މަސައްކަތް
ނަންބަރު: N13-HC/IUL/2021/09
ޕަބްލިޝްކުރި ތާރީޚް: 06 މޭ 2021
ޕަބްލިޝްކުރި ގަޑި: 11:05
ސުންގަޑި: 17 މޭ 2021 11:30
އޮމަދޫ ޞިއްޙީ މަރުކަޒު، ތ. އޮމަދޫ
ދިވެހިރާއްޖެ
މޯބައިލް ލޭބޯޓްރީ ހިދުމަތް ދިނުމަށް ތ.އަތޮޅު ހޮސްޕިޓަލަށް ލެބޯޓްރީ ސާމްޕަލް ގެންދިއުމާއި އަނބުރާ ގެނައުމަށް

Omadhoo Health Centre

Tha. Omadhoo, Rep.of Maldives

 އޮމަދޫ ޞިއްޙީމަރުކަޒު

ތ. އޮމަދޫ، ދިވެހިރާއްޖެ

­­­­­­_____________________________________________________________________________________

 

   ނަންބަރު:  N13-HC/IUL/2021/09

އަންދާސީ ހިސާބު ހުށަހެޅުމުގެ ދަޢުވަތު

 

 

             ތ. އޮމަދޫ ސިއްޙީ މަރުކަޒުން ތ.އަތޮޅު ހޮސްޕިޓަލަށް ލެބޯޓަރީ ސާމްޕަލް ގެންދިއުމާއި އަނބުރާ ގެނައުމުގެ ޚިދުމަތް 1 އަހަރު ދުވަހަށް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ފުރުސަތު ހުޅުވާލެވިފައިވާ ވާހަކަ ދަންނަވަމެވެ.

މަސައްކަތުގެ ތަފްސީލު

ތ. އޮމަދޫ ސިއްޙީ މަރުކަޒުން ތ.އަތޮޅު ހޮސްޕިޓަލަށް ލެބޯޓަރީ ސާމްޕަލް ގެންދިއުމާއި އަނބުރާ ގެނައުމުގެ ޚިދުމަތް 1 އަހަރު ދުވަހަށް ކުރުން.

 

މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުން

މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 17 މެއި 2021 ވާ ހޯމަ ދުވަހު 11:30 އަށް ތ. އޮމަދޫ ޞިއްޙީމަރުކަޒަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

އަންދާސީ ހިސާބު ހުށަހެޅުމުގެ ބައްދަލުވުން

މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 23 މެއި 2021 ވާ އާދިއްތަ ދުވަހުގެ 11:30 އަށް ތ. އޮމަދޫ ޞިއްޙީމަރުކަޒަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުންވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބު ބާތިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

­­­­­­­­­­­­­­­­_____________________________________________________________________________

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް:

  • ފޯން: 6780626

                       24 ރަމަޟާން 1442

                          06 މެއި 2021

 

                                                                                                އަބްދުﷲ ޝާއިރު

                                                                                      ސީނިއަރ އެޑްމިނިސްޓްރޭޓަރ، ހެލްތް ސާރވިސަސް

                                                        

06 މޭ 2021