މަސައްކަތް
ނަންބަރު: (IUL)405-A/2021/20
ޕަބްލިޝްކުރި ތާރީޚް: 12 މޭ 2021
ޕަބްލިޝްކުރި ގަޑި: 11:43
ސުންގަޑި: 29 މޭ 2021 13:00
ހައްދުންމަތީ ކުނަހަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސައްކަތު

އިޢުލާން

ލ.ކުނަހަންދޫގައި ކުޑަކުދިންގެ ޕާކު އެޅުން

              

           ލ.ކުނަހަންދޫގައި ކުޑަކުދިންގެ ޕާކެއް ތަރައްޤީކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެގެން ކުރި އިޢުލާން ނަމްބަރު (IUL)405-A/2021/18 26 އޭޕްރިލް 2021އާއި ގުޅިގެން މަޢުލޫމަތު ސާފުކުރުމަށް ހަމަޖެހިފައިވާ ދުވަހު އެ މަޢޫލޫމާތު ނުދެވުމާއި އެކު އެއިޢުލާން ބާތިލް ކޮށް އަލުން އިޢުލާން ކުރީމެވެ.

          ވީމާ، މިކައުންސިލުން ފޯރުކޮށްދޭ މަޢުލޫމާތާއި ނަމޫނާއާއި އެއްގޮތަށް އަމިއްލަ ތަކެތީގައި މިމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. ޕާކަށް ބޭނުންވާ ޕްލޭސެޓްތައް ފޯރުކޮށްދޭނީ ކައުންސިލުންނެވެ.

 

މަސައްކަތް ކޮށްދިނުމަށް  ޝައުގުވެރިވާ  ފަރާތްތަކުން   19 މޭ 2120 ވާ ބުދަ ދުވަހުގެ 13:00ގެ ކައުންސިލްގެ އިދާރާއަށް ވަޑައިގެން  މައުލޫމާތު ސާފުކުރުމަށްފަހު  25 މޭ 2021 ވާ އަންގާރަ ދުވަހުގެ 13:00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން  އެދެމެވެ.

މަޢުލޫމާތު ކަރުދާހެއްގެ އަގަކީ -/100 ރުފިޔާ އަށެވެ. މިކަމަށް ކުރިމަތިލެވޭނީ ޤާނޫން ނަންބަރ 2014/18 ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކާއި،ޤާނޫން ނަންބަރ 19/2014 ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރި ތަކަށެވެ.

މަޢުލޫމާތު ސާފްކުރުމަށް ޙާޒިރުނުވާ ފަރާތްތަކުން ހުށަހަޅާ އެސްޓިމޭޓްތައް ބަލައެއްނުގަނެވޭނެއެވެ. މަޢުލޫމާތު ސާފުކުރަން ވަޑައިގަންނަވާއިރު އައިޑީކާޑު ނުވަތަ އައިޑީކާޑުގެ ކޮޕީއެއް ގެންނަންވާނެއެވެ. އަދި ކުންފުނި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކޮއްފައިވާ ކަމުގެ ލިޔުމުގެ ކޮޕީއެއް ވެސް ގެންނަންވާނެއެވެ. އަދި ބަދަލްގައި މީހަކު ފޮނުވާނަމަ އެ ފޮނުވާ ފަރާތަކީ ކޮންފަރާތަކުން ހާޒިރުވި މީހެއްކަން އެގޭނެ ފަދަ ލިއުމެއް އޮންނަންވާނެއެވެ.

އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ސަރުކާރު ބަންދުނޫން ދުވަސްތަކުގެ ރަސްމީ ގަޑީގައި މި އިދާރާގެ ފޯން ނަންބަރ 9995970 އާއި ގުޅުއްވުމުން މަޢުލޫމާތު ލިބިވަޑައިގަންނަވާނެއެވެ.

             ވީމާ ޢާއްމުކޮށް އެންގުމަށްޓަކާ އިޢުލާން ކުރީމެވެ.  

12 މޭ 2021