހުސްކުރުމުގެ ފުރުޞަތު ބައްދަލުވުމުގެ ރިޔާސަތުން ހުޅުވާލަންވާނެއެވެ.

 

 

(ށ)

 

މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ބަހުސްގެ ފުރުޞަތު ހުޅުވާލުމުގައި،  މައްސަލައިގެ ކުޑަބޮޑުމިނަށް ބަލައި، މުޅި ބަހުސަށް ދެވޭނެ ޖުމްލަ ވަގުތާއި، ކޮންމެ މެންބަރަކަށް ދެވޭ ފުރުޞަތުގެ ދިގުމިން ކަނޑައެޅުމުގެ އިޚްތިޔާރު ބައްދަލުވުމުގެ ރިޔާސަތަށް ލިބިގެންވެއެވެ. މިގޮތުގެމަތިން ފުރުޞަތުގެ ދިގުމިން ކަނޑައަޅަން ރިޔާސަތުން ނިންމައިފިނަމަ، ބަހުސްގެ ޖުމްލަ ދިގުމިނާއި، ކޮންމެ މެންބަރަކަށް ލިބޭނެ ފުރުޞަތުގެ ދިގުމިން، ބަހުސްފެށުމުގެ ކުރިން ރިޔާސަތުން އިޢުލާނު ކުރަންވާނެއެވެ. މިގޮތަށް  މެންބަރުންނަށް ފުރުސަތުދޭންވާނީ ހަމަހަމަ އުސޫލަކުންނެވެ.

ބައްދަލުވުމުގައި ވާހަކަދެއްކުމަށް ފުރުސަތަށް އެދުން

  1.  

(ހ)

 

މި ގަވާއިދުގެ 31 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ބަހުސަށް ހުޅުވާލުމުން، އެ ބައްދަލުވުމަކަށް ހުށަހެޅިފައިވާ މައްސަލައިގެ ބަހުސުގައި ބައިވެރިވާން ބޭނުންވާ މެންބަރުން، އަތް އުފުލައިގެން ރިޔާސަތަށް އެކަމަށް އެދޭނީއެވެ.

 

 

(ށ)

 

ބަހުސްގައި ބައިވެރިވުމަށް ފުރުޞަތަށް އެދޭ މެންބަރުންނަށް، އެ ބަހުސަކަށް ކަނޑައެޅިފައިވާ ވަގުތު ހަމަވަންދެން، ނުވަތަ ބަހުސް އެއްކޮށް ނިމެންދެން، ފުރުޞަތަށް މެންބަރުން އެދުނު ތަރުތީބުކަމަށް ރިޔާސަތަށް ނޯޓުކުރެވިފައިވާ ތަރުތީބުން، ފުރުޞަތުދޭންވާނެއެވެ.

ބަހުސްގައި ވާހަކަ ދެއްކުމުގެ އަދަބުތައް

  1.  

 

 

ކައުންސިލްގެ ބައްދަލުވުންތަކުގައި ވާހަކަދެއްކުމުގައި، ކޮންމެ މެންބަރަކުވެސް އަންނަނިވި އުސޫލުތަކަށް ތަބާވާންވާނެއެވެ.

 

 

(ހ)

 

މެންބަރަކު ވާހަކަ ދައްކަމުންދާ ވަގުތު އޭނާއާއި ރިޔާސަތާ ދެމެދު އެއްވެސް ހުރަހެއް ނުހުރުމާއި، މެންބަރަކުވެސް އެދެމެދަށް ހުރަސް ނޭޅުން.

 

 

(ށ)

 

ހުށަހަޅާފައިވާ މައްސަލައެއްގެ މައްޗަށް މެންބަރުންގެ ވާހަކަ ބިނާކުރުން.

 

 

(ނ)

 

އިސްލާމް ދީނުގެ އަސްލުތަކާ ޚިލާފުނުވެ، ދިވެހިރާއްޖޭގެ ބަސްމޮށެ އުޅުމުގެ އަދަބުތަކަށް ޙުރުމަތްތެރިކޮށް ހިތައިގެން، ކައުންސިލާއި ކައުންސިލްގެ އެއްވެސް މެންބަރެއްގެ ޢިއްޒަތާއި ކަރާމާތަށް އުނިކަމެއް ނާންނާނޭ ގޮތުގެމަތިން، ވާހަކަދެއްކުން.

ބަހުސް ނިންމުން

  1.  

(ހ)

 

ކައުންސިލްގެ ބައްދަލުވުމަށް ހުށަހެޅި ބަހުސްކުރެވެމުންދާ މައްސަލައިގެ ބަހުސް ނިމުމުން ނުވަތަ ބަހުސަށް ކަނޑައެޅިފައިވާ ޖުމްލަ ވަގުތު ހަމަވުމުން، އެ ބަހުސްކުރެވުނު މައްސަލައެއް ހުށަހެޅި މެންބަރަކަށް، ޖަވާބުދާރީ ވުމަށާއި ފަހުބަސްބުނުމަށް މަދުވެގެން 3 (ތިނެއް) މިނެޓް ދޭންވާނެއެވެ.

 

 

(ށ)

 

މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، މައްސަލަ ހުށަހެޅި މެންބަރަށް ފަހުބަސް ބުނުމުގެ ފުރުޞަތު ރިޔާސަތުން ދިނުމާއެކު، މުޅި ބަހުސްއާ ގުޅިގެން ނިންމި ނިންމުން ރިޔާސަތުން އިޢުލާންކުރުމުން އެ މައްސަލައެއްގެ ބަހުސް ނިމުނީއެވެ.

މައްސަލައާ ގުޅޭގޮތުން ހުށަހަޅާ ކަންކަން

  1.  

(ހ)

 

ކައުންސިލްގެ ބައްދަލުވުމަށް ހުށަހެޅި ބަހުސްކުރެވެމުންދާ މައްސަލައިގެ ބަހުސް ނިމުމުން، މައްސަލައާ މެދު ޢަމަލުކުރަން ފެންނަ ގޮތްތައް ހުށަހެޅުމަށް ބައްދަލުވުމުގެ ރިޔާސަތުން ހުޅުވާލަންވާނެއެވެ. އަދި އެފަދައިން ފުރުޞަތަށް އެދުމާއި ފުރުޞަތު ދިނުމުގައި ޢަމަލުކުރަންވާނީ މި ޤަވާޢިދުގެ 31 މާއްދައިގެ (ށ) ގައިވާ ގޮތުގެ މަތިންނެވެ.

 

 

(ށ)

 

މި މާއްދާގެ (ހ)ގައި އެފަދައިން ބަޔާންކޮށްފައި ވީނަމަވެސް، ބަހުސްގެ މަރުހާލާގެ ތެރެއިން، މައްސަލައާ މެދު ޢަމަލުކުރުމަށް ފެންނަ ގޮތް ހުށަހެޅުމުގެ އިޚްތިޔާރު ކައުންސިލަރުންނަށް ލިބިގެންވެއެވެ.

ވާހަކައިގެ މެދުތެރެއިން ހުއްޓާލަންޖެހުން

  1.  

 

 

މެންބަރަކު ވާހަކަދައްކަމުން ދަނިކޮށް އަންނަނިވި ކަންކަމުންކުރެ ކަމެއް ދިމާވެއްޖެނަމަ، އެ މެންބަރަކު ދައްކަމުންދިޔަ ވާހަކަ ހުއްޓާލަންވާނެއެވެ.

 

 

(ހ)

 

މެންބަރަކު ދައްކާ ވާހަކައަކީ އިސްލާމްދީނުގެ އަސްލަކާ ޚިލާފުވާ ގޮތަށް ދައްކާ ވާހަކައެއްކަމަށް ރިޔާސަތަށް ފެނިގެން ވާހަކަ ހުއްޓާލުމަށް އެންގުން.

