ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)425-CB/1/2021/ 50
ޕަބްލިޝްކުރި ތާރީޚް: 16 މޭ 2021
ޕަބްލިޝްކުރި ގަޑި: 18:53
ސުންގަޑި: 17 މޭ 2021 23:00
މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މާލޭ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރަށް އިންތިޙާބު ވެފައިވާ މޭޔަރ އާއި ކައުންސިލަރުން ހުވާ ކުރުމުގެ ރަސްމިއްޔާތާއި މަލޭސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ 4 ވަނަ ދައުރަށް އިންތިޙާބު ވެފައިވާ މެމްބަރުން އިޤްރާރުގައި ސޮއިކުރުމުގެ ރަސްމިއްޔާތު

10 އޭޕްރިލް 2021 ގައި ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައި މާލޭ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރަށް ހޮވިވަޑައިގެންފައިވާ އިންތިޚާބީ މޭޔަރ އާއި އިންތިޚާބީ ކައުންސިލަރުން މަޤާމުގެ ހުވާކުރުމުގެ ރަސްމިއްޔާތާއި، މާލޭ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ 4 ވަނަ ދައުރަށް ހޮވިވަޑައިގެންނެވި މެމްބަރުން އިޤްރާރުގައި ސޮއިކުރެއްވުމުގެ ރަސްމިއްޔާތު 2021 މެއި މަހުގެ 17 ވާ ހޯމަ ދުވަހުގެ ހެނދުނު 09:00 ގައި އޮންލައިންކޮށް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

            މި ރަސްމިއްޔާތު ޓީ.ވީ.އެމް އާއި މި ކައުންސިލުގެ ފޭސްބުކް ޕޭޖް އިން ވަގުތުން ލައިވް ކުރާ ގޮތަށް ވަނީ ހަމަޖެހިފައިއެވެ.

ވީމާ، މިކަން އާންމުކޮށް އަންގާ އިއުލާންކުރިމެވެ.  

16 މޭ 2021