ދިވެހިރާއްޖެ
އިޢުލާން
06 މެއި 2021 އިން 12 މެއި 2021ގެ ނިޔަލަށް މުދާ ވިއްކާ ތަންތަން ހުޅުވާފައި ބެހެއްޓޭނެ ގަޑި
ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާފައިވާ ޚާއްޞަ ފިޔަވަޅުތަކަށް ބަދަލު ގެނައުމާގުޅިގެން، 06 މެއި 2021 އިން ފެށިގެން 12 މެއި 2021 ގެ ނިޔަލަށް މުދާ ވިއްކާ ތަންތަނުން ޢަމަލުކުރަންވީ ގޮތް ތިރީގައި ބަޔާންކުރެވިފައިއެވަނީއެވެ.
1- 06 މެއި 2021 އިން ފެށިގެން 12 މެއި 2021 ގެ ނިޔަލަށް މުދާ ވިއްކާ ތަންތަން ޢާންމުންނަށް ހުޅުވާލައިގެން ޚިދުމަތް ދެވޭނީ، ހެނދުނު 8:00 އިން ރޭގަނޑު 9:00 އާ ދެމެދު އެވެ.
2- 06 މެއި 2021 އިން ފެށިގެން 12 މެއި 2021 ގެ ނިޔަލަށް މުދާ ވިއްކާ ތަންތަނުން، ރޭގަނޑު 9:00 އިން މެންދަމު 12:00 އަށް، މޯލްޑިވްސް ޕޮލިސް ސަރވިސް ގެ ހުއްދައާއެކު ޑެލިވަރީގެ ޚިދުމަތް ދެވިދާނެއެވެ.
މުދާ ވިއްކާ ތަންތަނުން ހެލްތް ޕްރޮޓެކްޝަން އެޖެންސީން ކަނޑައަޅާ އުޞޫލުތަކާ އެއްގޮތަށް ޢަމަލުކުރަން ވާނެއެވެ.
ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.