 

 

(ށ)

 

މެންބަރަކު ވާހަކަދައްކަނީ ކައުންސިލްގައި ވާހަކަދެއްކުމުގެ އަދަބުތައްކަމަށް މި ގަވާއިދުގައި ބަޔާންކުރާ ކަމަކާ ތަޢާރުޟުވާ ގޮތަށްކަމަށް ރިޔާސަތަށް ފެނިގެން ވާހަކަ ހުއްޓާލުމަށް އެންގުން.

 

 

(ނ)

 

މެންބަރަކު ދައްކާ ވާހަކައަކީ އެޖެންޑާގައި ހިމެނިގެންވާ ކަމަކާ ގުޅުމެއްނެތް ވާހަކައެއްކަމަށް ރިޔާސަތަށް ފެނިގެން ވާހަކަ ހުއްޓާލުމަށް އެންގުން.

ވާހަކަ ހުއްޓާލަން އެންގި ސަބަބު ބަޔާންކުރުން

  1.  

 

 

މެންބަރެއްގެ ވާހަކަ ހުއްޓާލުމަށް ރިޔާސަތުން އަންގައިފިނަމަ، އެވާހަކައެއް ހުއްޓާލުމަށް އަންގާ ސަބަބު، ރިޔާސަތުން ސާފުކޮށް ބަޔާންކުރަންވާނެއެވެ.

ކައުންސިލްގެ ބައްދަލުވުމެއްގައި  ކުރުން ހުއްދަނޫން ކަންކަން

  1.  

 

 

ކައުންސިލްގެ އެއްވެސް ބައްދަލުވުމެއްގައި، ކައުންސިލްގެ މެންބަރަކު، އަންނަނިވި ކަންކަމުންކުރެ ކަމެއް ކޮށްގެން ނުވާނެއެވެ.

 

 

(ހ)

 

މެންބަރަކު ވާހަކަ ދައްކަމުން ގެންދާއިރު އޭނާއަށް އުނދަގޫވާފަދަ އެއްވެސް ކަމެއް ކުރުން.

 

 

 

 

ބައްދަލުވުން ހިނގަމުންދާއިރު ކައުންސިލްގެ ޙުރުމަތް ކެނޑޭފަދަގޮތަށް ނޫސް މަޖައްލާފަދަ ތަކެތި ކިޔުމާއި، އެހެނިހެން މެންބަރުންނާ ވާހަކަދައްކާ ހެދުމާއި، ބައްދަލުވުމެގެ އަޑުއެހުމަށް އައިސް ތިބޭ މީހުންނަށް އިޝާރާތްކޮށް މުޢާމަލާތްކޮށްހެދުން؛

 

 

(ށ)

 

ކައުންސިލުން ކަނޑައަޅާ ގޮތެއްގެމަތިން ކައުންސިލްގެ ބޭނުމަށް ފިޔަވައި، ކެސެޓް ރެކޯޑަރ، ނުވަތަ ޓޭޕް ރެކޯޑަރ، ނުވަތަ ކެމެރާ، ނުވަތަ މަންޒަރު ނުވަތަ އަޑު ރެކޯޑުކުރެވިދާނެ އެނޫންވެސް އެއްޗެހި ކައުންސިލްގެ ބައްދަލުވުންތަކުގައި ބޭނުންކުރުން.

 

 

(ނ)

 

މެންބަރަކު ވާހަކަދައްކަމުން ގެންދަނިކޮށް އެ މެންބަރަކާ ރިޔާސަތާ ދެމެދު ހުރަސް އެޅުން.

 

 

(ރ)

 

ބައްދަލުވުމުގެ ތެރޭގައި މޯބައިލް ފޯނުން ފޯނު ކުރުމާއި، ފޮޓޯއާއި ވީޑިއޯ ނެގުމާއި، އަޑު ރެކޯޑުކުރުން.

ކައުންސިލުން ކަމެއް ނިންމުން

  1.  

(ހ)

 

މި ޤަވާޢިދުގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާ ހިނދަކު، ކައުންސިލުގެ ބައްދަލުވުމަށް ހުށަހެޅޭ ކަންކަން ނިންމޭނީ ކައުންސިލުގެ ބައްދަލުވުމަކަށް އެ ކަމެއް ހުށަހެޅި، އެ ބައްދަލުވުމަށް ޙާޟިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.

 

 

(ށ)

 

މި މާއްދާގެ (ހ)ގައި އެހެން އޮތް ނަމަވެސް، އަންނަނިވި ކަންކަމުންކުރެ ކަމެއް ފާސްކުރެވޭނީ މުޅި ކައުންސިލްގެ ޖުމްލަ މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.

 

 

 

 

ކައުންސިލްގެ ނައިބު ރައީސް މަޤާމުން ދުރުކުރުން؛

 

 

 

 

އެއްވެސް ބާވަތެއްގެ ވިޔަފާރިއެއްގައި ނުވަތަ ވިޔަފާރި ކުންފުންޏެއްގައި ބައިވެރިވުން ނުވަތަ އިންވެސްޓުކުރުން.

 

 

(ނ)

 

މި މާއްދާގެ (ހ)ގައި އެހެން އޮތް ނަމަވެސް، އަންނަނިވި ކަންކަމުންކުރެ ކަމެއް ފާސްކުރެވޭނީ މުޅި ކައުންސިލްގެ ޖުމްލަ މެންބަރުންގެ ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތު ލިބިގެންނެވެ.

 

 

 

 

ޢާއްމު ތަންތަނަށް ދީފައިވާ ނަން ބަދަލުކުރުން؛

 

 

 

 

ރަށްރަށުގެ މަގާއި ޕާކުތަކާއި މައިޛާން ފަދަ ޢާއްމު ތަންތަން ދާއިމީ ގޮތުގައި ބަންދުކުރުން.

ކައުންސިލުން ކަމެއް ނިންމުމުގައި ރިޢާޔަތްކުރަންޖެހޭ ކަންތައްތައް

  1.  

 

 

ކައުންސިލުން ކަމެއް ނިންމުމުގައި ރައްޔިތުންގެ ލާބަޔާއި މަންފާއަށް އިސްކަންދޭން ވާނެއެވެ. އަދި ކައުންސިލުން ކަންކަން ނިންމަންވާނީ ޤާނޫނުތަކާއި ޤަވާޢިދުތަކާއި ސަރުކާރުގެ ސިޔާސަތުތަކާއި ރަށުގެ ތަރައްޤީގެ ޕްލޭނާއި ޤައުމީ ތަރައްޤީގެ ޕްލޭނާ ތަޢާރުޟުނުވާ ގޮތުގެ މަތިންނެވެ.

މާލީ ކަންކަން ނިންމުން

  1.  

(ހ)

 

ކައުންސިލުގެ ބަޖެޓް ކަނޑައަޅަންވާނީ ޤާނޫނުއަސާސީއާއި ދައުލަތުގެ މާލިއްޔަތާ ބެހޭގޮތުން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ އެންމެހާ ޤާނޫނުތަކާއި އެ ޤާނޫނުތަކުގެ ދަށުން އެކުލަވާލެވިފައިވާ ޤަވާޢިދުތަކާ ޚިލާފުނުވާ ގޮތުގެ މަތިންނެވެ.

 

 

(ށ)

 

ކައުންސިލްތަކަށް ލިބިދީފައިވާ ބާރުތަކުގެ ތެރެއިން މާލީ އެންމެހައި ކަންކަން ކުރަންވާނީ ދައުލަތުގެ މާލިއްޔަތުގެ ޤާނޫނާއި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނާއި، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުން ކަށަވަރުކުރުމުގެ ޚާއްޞަ ޤާނޫނު 2020/5 އާއި އެހެނިހެން ޤާނޫނުތަކާއި ޤަވާޢިދުތަކާ ޚިލާފުނުވާ ގޮތުގެ މަތިންނެވެ.

