މަސައްކަތް
ނަންބަރު: 60-PRO/2021/109
ޕަބްލިޝްކުރި ތާރީޚް: 18 މޭ 2021
ޕަބްލިޝްކުރި ގަޑި: 13:49
ސުންގަޑި: 25 މޭ 2021 11:00
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
އެސް.ޓީ.އޯ ގދ. ތިނަދޫ ފިހާރައިން ވިއްކާ އެއަރ ކޮންޑިޝަން އިންސްޓޯލްކޮށް، ސާރވިސް ކޮށްދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ.

އެސް.ޓީ.އޯ ގދ. ތިނަދޫ ފިހާރައިން ވިއްކާ އެއަރ ކޮންޑިޝަން އިންސްޓޯލްކޮށް، ސާރވިސް ކޮށްދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. ވީމާ، މި މަސައްކަތް ކުރުމުގެ ފަންނީ އަދި ޢަމަލީ ތަޖުރިބާ ހުރި ފަރާތްތަކަށް ފުރުސަތު ހުޅުވާލަމެވެ. 

 

މަސައްކަތުގެ ވެރިފަރާތް: ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން  ޕލކ

 

މަސައްކަތުގެ މުއްދަތު: 01 އަހަރު

 

ރަޖިސްޓަރީ ކުރުން:  ރަޖިސްޓަރީ ކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން، 2021 މެއި 25 ވަނަ ދުވަހު 1100 ގެ ކުރިން ތިރީގައިވާ އީމެއިލް އެޑްރެސް މެދުވެރިކޮށް ރަޖިސްޓްރީ ކުރަންވާނެއެވެ.

 

 އީމެއިލް އެޑްރެސް: [email protected]   

               

ބީލަންކަރުދާސް ދޫކުރުން: ރަޖިސްޓަރީ ކުރައްވާފައިވާ ފަރާތްތަކަށް ބީލަންކަރުދާސް ދޫކުރާނީ، 2021 މެއި 25 ވަނަ ދުވަސް ނިމުމުގެ ކުރިން އީމެއިލުންނެވެ. 

 

މައުލޫމާތު ދިނުން:  ރަޖިސްޓްރީ ކުރައްވާފައިވާ ފަރާތްތަކަށް 2021 މެއި 27 ވަނަ ދުވަހު 1100ގައި މައުލޫމާތު ދިނުމުގެ ބައްދަލުވުމެއް އެސްޓީއޯ ގދ. ތިނަދޫ ފިހާރައިގައި އޮންނާނެއެވެ.

 

ސުވާލާއި ޖަވާބު: ރަޖިސްޓަރީ ކުރެއްވުމަށްފަހު ހުށަހަޅުއްވަން ބޭނުންފުޅުވެލައްވާ ސުވާލުތައް، 2021 މެއި 30 ވަނަ ދުވަހުގެ 1100  ގެ ކުރިން އީމެއިލް މެދުވެރިކޮށް ފޮނުވަންވާނެއެވެ. އަދި 2021 މެއި 31 ވަނަ ދުވަހުގެ ކުރިން ޖަވާބުދާރީ ވެވޭނެއެވެ. 

 

ބީލަންކަރުދާސް: ބީލަންކަރުދާސް ހުށަހަޅަންވާނީ، އީމެއިލް މެދުވެރިކޮށް، 2021 ޖޫން 03 ވަނަ ދުވަހުގެ 1100 ގެ ކުރިން، [email protected] އީމެއިލް އެޑްރެސް އަށެވެ. އަދި ބީލަންކަރުދާސް ހުށަހެޅުމަށް ހަމަޖެހިފައިވާ ސުންގަޑީގެ ފަހުން ހުށަހަޅާ އެއްވެސް ބީލަމެއް ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދަންނަވަމެވެ.

 

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ:

ފޯނު: 3012674  3344374,

އީމެއިލް: [email protected]  

 

 

 

18 މޭ 2021