ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)435-A1/2021/07
ޕަބްލިޝްކުރި ތާރީޚް: 05 މޭ 2021
ޕަބްލިޝްކުރި ގަޑި: 12:56
ސުންގަޑި: 17 މޭ 2021 11:30
ޑްރަގް ކޯޓު
ދިވެހިރާއްޖެ
ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

މި އިޢުލާންވަނީ 06 މޭ 2021 14:51 ގައި ބާތިލް ކުރެވިފައެވެ.


 

`

 

ޑްރަގް ކޯޓު

މާލެ، ދިވެހިރާއްޖެ

 

ވަޒީފާގެ ފުރުޞަތު

ނަންބަރު: IUL)435-A1/2021/7)

ތާރީޚް: 05 މެއި 2021


މަޤާމު

ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

ޢަދަދު

1

ރޭންކް: އެމް.އެސް 1

މަސައްކަތްކުރަންޖެހޭ ތަން

ޑްރަގް ކޯޓު / ކ.މާލެ

ކްލެސިފިކޭޝަން: ސީނިއަރ އޮފިސަރ ގްރޭޑް 1

ސެކްޝަން

ޖެނެރަލް އެޑްމިނިސްޓްރޭޝަން އެންޑް އެޗް.އާރު ޔުނިޓް

އަސާސީ މުސާރަ:

5,610/- ރުފިޔާ

އެލަވަންސް:

- ސަރވިސް އެލަވަންސް: -/2000 ރުފިޔާ

- ލިވިންގ އެލަވަންސް: -/2700 ރުފިޔާ

- ޖުޑީޝަލް އެލަވަންސް: މުސާރައިގެ %40

- ކަނޑައެޅިފައިވާ އުޞޫލުން އިތުރު ގަޑީގެ ފައިސާ.

- ދިވެހިރާއްޖެގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ފެންޝަން ފައިސާ

އަސާސީ ޝަރުޠު

  1. މަގާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން. 

 

އެހެނިހެން ޝަރުޠު

  1. ވަޒީފާއަށް އެދި ހުށަހަޅާއިރު، މީލާދީގޮތުން އުމުރުން 18 އަހަރު ފުރިފައިވާ މީހަކު ކަމުގައިވުން އަދި، ވަޒީފާއިން މުސްކުޅިކުރުމުގެ އިޚްތިޔާރު ލިބޭ އުމުރު ކަމަށްވާ 55 އަހަރަށްވުރެ ދޮށީ މީހަކު ކަމުގައި ނުވުން.
  2. ޝަރުޢީދާއިރާގެ މުވައްޒަފުންގެ ޤަވާޢިދު 2011ގެ 70 ވަނަ މާއްދާގެ (ހ)ގެ 6 އަދި 7 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދަ ޢާއިލީ ގާތްކަމެއް ޑްރަގް ކޯޓުގެ މުވައްޒަފަކާ ހުރި ފަރާތެއްކަމުގައި ނުވުން.