 

 

(ނ)

 

ކައުންސިލްތަކުން ކުއްޔަށް ދޫކޮށްފައިވާ ބިންތަކާއި އެކި ފަރާތްތަކާއެކު ވެފައިވާ އެއްބަސްވުންތަކާ ގުޅިގެން ނުވަތަ އެ ނޫންވެސް ގޮތަކުން ކައުންސިލަށް ލިބެންޖެހޭ ކުއްޔެއް، ޖޫރިމަނާއެއް ނުވަތަ އެ ނޫންވެސް އެހެން ފައިސާއެއް މަޢާފުކުރަން ނުވަތަ ފަސްކުރަން ނުވަތަ ލުޔެއް ދިނުމަށް އެދޭނަމަ އެކަން ކުރަން ވާނީ، މިނިސްޓްރީ އޮފް ފިނޭންސްއާ މަޝްވަރާކޮށް ލިޔުމުން ހުއްދަ ހޯދައިގެންނެވެ.

ވޯޓު ދިނުން

  1.  

(ހ)

 

ކައުންސިލުގެ ނައިބު ރައީސް އިންތިޚާބުކުރުން ފިޔަވައި، ކައުންސިލުން ކަންކަން ނިންމުމުގައި ވޯޓު ދޭނީ އަތް އުފުލައިގެންނެވެ.

 

 

(ށ)

 

ކައުންސިލްގެ ކޮންމެ މެންބަރަކަށްވެސް ދެވޭނީ، ވޯޓުނަގާ ކޮންމެ ކަމަކަށް 1 (އެކެއް) ވޯޓެވެ.

ރިޔާސަތުން ވޯޓުގައި ބައިވެރިވުން

  1. 43.  

 

 

ކައުންސިލުން ކަމެއް ނިންމުމުގައި ރިޔާސަތަށް ވޯޓުގައި ބައިވެރިވެވޭނެއެވެ.

ވޯޓު ގުނައި ތަފްޞީލު ރެކޯޑުކުރުމާއި ނަތީޖާ އިޢުލާނުކުރުން

  1.  

 

 

ވޯޓު ގުނައި، އޭގެ ތަފްޞީލު ރެކޯޑު ކުރާނީ ކައުންސިލުގެ ސެކެޓްރީ ޖެނެރަލް ނުވަތަ ސެކެޓްރީ ޖެނެރަލް ކަނޑައަޅާ ކައުންސިލުގެ އިދާރާގެ މުވައްޒަފެކެވެ. އަދި ވޯޓުގެ ނަތީޖާ އިޢުލާނުކުރާނީ ބައްދަލުވުމުގެ ރިޔާސަތުންނެވެ.

މަސްލަހަތު ފުށުއަރާ ޙާލަތު

  1.  

 

 

ކައުންސިލްގެ އެއްވެސް މެންބަރެއްގެ އަނބިމީހާގެ ނުވަތަ ފިރިމީހާގެ ނުވަތަ ދަރިއެއްގެ ނުވަތަ މަންމަގެ ނުވަތަ ބައްޕަގެ ނުވަތަ އެއްބަނޑު އެއްބަފާ މީހެއްގެ މަޞްލަޙަތު ހިމެނޭ ނުވަތަ އެ މެންބަރެއްގެ އަމިއްލަ ފައިދާއެއް ނުވަތަ ދައުރެއް އޮތް ކަމަކާމެދު ކައުންސިލްގައި މަޝްވަރާކުރާނަމަ، އެ މެންބަރަކު އެ ބައްދަލުވުމުގައި ބައިވެރިވެގެން ނުވާނެއެވެ.

ނިންމުންތައް ހާމަކުރުން

  1.  

(ހ)

 

ކައުންސިލުން ފާސްކުރާ ޤަރާރުތަކާއި އަމުރުތަކާއި ނިންމުންތަކާއި ކަންތައްތައް ޢާއްމުކޮށް ހާމަކުރަންވާނެއެވެ.

 

 

(ށ)

 

ކައުންސިލުން ފާސްކުރާ ޤަރާރުތަކާއި އަމުރުތަކާއި ނިންމުންތަކާއި ކަންތައްތައް ޢާއްމުކޮށް ހާމަކުރުމަށްޓަކައި ކައުންސިލުގެ ސިއްކަ ޖެހުމަށްފަހު ކައުންސިލުގެ އިދާރާގެ ނޯޓިސް ބޯޑުގެ އިތުރުން، ކައުންސިލުގެ ވެބްސައިޓާއި ކައުންސިލުގެ ރަސްމީ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ޢާއްމުކުރަންވާނެއެވެ.

 

 

(ނ)

 

މި މާއްދާގެ (ހ) އާއި (ށ)ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ކައުންސިލުގެ ޤަރާރުތަކާއި އަމުރުތަކާއި ނިންމުންތައް އާންމުކުރުމަށްފަހު، ކައުންސިލުގެ އިދާރާއިން އެކަން ރެކޯޑުކޮށް ބަލަހައްޓަންވާނެއެވެ.

ބައްދަލުވުންތަކުގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓުން

  1.  

 

 

ކައުންސިލްގެ ބައްދަލުވުންތަކުގެ ޔައުމިއްޔާ ލިޔެ ތައްޔާރުކުރުމުގެ އިންތިޒާމު ހަމަޖައްސައި ކައުންސިލްގެ މެންބަރުންނަށް ފަސޭހައިން ފެންނާނޭހެން ބެލެހެއްޓުމަކީ ކައުންސިލްގެ އިދާރާގެ ސެކެޓްރީ ޖެނެރަލްގެ މަސްއޫލިއްޔަތެކެވެ.

ބައްދަލުވުންތަކުގެ ޔައުމިއްޔާ

  1.  

(ހ)

 

ކައުންސިލްގެ ކޮންމެ ބައްދަލުވުމެއްގެ ޔައުމިއްޔާ، އެ ބައްދަލުވުމެއްގައި ބައިވެރިވި މެންބަރުންގެ އިއްތިފާޤުން ފާސްކޮށް އެ ޔައުމިއްޔާގައި މެންބަރުން ސޮއިކުރަންވާނެއެވެ. އެ ބައްދަލުވުމެއްގައި ކައުންސިލުން ނިންމި ކަންކަމާއި، ބައްދަލުވުމުގައި ބައިވެރިވި މެންބަރުންނާއި، ބައްދަލުވުމުގައި ބައިވެރިނުވި މެންބަރުން ބައިވެރި ނުވި ސަބަބާއި، ބައްދަލުވުން ބޭއްވި ތާރީޚާއި ތަނާއި ވަގުތު، ބައްދަލުވުމުގެ ޔައުމިއްޔާގައި ސާފުކޮށް ބަޔާންކޮށްފައި އޮންނަންވާނެއެވެ.

 

 

(ށ)

 

މި މާއްދާގެ (ހ)ގައި ބަޔާންކުރާ ފަދައިން ކައުންސިލުގެ ބައްދަލުވުމުގެ ޔައުމިއްޔާ ފާސްކުރުމަށް ވޯޓު ނުދޭ މެންބަރުން، ޔައުމިއްޔާ އިޞްލާޙުކުރާނެ ގޮތެއް ފާހަގަކޮށްފައި ނުވާނަމަ، ބެލެވޭނީ ޔައުމިއްޔާ ރަނގަޅުކަމަށް ރުހޭކަމަށެވެ.

 

ހަތަރުވަނަ ބާބު

ކައުންސިލް މެންބަރުންގެ ޙާޟިރީއާއި ޙުރުމަތްތެރިކޮށް ހިތަންޖެހޭ ޢާއްމު ޤަވާޢިދުތައް

މަސައްކަތު ހަފްތާ

  1.  

