ދިވެހިރާއްޖެ
އއ. ހިމަންދޫ ޞިއްޚީމަރުކަޒުން ލެބޯޓްރީ ޓެސްޓް ހެދުމަށް ބޭނުންވާ ސާމްޕަލްތައް އއ.މަތިވެރީ ޞިއްޚީމަރުކަޒަށް ގެނައުމާއި އަނބުރާ ގެންދިއުމުގެ މަސައްކަތް، ކޮންޓްރެކްޓް އުސޫލުން 6 (ހައެއް) މަސް ދުވަހުގެ މުއްދަތަށް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވިފައިވާ ނަމްބަރ: (IUL)AAAH-A-AD/AAAH/2020/15 (17 އޮގަސްޓް 2020) އިޢުލާނާއި ގުޅޭގޮތުން ދިމާވި މައްސަލައަކާ ގުޅިގެން އެ އިޢުލާން ބާޠިލްކޮށް އަލުން އިޢުލާން ކުރަމެވެ.
ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ތާރީޚުތަކުގައި އއ.ހިމަންދޫ ޞިއްޚީމަރުކަޒަށް ވަޑައިގެން ނަންނޯޓް ކުރުމާއި، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.
|
ނަންނޯޓް ކުރެއްވުން |
16 މެއި 2021 ވާ އާދިއްތަ ދުވަހުން ފެށިގެން 24 މެއި 2021 ވާ ހޯމަ ދުވަހުގެ ނިޔަލަށް ހެނދުނު 10:00 ން 11:00އާއި ދެމެދު ރަސްމީ ދުވަސްތަކުގައި |
|
މަޢުލޫމާތު ދިނުން |
25 މެއި 2021 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 |
|
އަންދާސީ ހިސާބު ހުށައެޅުން |
26 މެއި 2021 ވާ ބުދަ ދުވަހުގެ ހެނދުނު 11:00 |
މި އިޢުލާނާއި ގުޅިގެން ނަންނޯޓް ނުކުރާ ފަރާތްތަކަށް މަޢުލޫމާތު ދިނުމާއި، އަންދާސީ ހިސާބު ހުށައެޅުމުގެ ފުރުސަތު ނުދެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 6660857 އަށް ގުޅުއްވުން އެދެމެވެ.
16-5-2021