މަޤާމުގެ މަސްއޫލިއްޔަތުތައް

  1. ކަސްޓަމަރުންނަށްދެވޭ ޚިދްމަތުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި ޚިދްމަތުގެ މިންގަނޑުތަކެއް ކަނޑައަޅައި، އެމިންގަޑުގައި ޚިދުމަތުގެ ފެންވަރު ހިފެހެއްޓުން.
  2. ކޯޓަށް ލިބޭ އެންމެހާ ލިޔެކިޔުން ބަލައިގަނެ ރައްދުކުރަންޖެހޭ ސެކްޝަންތަކަށް ރައްދުކުރުމާއި، ސެކްޝަނުން ބޭރަށް ފޮނުވަންޖެހޭ އެންމެހާތަކެތި ފޮނުވަންޖެހޭ ވަގުތުގެ ތެރޭ ރައްދުކުރެވޭކަން ކަށަވަރުކުރުން.
  3. މުވައްޒަފުންގެ ޙާޟިރީއާއި އިތުރުގަޑީގެ ޙާޟިރީ ބެލެހެއްޓުމުގެ ކަންތައްތައް ހިންގާ ބެލެހެއްޓުން.
  4. އޮފީސް ހުޅުވާ ލެއްޕުމުގެ އިންތިޒާމް ބެލެހެއްޓުން
  5. ޖަލްސާ/ކޮމިޓީ/ބައްދަލުވުންތައް އިންތިޒާމް ކުރުމުގެ ގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން.
  6. ކޯޓުގެ އިމާރާތާއި ތަކެއްޗާއި ގޯތިތެރި ސާފްކޮށް ބެލެހެއްޓުމުގެ އިންތިޒާމް ހަމަޖެއްސުން.
  7. ކޯޓުގެ މުވައްޒަފުންނަށް އަންގަންޖެހޭ ޤާނޫނުތަކާއި ޤަވާޢިދުތައް މުވައްޒަފުންނަށް އަންގައި އޮޅުންފިލުވައިދިނުން.
  8. ކޯޓަށް ބޭނުންވާ ތަކެތި ހޯދުމާއި އެތަކެތި ދޫ ކުރުމުގެ އިންތިޒާމް ހަމަޖެއްސުމާއި، މިކަންކަން މާލިއްޔާތު ޤާނޫނާއި ޤަވާޢިދާ އެއްގޮތަށް ހިންގާ ބެލެހެއްޓުން.
  9. ކޯޓުގެ މުވައްޒަފުން ރާއްޖެއިންނާއި ރާއްޖެއިން ބޭރުން ހޯދަންޖެހޭ ތަމްރީންތަކަކީ ކޮބައިތޯބަލައި އެފަދަ ތަމްރީންތައް ހޯދުމަށްޓަކައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުމާއި އަޅަންޖެހޭ ފިޔަވަޅުތައް ސެކްޝަން ހެޑްގެ ލަފާގެ މަތިން އެޅުން.
  10. މުވައްޒަފުން ތަމްރީން ކުރުމާއިބެހޭ އެންމެހައި ކަންތައްތައް ބެލެހެއްޓުމާއި އިސްލާހީ ފިޔަވަޅު އަޅަންޖެހޭ މުވައްޒަފުންގެ ކަންތައްތައް ސެކްޝަން ހެޑްގެ މަޝްވަރާއާއެކު އެޅުމާއި އެކަމާއިބެހޭ ލިޔުންތައްލިޔެ ރެކޯޑްސް ބެލެހެއްޓުން.
  11. ކޯޓުގެ މުވައްޒަފުން އިޞްލާޙުކުރުމަށް އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުމާއި އެކަންކަމުގެ ރެކޯޑުތައް ބެލެހެއްޓުން.
  12. ކޯޓުގެ މުވައްޒަފުންގެ ވަޒީފާއާގުޅޭ ކަންކަމުގައި ހުށަހެޅޭ ޝަކުވާތައް ބަލައި އަޅަންޖެހޭ ފިޔަވަޅުތައް ސެކްޝަންހެޑް އަންގާގޮތެއްގެ މަތިން އެޅުން.
  13. މުވައްޒަފުން އިތުރުކުރުމާއި ވަކިކުރުމާއި ބަދަލުކުރުމާއި ބެހޭ އެންމެހައި ކަންތައްތައް ޗީފް އެޑްމިނިސްޓްރޭޓަރގެ މަޝްވަރާގެ މަތިން ހިންގައި ބެލެހެއްޓުން.
  14. އަހަރީ ރިޕޯޓަށް ބޭނުންވާ މަޢުލޫމާތު ސެކްޝަންތަކުން ހޯދާ އަހަރު ރިޕޯޓް ސެކްޝަނުގެ ވެރިޔާގެ ލަފާގެ މަތިން އެކުލަވާލާ ކަނޑައެޅިފައިވާ ދުވަހަށް ނިންމުން.
  15. ކޯޓުގެ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރުބެލުމުގެ ކަންކަން ސެކްޝަންތަކާއި ގުޅިގެން ހިންގައި ބެލެހެއްޓުމާއި އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
  16. މުވައްޒަފުންގެ ރިޓަޔަމަންޓްގެ މަސައްކަތް ޝަރުޢީ ދާއިރާގެ މުވައްޒަފުންނާއިބެހޭ ޤަވާޢިދުތަކާ އެއްގޮތަށް ކުރުން.
  17. ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް ކޮމިޓީގެ މަސައްކަތް ކުރުން.

