ބީލަން
ނަންބަރު: (IUL)295-B/2021/18
ޕަބްލިޝްކުރި ތާރީޚް: 11 މޭ 2021
ޕަބްލިޝްކުރި ގަޑި: 13:12
ސުންގަޑި: 27 މޭ 2021 11:00
މިލަދުންމަޑުލު ދެކުނުބުރީ ހޮޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނ.ހޮޅުދޫ ޞިއްޙީމަރުކަޒުގެ އެކްސްޓެންޝަން ޢިމާރާތްކުރުން

     (IUL)295-B/2021/18 :ނަމްބަރ 

އިޢުލާން

 ނ.ހޮޅުދޫ ޞިއްޙީމަރުކަޒުގެ އެކްސްޓެންޝަން ޢިމާރާތް ކުރުން

        ނ.ހޮޅުދޫ ޞިއްޙީމަރުކަޒުގެ އެކްސްޓެންޝަން ޢިމާރާތް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެގެން 03 މެއި 2021 ގައި މިއިދާރާއިންކުރި ނަމްބަރ: (IUL)295-B/2021/17 އިޢުލާނާއި ގުޅިގެން އެކަށީގެންވާ ޢަދަދަކަށް ރަޖިސްޓްރޭޝަން ޝީޓް ހުށަހަޅާފައިނުވާތީ، އެއިޢުލާނު ބާޠިލުކޮށް އަލުން އެމަސައްކަތަށް އިޢުލާނު ކުރަމެވެ. ވީމާ، އަމިއްލަ ތަކެތީގައި މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ޝަރުޠުހަމަވާ ފަރާތްތަކުން 2021 މެއި 11 ވާ  އަންގާރަ ދުވަހުން ފެށިގެން 2021 މެއި 19 ވާ ބުދަ ދުވަހުގެ 13:00 ގެކުރިން ގެޒެޓް ކުރެވިފައިވާ ރަޖިސްޓްރޭޝަން ޝީޓް ފުރިހަމަ ކުރެއްވުމަށްފަހު [email protected] އަށް ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ.

        މިމަސައްކަތުގެ ޓެންޑަރ ޑޮކިއުމަންޓް ސޮފްޓް ކޮޕީ، ރަޖިސްޓްރީ ކުރުމަށް ހުށަހަޅާ ފަރާތްތަކަށް އީމެއިލް ކުރެވޭނެއެވެ. އަދި 2021 މެއި 27 ވާ ބުރާސްފަތި ދުވަހުގެ 11:00 ގެކުރިން ބީލަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ. ބީލަން ހުށަހަޅުއްވާނީ ނ.ހޮޅުދޫ ކައުންސިލްގެ އިދާރާއަށެވެ. މިކަމަށްއެދި ހުށަހަޅުއްވާ ބީލަން ހުޅުވަން ހަމަޖެހިފައިވަނީ ބީލަން ހުށަހަޅުއްވާ ފަރާތްތަކުގެ ޙާޟިރުގައި 2021 މެއި 27 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މިއިދާރާގައެވެ.

        އަދި ދަންނަވަމެވެ. މިމަސައްކަތް ކުރުމަށްއެދި ބީލަން ހުށަހެޅުއްވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ނަމްބަރ 18/2014) ގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ. ރަޖިސްޓްރޭޝަން ޝީޓް މެއިލް ކުރައްވާއިރު ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކުން ރަޖިސްޓްރީގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ. އަދި ބީލަން ހުށަހަޅާއިރު އެން.ސީ.އާރގައި ރަޖިސްޓްރީ ކޮށްފައިވާކަން އެނގޭނެ ލިޔުން ހުށަހަޅަންވާނެއެވެ. ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ނުކުރާ ފަރާތްތަކާއި، ގަޑިޖެހުމުގެ ފަހުން ހުށަހަޅާ ބީލަންތައް ބަލައި ނުގަނެވޭނެ ކަމުގައި ދަންނަވަމެވެ. ބީލަން ހުށަހަޅުއްވަންވާނީ އެކަމަށް ތައްޔާރު ކުރެވިފައިވާ ފޯމުގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދު ކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

        މިއިޢުލާނާއި ގުޅިގެން އެއްވެސް މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ، 2021 މެއި 25 ވާ އަންގާރަ ދުވަހުގެ 11:00 ގެނިޔަލަށް މިއިދާރާގެ [email protected] އަށް ނުވަތަ [email protected] އަށް  މެއިލް ކުރައްވައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ދަންނަވަމެވެ.

11 މެއި 2021

11 މޭ 2021