ދިވެހިރާއްޖެ
އިޢުލާން
06 މެއި 2021 އިން 12 މެއި 2021 ގެ ނިޔަލަށް ކެއިން ބުއިމުގެ ޚިދުމަތްދޭ ތަންތަން ހުޅުވާފައި ބެހެއްޓޭނެ ގަޑި
ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާފައިވާ ޚާއްޞަ ފިޔަވަޅުތަކަށް ބަދަލު ގެނައުމާގުޅިގެން، 06 މެއި 2021 އިން ފެށިގެން 12 މެއި 2021 ގެ ނިޔަލަށް ސައިހޮޓާ، ކެންޓީން، ކެފޭ، ރެސްޓޯރަންޓް ފަދަ ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުން ޢަމަލުކުރަންވީ ގޮތް ތިރީގައި ބަޔާންކުރެވިފައިއެވަނީއެވެ.
1- 06 މެއި 2021 އިން ފެށިގެން 12 މެއި 2021 ގެ ނިޔަލަށް އާންމުންނަށް ކެއިން ބުއިމުގެ ޚިދުމަތް ދިނުމަށް ހުޅުވާފައި ބެހެއްޓޭނެ ގަޑިއަކީ ހަވީރު 5:30 އިން ރޭގަނޑު 9:00 އާ ދެމެދު އެވެ.
2- 06 މެއި 2021 އިން ފެށިގެން 12 މެއި 2021 ގެ ނިޔަލަށް ސައިހޮޓާ، ކެންޓީން، ކެފޭ، ރެސްޓޯރަންޓް ފަދަ ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުން، ރޭގަނޑު 9:00 އިން މެންދަމު 3:00 އަށް، މޯލްޑިވްސް ޕޮލިސް ސަރވިސް ގެ ހުއްދައާއެކު ޑެލިވަރީގެ ޚިދުމަތް ދެވިދާނެއެވެ.
ސައިހޮޓާ، ކެންޓީން، ކެފޭ، ރެސްޓޯރަންޓް ފަދަ ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުން، ހެލްތް ޕްރޮޓެކްޝަން އެޖެންސީން ކަނޑައަޅާ އުޞޫލުތަކާ އެއްގޮތަށް ޢަމަލުކުރައްވަން ވާނެއެވެ.
ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.