ތަޢުލީމީ ރޮނގު

ބިޒްނަސް/ އެޑްމިނިސްޓްރޭޝަން/ އެޗް.އާރު/ މެނޭޖްމަންޓް

ގުޅޭ ވަޒީފާގެ ދާއިރާތައް

  1. ބިޒްނަސް މެނޭޖްމަންޓް / ބިޒްނަސް އެޑްމިނިސްޓްރޭޝަން
  2. ހިއުމަން ރިސޯސް މެނޭޖްމަންޓް

ހުށަހަޅަންޖެހޭ ތަކެތި

 

 

1- ޝަރުޢީ ދާއިރާގެ ވަޒީފާއަށްއެދޭ ފޯމު.

2- ވަޒީފާއަށްއެދޭ ފަރާތުގެ ވަނަވަރު.

3- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

4- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

5- ކުރުމުއްދަތުގެ ޓްރެއިނިންގ ޕްރޮގްރާމްތަކާއި، ކޯސްތައް ފުރިހަމަކުރިކަމުގެ ލިޔުންތަކުގެ ކޮޕީ

6- މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައަޅާފައިވާ ފެންވަރުގެ ކޯހެއް ރާއްޖެއިން ބޭރުގެ ތަޢުލީމުދޭ މަރުކަޒަކުން ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއް ނަމަ، ކޯސް ފުރިހަމަ ކުރެއްވި ކަމުގެ ރަސްމީ ލިޔުމާއެކު، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ކޯޓުގެ ލެވެލް ބަޔާންކޮށް ދޫކޮށްފައިވާ ކޮލޮފިކޭޝަން އެސެސްމަންޓް ރިޕޯޓް ހުށަހެޅުމާއި، އަދި ސެޓްފިޖެޓް ލިބިފައިވާ ފަރާތްތަކުން ސެޓްފިކެޓް އެކްރިޑޭޓްކޮށް ހުށަހެޅުން. (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

7- މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައަޅާފައިވާ ފެންވަރުގެ ކޯހެއް ރާއްޖޭގައި ތަޢުލީމުދޭ މަރުކަޒަކުން ފިރުހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއް ނަމަ، ކޯސް ފުރިހަމަ ކުރެއްވި ކަމުގެ ރަސްމީ ލިޔުން ހުށަހެޅުމަށާއި، އަދި ފުރިހަމަކޮށްފައިވާ ކޯހަކީ ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީއަކާ ގުޅިގެން ރާއްޖޭގައި ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށް ގެންގޮސްފައިވާ ކޯހެއް ނަމަ އެކަން އެނގޭނެ ރަސްމީ ލިޔުމާއެކު ސެޓްފިކެޓް ހުށަހެޅުން. (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

8- އަދާކޮށްފައިވާ އަދި އަދާކުރަމުންދާ ވަޒީފާތަކާއި، އެ މަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކް، މަޤާމުގައިވީ މުއްދަތު އަދި މަސްޢޫލިއްޔަތު އިނގޭނެ ލިޔުންތަކުގެ ކޮޕީ. (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

ސުންގަޑި

17 މެއި 2021 ވާ އަންގާރަ ދުވަހުގެ 11:30ގެ ކުރިން ޑްރަގް ކޯޓަށް ހުށަހެޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު

 

 

-          މި މަޤާމަށް އެދިލައްވާ ފަރާތްތަކުން ފުރުއްވަންޖެހޭ ވަޒީފާއަށް އެދޭ ފޯމު މިކޯޓުގެ ކައުންޓަރުންނާއި، ވެބްސައިޓްwww.drugcourt.gov.mv  އިން ލިބެން ހުންނާނެއެވެ.

