ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)375/375/2021/11
ޕަބްލިޝްކުރި ތާރީޚް: 15 މޭ 2021
ޕަބްލިޝްކުރި ގަޑި: 13:57
ސުންގަޑި: 01 ޖަނަވަރީ 1970 05:00
ނިލަންދެއަތޮޅު ދެކުނުބުރީ މީދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަލަށް އިންތިޚާބުކުރެވިފައިވާ ކައުންސިލަރުން ހުވާކުރުމާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުން އިޤުރާރުގައި ސޮއިކުރުމުގެ ރަސްމިއްޔާތު-އިޢުލާން

10 އޭޕްރިލް 2021 ވަނަ ދުވަހުގައި ބޭއްވުނު ލޯކަލް ކައުންސިލްތަކުގެ އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި، އިންތިޚާބުވެވަޑައިގެންނެވި ދ. މީދޫ ކައުންސިލްގެ މެމްބަރުން ހުވާކުރުމާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުން އިޤްރާރުގައި ސޮއިކުރުމުގެ ރަސްމިއްޔާތު 17 މެއި 2021 ވާ ހޯމަ ދުވަހުގެ ހެނދުނު 10:30 ގައި ދ.އަތޮޅު މަދަރުސާގެ ހޯލުގައި ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.

            

  ކޯވިޑް 19 ގެ މިހާލަތާއި ގުޅިގެން ރަސްމިއްޔާތުގައި ރައްޔިތުންނަށް ބައިވެރިވުމުގެ ފުރުސަތު ލޯކަލް ގަވަރމަންޓް އޮތޯރިޓީން ނެރެފައިވާ ހުވާ ކުރުމުގެ އިންތިޒާމްތައް ހަމަޖެއްސުމާއިބެހޭ ގައިޑްލައިން ގައިވާގޮތުގެމަތިން ދެވެން ނެތުމުން، އެ ގައިޑްލައިން ގައިވާގޮތަށް ހުވާ ކުރުމުގެ ރަސްމިއްޔާތު ލައިވްކޮށް ރަށުގެ އެންމެހާ ރައްޔިތުންނަށް ފެންނާނޭ އިންތިޒާމް ހަމަޖެއްސުމުގެ ގޮތުން ފޭސްބުކް ޕޭޖް https://www.facebook.com/Meedhoocouncil އިން ރަސްމިއްޔާތު ލައިވް ކުރެވޭނެއެވެ.

  މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

15 މޭ 2021