 

 

ޢާއްމު ގޮތެއްގައި ކައުންސިލަރުންގެ މަސައްކަތު ހަފްތާއަކީ، އާދީއްތައިން ބުރާސްފަތީގެ ނިޔަލަށް، ހަފްތާއަކު 5 (ފަހެއް) ދުވަހެވެ.

މަސައްކަތު ގަޑި

  1.  

(ހ)

 

އުޞޫލެއްގެ ގޮތުން ކައުންސިލަރުންގެ ރަސްމީ މަސައްކަތު ގަޑިއަކީ ހެނދުނު 08:30 އިން 14:00 އަށެވެ.

 

 

(ށ)

 

މެންދުރު 12:00 އިން 13:00 އަށް ކައުންސިލުން ކަނޑައަޅާ އިންތިޒާމެއްގެ މަތިން 01 (އެކެއް) ގަޑިއިރުގެ ހުސްވަގުތުކޮޅެއް ކޮންމެ ކައުންސިލަރަކަށްވެސް ދޭންވާނެއެވެ.

 

 

(ނ)

 

ރަމަޟާން މަހު، ކައުންސިލަރުންގެ ރަސްމީ ގަޑިއަކީ 9:00 އިން 13:00 އަށެވެ. ނަމަވެސް ރަމަޟާން މަހު ސަރުކާރުގެ މަސައްކަތު ގަޑިއަށް ރައީސުލްޖުމްހޫރިއްޔާ ގެންނަވާ ބަދަލަކާ ގުޅިގެން ކައުންސިލަރުންގެ ރަސްމީ ގަޑިއަށް ބަދަލު ގެންނަން ޖެހޭނަމަ އެ ގަޑި ކަނޑައަޅާނީ ލޯކަލް ގަވަރމަންޓް އޮތޯރިޓީންނެވެ.

 

 

(ނ)

 

ކޮންމެ ކައުންސިލަރަކުވެސް، އެ ކައުންސިލަރަކު މަސައްކަތް ކުރަންޖެހޭ ހުރިހާ ދުވަހަކު ގަޑިއަށް މަސައްކަތަށް ޙާޟިރުވާން ވާނެއެވެ. މަސައްކަތަށް ޙާޟިރުނުވެވޭފަދަ ޢުޛުރެއް މެދުވެރިވެއްޖެނަމަ، އެ ކައުންސިލަރަކަށް ދިމާވި ޙާލަތަކާ ގުޅޭގޮތުން މި ޤަވާޢިދުގައިވާ ގޮތުގެ މަތިން ޢަމަލުކުރަންވާނެއެވެ.

ރަށުން ބޭރަށް ދިއުން

  1.  

(ހ)

 

ކައުންސިލްގެ މެންބަރަކު ރަށުން ބޭރަށް ދާންވާނީ އެކަން ކައުންސިލްގެ ރައީސަށާއި ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލްއަށް ލިޔުމަކުން އެންގުމަށްފަހުއެވެ. ކައުންސިލްގެ ރައީސް ރަށުން ބޭރަށް ދާނަމަ ދާންވާނީ އެކަން ކައުންސިލުގެ މެންބަރުންނަށާއި ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްއަށް އެންގުމަށްފަހުގައެވެ.

މެންބަރުންގެ ވިޔަފާރިއާއި އާމްދަނީގެ މަޢުލޫމާތު

  1.  

(ހ)

 

ކައުންސިލަށް އިންތިޚާބުވާ ކޮންމެ މެންބަރަކު މެންބަރުކަމުގެ ހުވައި ކުރާތާ 14 (ސާދަ) ދުވަހުގެ ތެރޭގައި އެ މެންބަރެއްގެ ފައިސާއާއި ވިޔަފާރީގެ މަޢުލޫމާތު އަދި އެމެންބަރެއްގެ އާމްދަނީއާއި އާމްދަނީ ލިބޭ ގޮތްތަކާއި ވިޔަފާރީގެ ގުޅުންތަކާބެހޭ މަޢުލޫމާތު ލިޔުމަކުން ކައުންސިލްގެ އިދާރާއަށް ހުށަހަޅަންވާނެއެވެ.

 

 

(ށ)

 

މެންބަރުން އެމެންބަރެއްގެ ފައިސާއާއި ވިޔަފާރީގެ މަޢުލޫމާތު އަދި އެމެންބަރެއްގެ އާމްދަނީއާއި އާމްދަނީ ލިބޭ ގޮތްތަކާއި ވިޔަފާރީގެ ގުޅުންތަކާބެހޭ މަޢުލޫމާތުގެ ކޮޕީއެއް ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ހުށަހަޅަންވާނެއެވެ.

ކައުންސިލް މެންބަރުންގެ ޑްރެސްކޯޑް

  1.  

 

 

ކައުންސިލުގެ ރަސްމީ ގަޑިއާއި ކައުންސިލުގެ ޢާއްމު ބައްދަލުވުންތަކުގައި ކައުންސިލް މެންބަރުން ތިބެންވާނީ ރަސްމީ ހެދުމެއްގައެވެ.

ޙާޟިރީ

  1.  

(ހ)

 

އުޞޫލެއްގެ ގޮތުން، ރަސްމީ މަސައްކަތު ދުވަހެއްގައި ކައުންސިލަރުން މަސައްކަތް ކުރަންވާނީ އެ ކައުންސިލަރެއް ނިސްބަތްވާ ކައުންސިލްގެ އިދާރާގައެވެ.

 

 

(ށ)

 

މި މާއްދާގެ (ހ) ގައި އެފަދައިން ބަޔާންކޮށްފައި ވީނަމަވެސް، މުދިމުންނާއި، ފޫޅުމައިން އަދި ޖަމާޢަތްތެރިންފަދަ ޟަރޫރީ ޚިދުމަތްތައްދޭ ކައުންސިލުގެ މެންބަރުން، އެކަން ކައުންސިލުގައި ރަޖިސްޓްރީކުރުމަށްފަހު، ކައުންސިލުން ހުއްދަދޭ ގޮތެއްގެ މަތިން އެފަދަ ޚިދުމަތްތަކަށް ކައުންސިލުގެ ރަސްމީ މަސައްކަތު ގަޑީގައި ދެވިދާނެއެވެ.

 

 

(ނ)

 

ކޮންމެ ކައުންސިލަރަކުވެސް މަސައްކަތަށް ނުކުމެ، އެ ކައުންސިލަރަކު ކައުންސިލަށް ޙާޟިރުވިކަމާއި ޙާޟިރުވި ގަޑި ރެކޯޑު ކުރަން ވާނެއެވެ.

 

 

(ރ)

 

ކައުންސިލަރުންގެ ޙާޟިރީ ރެކޯޑު ބަލަހައްޓަންވާނީ، އެ ކައުންސިލެއްގެ އިދާރާގެ މުވައްޒަފުންގެ ޙާޟިރީވެސް ރެކޯޑުކުރާ ސިސްޓަމްގައެވެ. މި ގޮތުން، ކައުންސިލްގެ އިދާރާގެ މުވައްޒަފުންގެ ޙާޟިރީ ބެލުމަށް އޮޓޮމޭޓެޑް ސިސްޓަމް ޤާއިމްކޮށްފައިވާ ކައުންސިލްތަކުގައި، ކައުންސިލަރުންގެ ޙާޟިރީވެސް ބަލަހައްޓަންވާނީ އެ އޮޓޮމޭޓެޑް ސިސްޓަމް މެދުވެރިކޮށެވެ.

