މަސައްކަތް
ނަންބަރު: (IUL)263/263/2021/25
ޕަބްލިޝްކުރި ތާރީޚް: 10 މޭ 2021
ޕަބްލިޝްކުރި ގަޑި: 13:27
ސުންގަޑި: 25 މޭ 2021 10:00
ތިލަދުންމަތީ ދެކުނުބުރީ ނެއްލައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ

ހދ.ނެއްލައިދޫ ރިސޯސް ރިކަވަރީ ސެންޓަރ ( ކުނިމެނޭޖުކުރާ މަރުކަޒު) ޤާއިމްކޮށްދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

 

 

ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތައް 11 މެއި 2021 ވާ އަންގާރަ ދުވަހުން ފެށިގެން 17 މެއި 2021 ވާ ހޯމަ ދުވަހުގެ ނިޔަލަށް، ހެނދުނު 09:00 އިން 12:00 އަށް މި ކައުންސިލަށް ވަޑައިގެން ރެޖިސްޓަރ ކުރެއްވުން ނުވަތަ ބިޑް ރަޖިސްޓްރޭޝަން ފޯމް ލިންކް https://forms.gle/p5bcK2BJ2i7Ldv6s9 މެދުވެރިކޮށް ރަޖިސްޓަރ ކުރެއްވުން އެދެމެވެ. މިއިއުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް ރެޖިސްޓަރވުމަށްފަހު ލިބިވަޑައިގަންނަވާނެއެވެ. އަދި 18 މެއި 2021 ވާ އަންގާރަ ދުވަހު ހެނދުނު 10:00 ގައި ޕްރީބިޑް ސެޝަންއެއް މި ކައުންސިލް އިދާރާގައި އޮންނާނެއެވެ.

 

          އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ، 25 މެއި 2021 ވާ އަންގާރަ ދުވަހު ހެނދުނު 10:00 ގައި ނެއްލައިދޫ ކައުންސިލް އިދާރާގައެވެ.

 

    މި އިއުލާނާއި ގުޅިގެން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 18 މެއި 2021 ވާ އަންގާރަ ދުވަހު ހެނދުނު 10:00 ގެ ކުރިން  [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރަޖިސްޓަރނުކުރާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.

 

                  ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި ޢިއުލާން ކުރީމެވެ.

10 މޭ 2021