ދިވެހިރާއްޖެ
- މިސްކޫލުންދޭ މަޢުލޫމާތާއި އެއްގޮތަށް އަމިއްލަ ތަކެތީގައ ދޮރުފޮތި ހަރުކޮށްދޭނެ ފަރާތެއްހޯދުމަށް ކުރި އިއުލާން ނަންބަރު GS69/BUDGET/2020/005 އާއިގުޅިގެން ބީލަމުގައި ބައިވެރިވުމަށް އެއްވެސްފަރާތަކުން ނަންނޯޓް ކޮށްފައި ނުވާތީ އެ ޢިއުލާން ބާތިލްކޮށް އަލުން އިއުލާން ކުރަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
2. މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2021 މެއި 19 އިން 2021 މެއި 27 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:00 އިން 13:00 އަށް މިސްކޫލަށް ވަޑައިގެން ނުވަތަ އީމެއިލް މެދުވެރިކޮށް ނަންނޯޓް ކުރެއްވުން އެދެމެވެ.
3. މިމަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 30 މެއި 2021 ވާ އާދިއްތަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
4. މިމަސައްކަތާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން 31 މެއި 2021 ވާ ހޯމަ ދުވަހުގެ ހެނދުނު 10:30ގައި މިލަންދޫ ސްކޫލް އޮފީހުގައި އޮންނާނެއެވެ.
5. ބިޑް ހުޅުވުން އޮންނާނީ 2021 ޖޫން 06 ވާ އާދިއްތަ ދުވަހުގެ 11:00 ގައި މިސްކޫލް އޮފީހުގައެވެ.
6. މި ޕްރޮޖެކްޓްގެ ބިޑު ސެކިއުރިޓީގެ ގޮތުގައި 5,000/- (ފަސްހާސް) ދިވެހި ރުފިޔާ ހުށަހަޅަންވާނެއެވެ. ބިޑު ސެކިއުރިޓީގެ މުއްދަތަކީ ބިޑު ހުޅުވާ ތާރީޚުން ފެށިގެން 30 ދުވަހެވެ.
7. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިނުވާ ފަރާތްތަކަށް ބިޑްހުށަހެޅުމުގައި ބައިވެރި ނުވެވޭނެވާހަކަ ދެންނެވީމެވެ.
8. މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި އެހެން ފަރާތެއް ފޮނުވާނަމަ، އަންދާސީ ހުށަހަޅާފަރާާތުގެ ސިޓީއާއި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އަދި ބަދަލުގައި އަންނަ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ހުށަހަޅަންވާނެއެވެ.
9. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
މިލަންދޫ ސްކޫލު
ޤާޒީ މަގު ، މިލަންދޫ ، ދިވެހިރާއްޖެ
ފޯން : 7747677
މެއިލް އެޑްރެސް: [email protected]