މަސައްކަތް
ނަންބަރު: TENDER/HMH/2021/016
ޕަބްލިޝްކުރި ތާރީޚް: 16 މޭ 2021
ޕަބްލިޝްކުރި ގަޑި: 13:42
ސުންގަޑި: 20 މޭ 2021 12:00
ހުޅުމާލެ ހޮސްޕިޓަލް
ދިވެހިރާއްޖެ
ހުޅުމާލެ ހޮސްޕިޓަލަށް ބޭނުންވާ ލީގަލް ޙިދުމަތްތައް ފޯރުކޮށްދޭނެ ލީގަލް ކޮންސަލްޓެންސީ ފާމެއް ހޯދުން

ހުޅުމާލެ ހޮސްޕިޓަލަށް ބޭނުންވާ ލީގަލް ޙިދުމަތްތައް ފޯރުކޮށްދޭނެ ލީގަލް ކޮންސަލްޓެންސީ ފާމެއް ހޯދުން

 ނަންބަރު: TENDER/HMH/2021/016


ހުޅުމާލެ ހޮސްޕިޓަލްއަށް ޤާނޫނީ ލަފާ ދެއްވާނެ އަދި، ޤާނޫނީ ލިޔުންތައް ތައްޔާރު ކޮށްދިނުމާއި، އެކި ފަރާތްތަކާއެކު ވެވޭ އެއްބަސްވުންތަކާމެދު ޤާނޫނީގޮތުން ބޭނުންވާ ލަފާދިނުމާއި، ހުޅުމާލެ ހޮސްޕިޓަލުން ކުރާ ދަޢުވާއާއި ލިބޭ ދަޢުވާތައް ދިރާސާކޮށް ކޯޓުތަކުގައާއި ޓްރައިބިއުނަލްތަކުގައި ކައުންސިލުގެ ފަރާތުން ވަކާލާތުކޮށްދޭނެ ލޯ ފާމެއް ހޯދަން ބޭނުންވެއެވެ.

މައުލޫމާތު ދިނުން:

މިމަސައްކަތާއިގުޅޭ މަޢުލޫމާތު ކަރުދާސް މި އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.

ރެޖިސްޓްރޭޝަން:

20 މެއި 2021 ވަނަ ދުވަހުގެ ހެނދުނު 12:00 ގެ ކުރިން [email protected] އަށް ރެޖިސްޓްރޭޝަން ފޯމު ފުރިހަމަކުރުމަށް ފަހު މެއިލް  ކުރަންވަންވާނެއެވެ. މިއިއުލާނާއި ގުޅޭގޮތުން އެއްވެސް އިތުރު މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެ ވަޑައިގަންނަވާނަމަ 26 މެއި 2021ގެ 12:00 ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ.

އަންދާސީ ހިސާބު ހުށަހެޅުން:

ބީލަން ހުށަހެޅުމަށް ހަމަޖެހިފައިވަނީ 27 މެއި 2021ގެ 10:00 ގައިއެވެ. ބީލަން ހުށަހެޅުމަށް ހަމަޖެހިފައިވަނީ އޮންލައިންކޮށެވެ. އޮންލައިންކޮށް ބިޑު ހުށަހެޅުމުގެ ތަފްސީލް، ބިޑުގައި ރަޖިސްޓްރީ ކުރައްވާ ފަރާތްތަކަށް ދެވޭނެއެވެ.

 

އަންދާސީ ހިސާބު ހުށަހެޅުމަށް ކަނޑައެޅިފައިވާ ސުންގަޑިއަށްފަހު އަންދާސީ ހިސާބު ބަލައިނުގަނެވޭނެވާހަކަ ދެންނެވީމެވެ. އަންދާސީ ހިސާބު ހުށަހަޅާނީ މިހޮސްޕިޓަލުންދޭ މައުލޫމާތު ޝީޓާއި އެއްގޮތަށެވެ.

އިތުރު މަޢްލޫމާތު ހޯދެވުމަށް ގުޅުއްވާނީ:

ފޯން: 3350111 / 3350113

އީ-މެއިލް: [email protected]

16 މެއި 2021

16 މޭ 2021