 

 

(ޅ)

 

އެއްވެސް ސަބަބަކާ ހުރެ ކައުންސިލުގެ އިދާރާއަށް ޙާޟިރުނުވެވޭ ގޮތް ދިމާވެއްޖެނަމަ، ކައުންސިލުގެ ރައީސް ނުވަތަ ކައުންސިލް ހިންގުމާ ޙަވާލުވެހުރި ކައުންސިލަރަކަށް އަދި ކައުންސިލުގެ އިދާރާގެ ޙާޟިރީ ބަލަހައްޓާ ފަރާތަކަށް، އޮފީހަށް ޙާޟިރުވާން ޖެހޭ ގަޑި ޖެހުމަށްފަހު 2 (ދޭއް) ގަޑިއިރު ވުމުގެ ކުރިން އެކަން އަންގަން ވާނެއެވެ.

ގަޑިޖެހުން

  1.  

(ހ)

 

ކައުންސިލަރުގެ އިޙުމާލުން ޙާޟިރުވި ގަޑި ރެކޯޑު ކޮށްފައިނުވާނަމަ، އެ ދުވަސް ބެލެވޭނީ ޙާޟިރުނުވާ ދުވަހެއްގެ ގޮތުގައެވެ.

 

 

(ށ)

 

ޙާޟިރު ވާންޖެހޭ ގަޑި ޖެހުމުގެ ކުރިން ކައުންސިލަށް ޙާޟިރުވިޔަސް، ޙާޟިރުވި ގަޑި ޤަވާޢިދުން ރެކޯޑުކޮށްފައި ނުވާނަމަ، އެ ކައުންސިލަރަކު ގަޑި ޖެހޭނެއެވެ. އަދި ޙާޟިރުވި ގަޑި ބަލާނީ ޙާޟިރުވި ގަޑި ރެކޯޑުކުރި ވަގުތުން ފެށިގެންނެވެ.

 

 

(ނ)

 

ކައުންސިލަރުން ޢާއްމު އުޞޫލެއްގެ ގޮތުން ގަޑި ޖެހޭނީ، 08:30 ހިނގުމަށްފަހު ކައުންސިލަށް ޙާޟިރުވުމުންނެވެ. ނުވަތަ ސަރުކާރު އޮފީސްތައް ހުޅުވާ ގަޑިއަށް ސަރުކާރުން ބަދަލެއް ގެނެސްފިނަމަ، އެ ގަޑީގެ 30 މިނެޓު ފަހުން ކައުންސިލަށް ޙާޟިރުވުމުންނެވެ.

 

 

(ރ)

 

ކައުންސިލުން އަންގައިގެން ކައުންސިލްގެ މަސައްކަތެއްގައި ކައުންސިލުން ބޭރުގައި އުޅުމުގެ ސަބަބުން، ގަޑިޖެހުމުގެ ކުރިން ޙާޟިރުވިގަޑި ރެކޯޑު ނުކުރެވިއްޖެނަމަ، އެ މަސައްކަތެއް ނިމިގެން ކައުންސިލަށް ޙާޟިރުވެ، ކައުންސިލްގެ ރައީސް ނުވަތަ ކައުންސިލް ހިންގުމާ އެވަގުތު ޙަވާލުވެ ހުރި ކައުންސިލަރަކަށް އެކަން އަންގައި، ޙާޟިރުވި ގަޑި ރެކޯޑުކުރަން ވާނެއެވެ. އަދި ސަބަބު ރެކޯޑުކޮށްފައި އޮންނަންވާނެއެވެ. މި ގޮތުން ކައުންސިލްގެ ރައީސްއަށް މި ގޮތަށް ދިމާވެއްޖެނަމަ، ކައުންސިލްގެ ނައިބު ރައީސަށް ނުވަތަ ކައުންސިލް ހިންގުމާ އެ ވަގުތު ޙަވާލުވެ ހުރި ކައުންސިލަރަކަށް އެކަން އަންގައި ރެކޯޑުކުރަންވާނެއެވެ. މި ޙާލަތުގައި ކައުންސިލަރު ގަޑިއެއް ނުޖެހޭނެއެވެ.

 

 

(ބ)

 

ކައުންސިލް ހުޅުވާ މުވައްޒަފަކު ޙާޟިރުނުވެގެން، ނުވަތަ އެހެންވެސް ސަބަބަކާހުރެ، ގަޑިޖެހުނުއިރު އޮފީސް ނުހުޅުވިއްޖެނަމަ، އޮފީހުގެ މުވައްޒަފުންގެ ތެރެއިން އެ ވަގުތު ޙާޟިރުވެހުރި އިސް މުވައްޒަފަކު، އެހެން މުވައްޒަފުންނާއި ކައުންސިލަރުން ޙާޟިރުވި ގަޑި ބަލާނީއެވެ. އަދި ކައުންސިލުގެ އިދާރާ ހުޅުވުމުން ޙާޟިރީ ރެކޯޑުކުރާނީއެވެ.

 

 

(ޅ)

 

ގަޑީލާރި ކެނޑުމުގައި ވަގުތު ބަލާނީ މިނެޓުންނެވެ. މިނިޓަކަށްޖެހޭ ޢަދަދު ބަލާނީ، މަހު މުސާރައާއި ޢިނާޔަތްތައް 30 އިން ގެއްލައި، ގެއްލީމާ އަންނަ ޢަދަދު، ކައުންސިލަރުންގެ ޢާއްމު ރަސްމީ ގަޑިކަމަށް ކަނޑައަޅާފައިވާ ގަޑީގެ ޢަދަދުން ގެއްލައި، ގެއްލީމާ އަންނަ ޢަދަދު 60 އިން ގެއްލައިގެންނެވެ. އެއީ ރަމަޟާން މަސް ފިޔަވައި އެހެން މަސްމަހު، މަހު މުސާރައާއި ޢިނާޔަތްތައް 30 އިން ގެއްލައި، ގެއްލީމާ އަންނަ ޢަދަދު، 5.5 އިން ގެއްލީމާ އަންނަ ޢަދަދު 60 އިން ގެއްލައިގެންނެވެ.

 

 

(ކ)

 

ކައުންސިލަރަކު ގަޑި ޖެހިގެން، ދުވަހަކަށް ނެގޭ ގަޑީލާރި ނެގޭނެ އެންމެ ގިނަ ޢަދަދަކީ އެ ކައުންސިލަރެއްގެ މުސާރައާއި ޢިނާޔަތްތަކުން ދުވަހަކަށް ޖެހޭ މުސާރައާއި ޢިނާޔަތްތަކުގެ ޢަދަދެވެ.

 

 

(އ)

 

ކައުންސިލަރަކު އާދަވެ ގަޑި ޖެހޭނަމަ، އެ ކައުންސިލަރަކާމެދު އިޞްލާޙީ ފިޔަވަޅު އެޅުމަށް، އަތޮޅު ކައުންސިލަށް ފޮނުވަންވާނެއެވެ.

ކައުންސިލަރުންގެ މުސާރައިން އުނިކުރުން

  1.  

(ހ)

 

ކައުންސިލަރަކު ކައުންސިލަށް ނުނިކުމެއްޖެނަމަ، ނުނިކުތް މުއްދަތަކަށް ނުވަތަ ވަގުތަކަށް، އެ ކައުންސިލަރެއްގެ މުސާރައާއި އެލަވަންސްތަކުން ކެނޑޭނެއެވެ. ނަމަވެސް ކައުންސިލަރަކު ކައުންސިލަށް ނުނިކުތުމާ ގުޅިގެން، ކައުންސިލަށް ނުނިކުންނަ ވަގުތަށްވާ މިންވަރު، އެ ކައުންސިލަރެއްގެ މުސާރައާއި އެލަވަންސްއިން ކެނޑުން ފިޔަވައި، އިތުރު ޖޫރިމަނާއެއް ކޮށްގެން ނުވާނެއެވެ.

