ދިވެހިރާއްޖެ
އިޢުލާން
ގ.ދ.ތިނަދޫ ގައި އިމާރާތްކުރަންމުންދާ ގޭސްޕްލާންޓް ހިމެނޭސަރަހައްދުގައި ކުންފުނިން ދޭ ކުރެހުމާއި އެއްގޮތަށް އޮފީސް / އެކޮމަޑޭޝަން ބިލްޑިންގ ( ބިލްޑިންގ ނަންބަރ 1،2،5) އެއް އިމާރާތްކޮށްދޭނޭ ފަރާތެއް ހޯދަންމަށް 26 އޭޕްރީލް 2021 ގައި ކުރެވުނު ޢިއުލާން (އިޢުލާން ނަންބަރ: MGPL-I/PD/2021/07) އެކަށީގެން ވާވަރަށް އަންދާސީހިސާބު ހުށަހަޅާފައި ނުވާތީވެ މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.
ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ބަޔާންކޮށްފައިވާ ތާވަލްއާއި އެއްގޮތްވާ ގޮތުގެމަތިން، ހާޟިރުވެ ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރުމަށް |
20 މެއި 2021 ވާ ބުރާސްފަތި ދުވަހުގެ 11:30 އަށް (އެސް.ޓީ.އޯ ޓްރޭޑްސެންޓާރ 01 ވަނަ ފަންގިފިލާ) |
އަންދާސީ ހިސާބު ހުށަހެޅުމަށް |
25 މެއި 2021 ވާ އަންގާރަ ދުވަހުގެ 11:30އަށް (އެސް.ޓީ.އޯ ޓްރޭޑްސެންޓާރ 01 ވަނަ ފަންގިފިލާ) |
ނޯޓް:
- އަގު ހުށަހެޅުއްވޭނީ މަޢުލޫމާތު ސާފުކުރަން ވަޑައިގަންނަވާ މިކަމުގެ ތަޖުރިބާހުރި ފަރާތްތަކަށް އެކަންޏެވެ.
- މަޢުލޫމާތު ފުރިހަމަނޫން ކޯޓޭޝަންތައް ބާތިލުކުރުމުގެ ފުރިހަމަ އިޙްތިޔާރު މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑް އަށް ލިބިގެންވެއެވެ. އަދި ހަމައެއާއެކު މި ޢިއުލާން ކޮންމެ ވަގުތެއްގައިވެސް ބާތިލްކުރުމުގެ އިޙްތިޔާރު މިކުންފުންޏަށް ލިބިގެންވެއެވެ.
- މި ޢިއުލާނާއި ގުޅިގެން އިތުރު މައުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 3335614 މެދުވެރިކޮށް ޕްރޮކިއުމަންޓް ޑިޕާރޓްމެންޓް އަށެވެ.
- މި އިޢުލާނާއިއެކު ޓާރމްސް އޮފް ރެފަރެންސް އެޓޭޗްކޮށްފައިވާނެއެވެ.
- މިކުންފުނިން ކޮށްފައިވާ އިޢުލާން ( ޢިއުލާން ނަންބަރ: MGPL-I/PD/2021/11 ) ޓެންޑާގައި ބައިވެރިވެލައްވާ ފަރާތްތަކުން މި ޓެންޑާގައި ބައިވެރި ނުވެވޭނެ ވަހާކަ ދަންނަވަމެވެ.
12 މެއި 2021،