- މަޢުލޫމާތު ސާފުކުރުމަށް ގުޅޭނެ ނަންބަރު:3018556

- އެޕްލިކޭޝަން ހުށަހަޅަންވީ އެޑްރެސް: ޑްރަގް ކޯޓު، ޢިއްޒުއްދީން މަގު.

- އެޕްލިކޭޝަން އީމެއިލް ކުރަންވީ އެޑްރެސް:  [email protected]

- ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައްކަމަށް މި އިޢުލާނުގައި ބަޔާންކުރެވިފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމުތައް ބާޠިލް ކުރެވޭނެ ވާހަކަ ދަންނަވަމެވެ.

- އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެނައުމަށް ދަންނަވަމެވެ.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައް

ކޮންޕިޓަންސީ ދާއިރާ

މާކްސް ކަނޑައެޅިފައިވާ އިންސައްތަ (%)

ތަޢުލީމް

30%

ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީން

5%

މަސައްކަތުގެ ތަޖްރިބާ

15%

ޕްރެކްޓިކަލް ޓެސްޓް

20%

ޕްރެޒެންޓޭޝަން އަދި އިންޓަވިއު

30%

 

މަޤާމަށް މީހުން ހޮވުމުގައި އިސްކަން ދެވޭނެ ކަންތައްތައް

- ގިނަވަގުތު މަސައްކަތުގައި ހޭދަކުރެވޭނެ ފަދަ ސިއްޙީ ހާލަތެއްގައި ހުރި ފަރާތަކަށްވުން.

- އިނގިރޭއްސި ބަހާއި ދިވެހި ބަހުން ފަރިތަކަމާއެކު މުޢާމަލާތުކުރަން އެނގޭ ފަރާތަކަށްވުން.

- ލީޑަރޝިޕްގެ ހުނަރު  ދައްކުވައިދީފައިވާ، އަދި ތަފާތު މިޒާޖުތަކުގެ މީހުން ގޮވައިގެން ޓީމު ލީޑަރެއްގެ ގޮތުގައި މަސައްކަތްކޮށް ނަތީޖާ ނެރެފައިވާ ފަރާތަކަށްވުން.

- މަސައްކަތްތައް  ރާވައި އިސްކަންދޭ ތަރުތީބުން އިންތިޒާމްކުރުމުގެ ހުނަރު ލިބިފައިވުން.

- މައިކްރޮސޮފްޓް އޮފީސް ޕެކޭޖް މަތީ ފެންވަރެއްގައި ބޭނުންކުރަން އެނގުން.

- SAP ބޭނުންކުރަން އެނގުން ނުވަތަ އަވަހަށް ދަސްކުރެވޭނޭ މީހަކަށްވުން.

- ޝަރުއީދާއިރާގެ މުވައްޒަފުންގެ ޤަވާޢިދާއި، ވަޒީފާއާއިބެހޭ ޤާނޫނާއި، ދައުލަތުގެ މާލިއްޔަތު ޤާނޫނާއި އަދި އެނޫންވެސް އެހެނިހެން ޤާނޫނުތަކާއި ގަވާޢިދުތަކަށް އަހުލުވެރިވެފައިވާ ފަރާތަކަށްވުން.

- އެހެން އިދާރާއެއްގައި މަސައްކަތްކުރާ ނުވަތަ މަސައްކަތްކޮށްފައިވާ ފަރާތެއްނަމަ ކޮށްފައިވާ މަސައްކަތުގެ ފެންވަރާއި، ހާޒިރީއާއި، މަސައްކަތުގެ އަޚްލާޤަށް ބެލޭނެއެވެ.

 

 

05 މޭ 2021