މަސައްކަތް
ނަންބަރު: IL-PRC/2021/22
ޕަބްލިޝްކުރި ތާރީޚް: 18 މޭ 2021
ޕަބްލިޝްކުރި ގަޑި: 13:24
ސުންގަޑި: 30 މޭ 2021 11:00
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ
ދިވެހިރާއްޖެ
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ހިންގާ "މޯލްޑިވްސް ޕޭމެންޓް ސިސްޓަމްސް ޑިވެލޮޕްމެންޓް ޕްރޮޖެކްޓް" އަށް މާކެޓިން އަދި ޕީ.އާރް އެޖެންސީ އެއް ހޯދުން

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ހިންގާ "މޯލްޑިވްސް ޕޭމެންޓް ސިސްޓަމްސް ޑިވެލޮޕްމެންޓް ޕްރޮޖެކްޓް" އަށް މާކެޓިން އަދި ޕީ.އާރް އެޖެންސީ އެއް ހޯދަންބޭނުންވެގެންކުރި ނަންބަރު: IL-PRC/2021/15އިޢުލާނަށް އެކަށީގެންވާ ތަރުހީބެއް ލިބިފައި ނުވާތީވެ، އެއިޢުލާން ބާތިލުކޮށް އަލުން އިޢުލާން ކުރަމެވެ.

 

މި ބިޑާ ގުޅޭ ރިކުއަސްޓް ފޮރ ޕްރޮޕޯސަލް (އާރްއެފްޕީ) މި އިޢުލާނާއެކު އެޓޭޗްކުރެވިފައި ވާނެއެވެ. އަދި އޮތޯރިޓީގެ ވެބްސައިޓް www.mma.gov.mv އަށް އަޕްލޯޑް ކުރެވިފައިވެސްވާނެއެވެ.

 

މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 25 މޭ 2021 ވާ އަންގާރަ ދުވަހުގެ 11:00 ގެ ކުރިން [email protected] އަށް އެފަރާތެއްގެ ތަފްސީލް މަޢުލޫމާތާ އެކު (ކުންފުނީގެ ނަން، ގުޅޭނެ ނަންބަރު އަދި އީމެއިލް އެޑްރެސް) އީމެއިލް ކުރައްވައި ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް ޕްރޮޕޯސްލް ހުށަހެޅުމުގެ ފުރުސަތު ލިބިވަޑައެއް ނުގަންނަވާނެއެވެ.

 

މި ބިޑާ ގުޅޭގޮތުން އެއްވެސް ސުވާލެއް ނުވަތަ އިތުރު މަޢުލޫމާތެއް ބޭނުންވާނަމަ 30 މޭ 2021 ވާ އާދީއްތަ ދުވަހުގެ 11:00 ގެ ކުރިން [email protected]އަށް އީމެއިލް ކުރެއްވުން އެދެމެވެ.  

 

މި މަސައްކަތަށް ބިޑު ހުށަހަޅުއްވާ ފަރާތްތަކުން 03 ޖޫން 2021 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މި އޮތޯރިޓީއަށް ވަޑައިގެން ބިޑު ހުށަހެޅުއްވުން އެދެމެވެ. މި ގަޑީގެ ފަހުން ހުށަހަޅުއްވާ ބިޑުތައް ބަލައެއް ނުގަނެވޭނެއެވެ.

 

18 މޭ 2021