 

 

(ށ)

 

މި މާއްދާގެ (ހ)ގައިވާ ގޮތުގެ މަތިން ކައުންސިލަރަކު ކައުންސިލަށް ނުނިކުތުމުންނާއި ކައުންސިލަށް ނިކުންނަންޖެހޭ ގަޑީގައި ކައުންސިލަށް ނުނިކުންނަ ވަގުތަށްވާ މިންވަރު އޭނާގެ މުސާރައިން ކަނޑާނީ ތިރީގައި މިވާ ގޮތަށެވެ.

 

 

 

  1.  

ކައުންސިލަރު، ކައުންސިލަށް ޙާޟިރުނުވާ ދުވަހަކަށް މުސާރައާއި އެލަވަންސްއިން ކަނޑާނީ އެ ކައުންސިލަރެއްގެ މުސާރައާއި އެލަވަންސްތަކުން ދުވަހަކަށް ޖެހޭ ޢަދަދެވެ.

 

 

 

  1.  

ކައުންސިލަރު ކައުންސިލުގައި މަސައްކަތްކުރަންޖެހޭ ގަޑީގައި ކައުންސިލަށް ނުނިކުންނަ ވަގުތަށްވާ މިންވަރު، ގަޑީލާރީގެ ގޮތުގައި ކައުންސިލަރުގެ މުސާރައާއި އެލަވަންސްއިން ކެނޑޭނެއެވެ.

 

 

 

  1.  

ގަޑީލާރި ކެނޑޭނީ ކައުންސިލަރުގެ މުސާރައާއި އެލަވަންސްތަކުން ދުވަހަކަށްޖެހޭ ޢަދަދު، 330 (5.5x60=330) އިން ގެއްލީމާ އަންނަ ޢަދަދަކީ މިނިޓަކަށް ޖެހޭ ޢަދަދު ކަމަށް ބަލައި، އެ ޢަދަދު ކައުންސިލަރު ކައުންސިލަށް ނުނިކުމެ ހުރި ޖުމްލަ ވަގުތާ ގުނަކޮށްގެންނެވެ.

ކައުންސިލަރުންނަށް ޙައްޤުވާ އެކިއެކި ޗުއްޓީތަކުގައި ހުންނަ ދުވަސްތަކާއި ރަސްމީ ބޭނުމަށް ވީއްލާފައި ހުންނަ ދުވަސްތައް ފިޔަވައި ކައުންސިލަށް ޙާޟިރުނުވެ ތިބޭ ކައުންސިލަރުންގެ މުސާރައާއި އެލަވަންސްއިން ބަންދު ދުވަސްތަކަށް ޖެހޭ މިންވަރު އުނިކުރުން

  1.  

(ހ)

 

މި ޤަވާޢިދުގައިވާ ގޮތުގެ މަތިން ޗުއްޓީގައި ކައުންސިލަރުން ތިބޭ ދުވަސްތައް ފިޔަވައި ކައުންސިލްގެ މަސައްކަތަށް ނުނިކުމެ ތިބޭ ދުވަސްތަކަށް މުސާރައާއި އެލަވަންސްއިން އުނިކުރާއިރު، އެ ދުވަސްތަކުގެ މެދަށް އަންނަ ހަފްތާ ބަންދާއި ރަސްމީ ބަންދު ދުވަސްތަކަށް ޖެހޭ މުސާރައާއި އެލަވަންސްވެސް އުނިކުރެވޭނެއެވެ.

 

 

(ށ)

 

މެޑިކަލް ސެޓްފިކެޓް ހުށަހަޅަން ޖެހޭފަދަ ސަލާމުގެ ޗުއްޓީއެއްގައި ހުރުމަށްފަހު ކައުންސިލަށް ނުކުންނަ އިރު މެޑިކަލް ސެޓްފިކެޓް ހުށަހަޅާފައި ނުވާނަމަ އެ ދުވަސްތައް ބެލެވޭނީ ހާޒިރުނުވާ ދުވަސްތަކެއްގެ ގޮތުގައެވެ. އަދި އެ ދުވަސްތަކަށާއި އެ ދުވަސްތަކުގެ މެދަށް އަންނަ ހަފްތާ ބަންދާއި ރަސްމީ ބަންދު ދުވަސްތަކަށް ޖެހޭ މުސާރައާއި އެލަވަންސްވެސް އުނިކުރެވޭނެއެވެ.

 

 

(ނ)

 

ކައުންސިލްގެ ނުވަތަ ސަރުކާރުގެ އެހެނިހެން އިދާރާއެއްގެ ރަސްމީ ބޭނުމަށް ހަމަޖެހިފައިވާ ޤަވާޢިދުތަކާ އެއްގޮތަށް ކައުންސިލަރަކު ވީއްލާފައި ހުންނަ ޙާލަތާއި ކައުންސިލަރުންނަށް އަމާޒުކޮށް ލޯކަލް ގަވަރމަންޓް އޮތޯރިޓީއާއި އަތޮޅު ކައުންސިލް ނުވަތަ ދައުލަތުގެ އެނޫންވެސް މުއައްސަސާއަކުން ހިންގާ ވޯކްޝޮޕެއް ނުވަތަ ތަމްރީން ޕްރޮގްރާމެއްގެ ބޭނުމަށް ކައުންސިލަރުން ވީއްލާފައި ތިބޭ ދުވަސްތައް މި މާއްދާގެ (ހ) އިން އިސްތިސްނާ ވާނެއެވެ.

ފަސްވަނަ ބާބު

ކައުންސިލްގެ އިދާރާ

ކައުންސިލްގެ އިދާރާ

  1.  

 

 

ކައުންސިލްގެ މަސްއޫލިއްޔަތާއި ވާޖިބުތައް އަދާކުރުމަށް އެހީތެރިވެދީ، ކައުންސިލްގެ އިދާރީ ކަންކަން ކުރާނީ އެކަމަށްޓަކައި، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން ޤާއިމްކުރާ އިދާރާއިންނެވެ.

ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް

  1.  

 

 

ކައުންސިލްގެ އެންމެ އިސް އިދާރީ މުވައްޒަފެއްގެ ގޮތުގައި، ކައުންސިލްގެ ލަފަޔާއެކު، ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްކަމުގެ މަޤާމަށް މީހަކު ޢައްޔަންކުރާނީ ސިވިލް ސަރވިސް ކޮމިޝަނުންނެވެ.

ކައުންސިލްގެ އެންމެހައި އިދާރީ ކަންކަމުގައި ކައުންސިލަށް ޖަވާބުދާރީވާނީ، ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްއެވެ. އަދި، ކައުންސިލުން ނިންމާ ނިންމުންތައް ތަންފީޒުކުރުމުގައި ކައުންސިލަށް ބޭނުންވާ އިދާރީ އެހީތެރިކަން ފޯރުކޮށްދިނުމުގެ އެންމެ އިސްފަރާތަކީވެސް ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްއެވެ.

ސެކްރެޓަރީ ޖެނެރަލްގެ މަސްއޫލިއްޔަތުތައް

  1.  

 

 

ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަސްއޫލިއްޔަތުތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.

