ދިވެހިރާއްޖެ
އިޢުލާން
14 މެއި 2021 އިން ފެށިގެން 19 މެއި 2021 ގެ ނިޔަލަށް، މާލެ ސަރަޙައްދުގައި ހިންގާ ވިޔަފާރިތަކައް ހުއްދަ ދޫކުރުމުގައި ޢަމަލުކުރާނެ ގޮތް
މާލެ ސަރަޙައްދުގެ ގޭބިސީތަކުން ބޭރަށް ނުކުމެ އުޅުން މަނާކޮށްފައިވާ ގަޑިތަކުގައި، މުހިއްމު ބޭނުންތަކަށް ޙާއްޞަ ހުއްދައެއް ދޫކުރުމުގައި، މި މިނިސްޓްރީ އާއި މޯލްޑިވްސް ޕޮލިސް ސަރވިސް އިން ޢަމަލުކުރާނެ ގޮތް ތިރީގައި ބަޔާންކޮށްފައިވާނެއެވެ.
# |
ހުއްދައަށް އެދެވޭނެ ފަރާތްތައް |
ފާސް ދުކުރާނެ ޢަދަދު |
ހުއްދައަށް އެދޭނެ ގޮތް |
1 |
މުދާ ޑެލިވަރކުރުމަށް އެދޭ ވިޔަފާރިތައް |
2 ޑެލިވެރީ 2 ސަޕޯޓް ސްޓާފް |
https://www.police.gov.mv/permit/ |
2 |
ކެފޭ، ރެސްޓޯރަންޓްފަދަ ކާބޯތަކެތީގެ ޚިދުމަތް ދޭ ވިޔަފާރިތައް |
2 ޑެލިވަރީ 4 ސަޕޯޓް ސްޓާފް |
https://www.police.gov.mv/permit/ |
3 |
ރަޖިސްޓަރީކޮށްފައިވާ ވިޔަފާރިތައް
|
1 |
ވިޔަފާރި ރެޖިސްޓްރޭޝަން ނަންބަރު، ހުއްދައަށް އެދޭ ފަރާތުގެ ފުރިހަމަ ނަން، މަޤާމު، މޯބައިލް ނަންބަރު އަދި ހުއްދަ ބޭނުންވަނީ ކިތައް ގަޑިއިރަށްކަން ބަޔާންކުރަންވާނެއެވެ. |
4 |
މީހުން ދިރިއުޅޭ ރަށްރަށާއި ރެސޯޓުތަކަށް މުދާ ފޯރުކޮށްދޭ ފަރާތްތައް |
2 |
https://www.police.gov.mv/permit/ |
ކޮންމެ ވިޔަފާރިއަކަށްވެސް ދޫކުރަން ކަނޑައަޅާފައިވާ ފާހުގެ ޢަދަދަށްވުރެ އިތުރަށް ފާސް ބޭނުންވާނަމަ، މުވައްޒަފުންގެ ތަފްޞީލު އަދި މަޢުލޫމާތު ސާފުކުރުމަށް ގުޅާނެ ފަރާތެއްގެ ތަފްޞީލު [email protected] އަށް އީމެއިލް މެދުވެރިކޮށް ފޮނުވުމަށް އެދެމެވެ. ކޮންމެ ވިޔަފާރިއަކަށްވެސް ދޫކުރަން ކަނޑައަޅާފައިވާ ފާހުގެ ޢަދަދަށްވުރެ އިތުރަށް އެދޭ ޙާލަތުތަކުގައި، އެ ވިޔަފާރިއެއްގެ މަސައްކަތްތަކަށް އިތުރަށް މުވައްޒަފުން ބޭނުންވާ މިންވަރު ދިރާސާކުރުމަށްފަހު ވަކި ގޮތެއް ކަނޑައެޅޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.