ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)179-3.2/1/2021/15
ޕަބްލިޝްކުރި ތާރީޚް: 17 މޭ 2021
ޕަބްލިޝްކުރި ގަޑި: 11:57
ސުންގަޑި: 22 މޭ 2021 23:00
ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
ކޮވިޑް-19އާ ގުޅިގެން ސެކިއުރިޓީޒް މާރކެޓުގެ އިންތިޒާމުތަކާގުޅޭ

 ކޮވިޑް-19އާ ގުޅިގެން ސެކިއުރިޓީޒް މާރކެޓުގެ އިންތިޒާމުތަކާގުޅޭ

ދިވެހިރާއްޖޭގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލުކުރުމަށް ސަރުކާރުން މިހާރު އަޅާފައިވާ ފިޔަވަޅުތަކާ ގުޅިގެން، 22 މެއި 2021 ގެ ނިޔަލަށް ސެކިއުރިޓީޒްއާގުޅޭ ޚިދުމަތްތައް ރަސްމީ ދުވަސްތަކުގައި އޮންލައިންކޮށް މި އޮތޯރިޓީން ލިބޭނެ ވާހަކަ ދަންނަވަމެވެ. އަދި ބޭންކުތައް ހުޅުވިފަ ހުންނަ ދުވަސްތަކުގައި ސެކިއުރިޓީޒް ގަނެވިއްކުމުގެ ޚިދުމަތައް ތިރީގައިވާ ކުންފުނިތަކުންވެސް އޮންލައިން ވަޞީލަތްތައް މެދުވެރިކޮށް ލިބޭނެ ވާހަކަ ދަންނަވަމެވެ.

  • މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް
  • މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮޒިޓަރީ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް
  • އާރިޔާ ސެކިއުރިޓީޒް ޕްރައިވެޓް ލިމިޓެޑް (ޑީލިންގ ކުންފުނި)
  • ސްޓޮކް ބްރޯކަރސް ޕްރައިވެޓް ލިމިޓެޑް (ޑީލިންގ ކުންފުނި)

ޖެމްސް(GEMS) ބޭނުންކުރާ ފަރާތްތަކުން މިއޮތޯރިޓީއަށް ޖެމްސް މެދުވެރިކޮށް ލިޔެކިޔުންތައް ފޮނުވުމަށާއި އަދި ޢާންމު ފަރާތްތަކުން އޮފީހަށް ފޮނުވާ ސިޓީ އާއި އެހެނިހެން ލިޔެކިޔުންތައް ބަލައިގަންނާނީ [email protected] މެއިލް މެދުވެރިކޮށް ކަމުގައި ދަންނަވަމެވެ.

05 ޝައްވާލް  1442

 17 މެއި    2021

17 މޭ 2021