މަސައްކަތް
ނަންބަރު: (IUL)BAH-AHR/BAH/2021/22
ޕަބްލިޝްކުރި ތާރީޚް: 06 މޭ 2021
ޕަބްލިޝްކުރި ގަޑި: 16:41
ސުންގަޑި: 19 މޭ 2021 11:00
ބ.އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ލެބޯޓްރީ ސާމްޕަލްތައް ހިފައިގެން ދަތުރު ކޮށްދޭނެ ފަރާތެއް ހޯދުން

ލެބޯޓްރީ ސާމްޕަލްތައް ހިފައިގެން ދަތުރު ކޮށްދޭނެ ފަރާތެއް ހޯދުމާއިބެހޭ.

ތިރީގައިވާ ބަޔާންކޮށްފައިވާ ބ. އަތޮޅުގެ ޞިއްޙީ މަރުކަޒުތަކުން ލެބޯރަޓްރީ ސާމްޕަލް ނަގައިގެން ބަޔާންކޮށްފައިވާ ބ. އަތޮޅުގެ ޞިއްޙީ ޙިދުމަތްދޭ ލެބޯޓްރީތަކަށް ލެބޯޓްރީ ސާމްޕަލް ގެންގޮސް ހަވާލުކޮށްދޭނެ ފަރާތެއް ކޮންޓްރެކްޓް އުޞޫލުން 1 އަހަރު ދުވަހުގެ މުއްދަތަށް ހޯދަން ބޭނުން ވެއްޖެއެވެ.

 

ސާންޕަލް ހުރި ރަށް

ސާންޕަލް ގެންގޮސް ހަވާލުކުރަންޖެހޭ ތަން

ބ. ފުޅަދޫ ޞިއްޙީމަރުކަޒު

ބ.ގޮއިދޫ ޞިއްޙީމަރުކަޒު

ބ. ފެހެންދޫ ޞިއްޙީމަރުކަޒު

 

ވީމާ، މި މަސައްކަތް ކޮއްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 12 މޭ 2021 ވާ ބުދަ ދުވަހު 11:00 އަށް ބ. އަތޮޅު ހޮސްޕިޓަލް، ފުޅަދޫ، ފެހެންދޫ، ގޮއިދޫ ޞިއްޙީމަރުކަޒަށްދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 19 މޭ 2021 ވާ ބުދަ ދުވަހު 11:00 އަށް ބ. އަތޮޅު ހޮސްޕިޓަލް، ފުޅަދޫ، ފެހެންދޫ، ގޮއިދޫ ޞިއްޙީމަރުކަޒަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން ބަޔާންކުރައްވައި ސިޓީ ހުށަހަޅުއްވަން ވާނެއެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބު ބާޠިލްކުރެވޭނެ ވާހަކަ ދެންނެވީމެވެ.

06 މޭ 2021