ދިވެހިރާއްޖެ
އިޢުލާން
މިނިސްޓްރީގެ ކޮންޓެކްޓް ސެންޓަރުން ފޯނު ކޯލްތައް މެދުވެރިކޮށް ދެމުން ގެންދާ ހިދުމަތް ވަގުތީގޮތުން މެދުކަނޑާލުން
ދިވެހިރާއްޖޭގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލުކުރުމަށް ސަރުކާރުން މިހާރު އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި މިމަހުގެ 5 ން 22 އާ ހަމަޔަށް ސަރުކާރު އޮފީސްތައް ބަންދު ކުރައްވައި، ސަރުކާރު އޮފީސްތަކުން ދެމުން ގެންދާ ހިދުމަތްތައް ގޭގައި ތިބެގެން ދިނުމަށް ހަމަޖެހިފައިވާތީއާއި، މި މިނިސްޓްރީގެ ކޮންޓެކްޓް ސެންޓަރުގެ ގިނަ މުވައްޒަފުން ހެލްތް އެމެޖެންސީ އޮޕަރޭޓިން ސެންޓަރުގައި މަސައްކަތް ކުރަން ފަށާފައިވާތީ، ކޮންޓެކްޓް ސެންޓަރުން ފޯނު ކޯލްތައް މެދުވެރިކޮށް ދެމުން ގެންދާ ހިދުމަތް މިވަގުތު ވަނީ މެދުކަނޑާލެވިފައެވެ.
އެހެންނަމަވެސް، ލައިވް ޗެޓް އާއި ސޯޝަލް މީޑިއާ މެދުވެރިކޮށް މި ކޮންޓެކް ސެންޓަރުގެ ހިދުމަތް ލިބެމުންދާނެވާހަކަ ދެންނެވީމެވެ.