 

 

(ހ)

 

ކައުންސިލްގެ އިދާރާގެ އެންމެ އިސް އިދާރީ މުވައްޒަފުގެ ހައިސިއްޔަތުން ކައުންސިލް ހިންގުމަށް ބޭނުންވާ އެންމެހައި އިންތިޒާމުތައް ހަމަޖައްސައި، ކައުންސިލުގެ އިދާރާގެ މަސައްކަތްތައް ހިންގައި ބެލެހެއްޓުން؛

 

 

(ށ)

 

ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާ ގުޅޭގޮތުން ކައުންސިލްގެ ރައީސް، ނައިބު ރައީސް ނުވަތަ ކައުންސިލް ހިންގުމާ އެވަގުތަކު ޙަވާލުވެހުރި ކައުންސިލަރަށް ރިޕޯޓުކޮށް ޖަވާބުދާރީވުން؛

 

 

(ނ)

 

ކައުންސިލުން ނިންމާ ނިންމުންތަކާއި ކަނޑައަޅާ ޤަވާޢިދުތަކާއި އުޞޫލުތައް ތަންފީޛުކުރުން؛

 

 

(ރ)

 

ކައުންސިލުން ފޯރުކޮށްދޭ މުނިސިޕަލް ޚިދުމަތްތައް ކައުންސިލްގެ އިދާރާގެ މުވައްޒަފުން މެދުވެރިކޮށް ފޯރުކޮށްދެވޭނެ އިންތިޒާމު ހަމަޖައްސައި، ކައުންސިލުން ކަނޑައަޅާފައިވާ އުޞޫލުތަކާ އެއްގޮތަށް އެ ޚިދުމަތްތައް ފޯރުކޮށްދިނުން؛

 

 

(ބ)

 

ކައުންސިލްގެ މަސައްކަތްތަކާއި ޙަރަކާތްތަކާއި އިންސާނީ ވަސީލަތްތަކާ ގުޅޭގޮތުން ކައުންސިލްގެ ރައީސް ނުވަތަ ކައުންސިލަށް ލަފާދިނުން؛

 

 

(ޅ)

 

ކައުންސިލުން ކުރާ މަސައްކަތްތަކާއި ހިންގާ ޙަރަކާތްތަކުގައި ޤާނޫނުތަކާއި ގަވާއިދުތަކަށް ތަބާވާކަން ކަށަވަރުކުރުން؛

 

 

(ކ)

 

ކައުންސިލުން ތައްޔާރުކުރަންޖެހޭ ޕްލޭންތަކާއި ބަޖެޓްތަކާއި ރިޕޯޓުތައް ތައްޔާރުކުރުމާއި ކައުންސިލުން ނިންމާ ގޮތެއްގެ މަތިން ތަންފީޛުކުރުން؛

 

 

(އ)

 

ކައުންސިލްގެ މަސައްކަތްތައް ތަރައްޤީކޮށް ޚިދުމަތްތަކުގެ ފެންވަރު މަތިކޮށް ހަރުދަނާކުރުމަށް ގެންނަންޖެހޭ ބަދަލުތަކާ ގުޅޭ ފަންނީ ދިރާސާތައްކޮށް، އޭގެ އަލީގައި ކައުންސިލްގެ ޚިދުމަތްތަކާއި މަސައްކަތްތައް ތަރައްޤީކުރުމަށް ކައުންސިލްގެ ރައީސަށް ލަފާދިނުން؛

 

 

(ވ)

 

ދައުލަތުގެ މާލިއްޔަތުގެ ޤާނޫނުގެ ބޭނުމަށް، ކައުންސިލްގެ ރައީސްގެ ލަފާގެމަތިން، ކައުންސިލްގެ މާލީ ޒިންމާދާރުވެރިޔާގެ މަސްއޫލިއްޔަތު އަދާކުރުން؛

 

 

(މ)

 

ކައުންސިލްގެ ޖަލްސާތަކުގެ އިދާރީ ކަންކަން ބެލެހެއްޓުމަށްޓަކައި ކައުންސިލްގެ އެންމެ އިސް އިދާރީ މުވައްޒަފުގެ ޙައިސިއްޔަތުން ބައިވެރިވުން؛

 

 

(ފ)

 

ކައުންސިލުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއަށް ކައުންސިލުން ފޯރުކޮށްދޭންޖެހޭ ވަޞީލަތްތަކާއި އެހީތެރިކަމާއި ލަފައާއި މަޝްވަރާ ފޯރުކޮށްދެވޭކަން ކަށަވަރުކުރުން؛

 

 

(ދ)

 

ކައުންސިލްގެ އެންމެ އިސް އިދާރީ މުވައްޒަފުގެ ޙައިޞިއްޔަތުން ސިވިލް ސަރވިސް ކޮމިޝަނުން ޙަވާލުކުރާ މަސައްކަތްތައްކުރުން؛ އަދި

 

 

(ތ)

 

ކައުންސިލްގެ މަސައްކަތާ ގުޅޭގޮތުން ކައުންސިލްގެ ރައީސް ނުވަތަ ނައިބު ރައީސް އަންގާ އެހެނިހެން ކަންތައްތައްކުރުން.

މީޑިއާއަށް މަޢުލޫމާތު ދިނުން

  1.  

 

 

ކައުންސިލުން ކުރާ މަސައްކަތްތަކާގުޅޭ ގޮތުން މީޑިއާއަށް މަޢުލޫމާތު ދޭނީ ކައުންސިލްގެ ނިންމުމެއްގެ މައްޗަށް ބިނާކޮށް ކައުންސިލްގެ ރައީސް ނުވަތަ ނައިބު ރައީސް ނުވަތަ އެމަސައްކަތާ ހަވާލުވެތިބި އިސް މުވައްޒަފުންގެ ތެރެއިން ކައުންސިލުން ކަނޑައަޅާ މުވައްޒަފުން ނުވަތަ މުވައްޒަފެކެވެ.

ހަވަނަ ބާބު

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާ އޮންނަ ގުޅުން

ކައުންސިލުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއަށް އެހީތެރިކަން ފޯރުކޮށްދިނުން

  1.  

 

 

ކައުންސިލުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓިއަށް އެހީތެރިވުމުގެ ގޮތުން އަންނަނިވި ކަންކަން ކުރަންވާނެއެވެ.

 

 

(ހ)

 

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް މަސައްކަތްކުރެވޭނެ ވެއްޓެއް ޤާއިމުކޮށްދިނުން؛

 

 

(ށ)

 

ރަށު ތަރައްޤީގެ ޕްލޭނާއި ފައިނޭންޝަލް ޕްލޭނާއި މަސައްކަތު ތާވަލު އަދި ލޭންޑް ޔޫސް ޕްލޭން އެކުލަވާލުމާއި ތަންފީޒުކުރުމުގައި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައިވެރިވުމާއި ލަފައާއި މަޝްވަރާ ހޯދުން؛

 

 

(ނ)

 

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މަސައްކަތް ހިނގާ ނުހިނގާ ގޮތް ބަލައި، ކޮމެޓީގެ ޙަރަކާތްތަކާއި މަސައްކަތްތައް ރަގަޅުކޮށް ހަރުދަނާކުރުމުގައި ލަފަޔާއި މަޝްވަރާ ދިނުން؛

 

 

(ރ)

 

މަހަކު މަދުވެގެން 1 (އެކެއް) ފަހަރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާއެކު ބައްދަލުކުރުން؛ އަދި ކައުންސިލާއެކު އިތުރު ބައްދަލުވުމަކަށް އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން އެދެފިނަމަ، ކޮމެޓީއާއެކު ބައްދަލުކުރުން؛

 

 

(ބ)

 

އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ޙަރަކާތްތަކާއި މަސައްކަތްތައް ވިލަރެސްކުރުން؛

 

 

(ޅ)

 

ކައުންސިލްތަކުން ޢާންމުކޮށް ހާމަކުރާ ރިޕޯރޓްތަކާއި މަޢުލޫމާތު ދިނުމުގައި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައިވެރިވުން ހޯދުން؛

 

 

(ކ)

 

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން ހިންގުމަށް ކަނޑައަޅާ ހަރަކާތްތައް ރަށު ތަރައްޤީގެ ޕްލޭންގައި ހިމެނުމާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މަސައްކަތު ތާވަލާއި ބަޖެޓް އެކުލަވާލުމުގައި ކޮމިޓީއަށް އެހީތެރިކަން ފޯރުކޮށްދިނުން؛

 

 

(އ)

 

އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް ބޭނުންވާ އިދާރީ އަދި ފަންނީ ޤާބިލްކަން އިތުރުކުރުމަށްޓަކައި ދޭންޖެހޭ ތަމްރީންތަކާ އެހެނިހެން ވަސީލަތްތައް ފޯރުކޮށްދިނުން؛

 

 

(ވ)

 

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ޙަރަކާތްތަކާއި މަސައްކަތްތަކަށް ބޭނުންވާ އެންމެހައި އިދާރީ އެހީތެރިކަން ފޯރުކޮށްދިނުން.

