ދެންނެވުން
ނަންބަރު: (IUL)425-CB/1/2021/ 49
ޕަބްލިޝްކުރި ތާރީޚް: 15 މޭ 2021
ޕަބްލިޝްކުރި ގަޑި: 21:31
ސުންގަޑި: 13 މޭ 2021 00:00
މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މާލޭ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރަށް އިންތިޙާބު ވެފައިވާ މޭޔަރ އާއި ކައުންސިލަރުން ހުވާ ކުރުމުގެ ރަސްމިއްޔާތާއި މަލޭސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ 4 ވަނަ ދައުރަށް އިންތިޙާބު ވެފައިވާ މެމްބަރުން އިޤްރާރުގައި ސޮއިކުރުމުގެ ރަސްމިއްޔާތު

އިޢުލާން

            10 އޭޕްރިލް 2021 ގައި ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައި މާލޭ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރަށް ހޮވިވަޑައިގެންފައިވާ އިންތިޚާބީ މޭޔަރ އާއި އިންތިޚާބީ ކައުންސިލަރުން މަޤާމުގެ ހުވާކުރުމުގެ ރަސްމިއްޔާތާއި، މާލޭ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ 4 ވަނަ ދައުރަށް ހޮވިވަޑައިގެންނެވި މެމްބަރުން އިޤްރާރުގައި ސޮއިކުރެއްވުމުގެ ރަސްމިއްޔާތު 2021 މެއި މަހުގެ 17 ވާ ހޯމަ ދުވަހުގެ ހެނދުނު 09:00 ގައި ސަލްޓަން ޕާކުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

            މި ދުވަސްވަރަކީ ވަރަށް ހަލުވިކަމާއި އެކު ދިވެހިރާއްޖޭގެ ހުރިހާ ރަށެއްގައި އާއި ޚާއްސަކޮށް މާލޭ ސިޓީގައި ކޮވިޑް- 19 ފެތުރަމުންދާ ދުވަސްވަރަކަށް ވާތީ، މި ރަސްމިއްޔާތު ބާއްވަން ހަމަޖެހިފައިވާ ސަލްޓަން ޕާކު އާންމުންނަށް ވަދެވޭ ގޮތަށް ހުޅުވާލެވިފައި ނުވެއެވެ. ނަމަވެސް މި ރަސްމިއްޔާތު ޓީ.ވީ.އެމް އާއި މި ކައުންސިލުގެ ފޭސްބުކް ޕޭޖް އިން ވަގުތުން ލައިވް ކުރާ ގޮތަށް ވަނީ ހަމަޖެހިފައިއެވެ.

            ވީމާ، މިކަން އާންމުކޮށް އަންގާ އިއުލާންކުރިމެވެ.  

15 މޭ 2021