 

 

(މ)

 

އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ މަސްއޫލިއްޔަތުގެ ދާއިރާއިން ކައުންސިލްގެ އެހީތެރިކަމަށް ކޮމެޓީން އެދެފިނަމަ ކޮމެޓީއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން؛

 

 

ހަތްވަނަ ބާބު

ސަރުކާރާއި ކައުންސިލާ އޮންނަ ގުޅުން

ޤާއުމީ އިދާރާއާ އޮންނަ ގުޅުން

  1.  

 

 

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 2010/7) ގެ 152 ވަނަ މާއްދާގެ (ވ) ގައި ބުނާ މުއައްސަސާތަކުން އިދާރީ ދާއިރާތަކުގައި އަދާކުރަންޖެހޭ ވާޖިބުތައް އަދާކުރުމަށްޓަކައި ހިންގާ ހަރަކާތްތަކުގައި އެމުއައްސަސާއަކުން ބޭނުންވާ އެއްބާރުލުމެއް ކައުންސިލުން ދޭންވާނެއެވެ.

އަށްވަނަ ބާބު

އެހެނިހެން ކަންކަން

ޤަވާޢިދަށް  އިޞްލާޙު ގެނައުން

  1.  

 

 

 

މި ޤަވާއިދަށް އެއްވެސް އިސްލާޙެއް ނުވަތަ ބަދަލެއް ގެނެވޭނީ، އެ އިސްލާޙެއް ގެނައުމަށް ނުވަތަ ބަދަލެއް ގެނައުމަށް، މި ގަވާއިދުގައިވާ ގޮތުގެމަތިން ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ މަޝްވަރާގެމަތިން ކައުންސިލުން ނިންމުމުންނެވެ.

ޤަވާޢިދުގައި ނެތްކަމެއް ދިމާވުން

  1.  

 

 

 

މި ގަވާއިދުގައި ހިމެނިފައިނުވާ ކަމެއް ދިމާވެއްޖެނަމަ، އެކަމެއްގައި ޢަމަލުކުރާނެ ގޮތެއް ނިންމާނީ ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ލަފާގެމަތިން ކައުންސިލްގެ ޖުމްލަ މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.

މާނަކުރުން

  1.  

 

 

 

މި ޤަވާޢިދުގައި ޢިބާރާތެއް ނުވަތަ ލަފްޒެއް ބޭނުންކޮށްފައިވާ ގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހާ ހިނދަކު އަންނަނިވި ޢިބާރާތްތަކާއި ލަފްޒުތަކަށް ދެވިފައިވަނީ، އެ ޢިބާރާތްތަކާއި ލަފްޒުތަކާ ގުޅިގެން، ތިރީގައި ދީފައިވާ މާނަކުރުމެވެ. އަދި މި ޤަވާޢިދުގައި މުފްރަދު މާނަ ދޭހަވާގޮތަށް ބޭނުންކޮށްފައިވާ މާނައިގައި ޖަމްޢުކޮށް ބޭނުންކުރާ މާނަވެސް ހިމެނިގެންވެއެވެ.

 

 

(ހ)

 

 

"ކައުންސިލް” ކަމަށް ބުނެފައި އެވަނީ ޤާނޫނު ނަންބަރު: 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ ޤަވާޢިދުން ހިންގުމުގެ ޤާނޫނު) ގެ ދަށުން އިންތިޚާބުކޮށްފައިވާ (ރަށުގެ ނަން) ކައުންސިލަށެވެ.

 

 

(ށ)

 

 

“ކައުންސިލަރުން” ކަމަށް ބުނެފައި އެ ވަނީ ޤާނޫނު ނަންބަރު: 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ ޤަވާޢިދުން ހިންގުމުގެ ޤާނޫނު) ގެ ދަށުން އިންތިޚާބުކޮށްފައިވާ (ރަށުގެ ނަން) ކައުންސިލްގެ މެންބަރުންނަށެވެ.

 

 

(އ)

 

 

“ސެކްރެޓަރީ ޖެނެރަލް” ކަމަށް ބުނެފައި އެވަނީ ކައުންސިލުގެ އިދާރާގެ އެންމެ އިސް އިދާރީ މުވައްޒަފުކަމަށް ސިވިލް ސަރވިސް ކޮމިޝަނުން ކަނޑައަޅާ ފަރާތެވެ. ނުވަތަ އެ މަޤާމުގެ މަސްއޫލިއްޔަތާ ވަގުތީގޮތުން ޙަވާލުވެހުރި މުވައްޒަފެވެ.

 

 

 

 

 

 

 

 

 

ޖަދުވަލް 1

`

........ ކައުންސިލްގެ ނަން........

..............، ދިވެހިރާއްޖެ

ސަލާމުގެ/އާއިލީ ޒިންމާގެ ޗުއްޓީގައި ހުރި ސަބަބު ބަޔާންކުރާ ފޯމު

ކައުންސިލަރު ފުރިހަމަ ކުރަންޖެހޭ ބައި

ދުވަސް: 1 (އެކެއް)

ދުވަސް: 2 (ދޭއް)

ތާރީޚު:

އެންގި ގަޑި:

ތާރީޚު:

އެންގި ގަޑި:

ސަބަބު:

ސަބަބު:

2 ދުވަހަށްވުރެ އިތުރު ވާނަމަ ތަފްސީލު ލިޔަން:

ތާރީޚު:

އެންގި ގަޑި:

ސަބަބު:

ކައުންސިލަރގެ ނަން:

ކައުންސިލަރގެ އިގުރާރު:

މަތީގައި އެވަނީ އަޅުގަނޑާބެހޭ ތެދު މައުލޫމާތެވެ. އަދި އެމައުލޫމާތަކީ އެއްވެސް މަޖުބޫރުކަމެއްނެތި އަޅުގަނޑު ދީފައިވާ މަޢުލޫމާތެވެ. ސަލާމުގެ ޗުއްޓީގައި އަޅުގަނޑު ހުރީ އަޅުގަނޑު ބަލިވެގެން ނޫން ކަމަށް ވެއްޖެ ނަމަ، އަޅުގަނޑުގެ މައްޗަށް އިސްލާހީ ފިޔަވަޅު އެޅޭނެ ކަން އަޅުގަނޑު ގަބޫލުކުރަމެވެ.

އެޑްރެސް:

މަގާމް:

ސޮއި:

 

ރައީސް، ނައިބު ރައީސް ނުވަތަ ޙަވާލުވެހުރި ކައުންސިލަރ ފުރިހަމަ ކުރަންޖެހޭ ބައި

ދުވަސް -1

ދުވަސް -2

އެންގި ތާރީޚު:

އެންގި ގަޑި:

އެންގި ތާރީޚު:

އެންގި ގަޑި:

ކައުންސިލަރ ނަން:

ކައުންސިލަރގެ ސޮއި

ތާރީޚު:

މަޤާމް:

 

ޙާޟިރީ ބަލަހައްޓާ މުވައްޒަފު ފުރިހަމަކުރަންޖެހޭ ބައި

އިދާރާއަށް ފޯމު ބަލައިގަތް:

މުވައްޒަފުގެ ނަން:

މަގާމު:

ގަޑި:

ސޮއި:

ތާރީޚު:

           

 

 

19 މޭ 2021