ދިވެހިރާއްޖެ
ނަންބަރު:(IUL)421/421/2021/11
އިޢުލާން |
ކައުންސިލްގެ އިދާރާއަށް ބޭނުންވާ ތަކެތި ގަތުން
ގދ.ވާދޫ ކައުންސިލްގެ އިދާރާއަށް ބޭނުންވާ ބައެއް ފަރުނީޗަރު ގަތުމަށްކުރި މިއިދާރާގެ ނަންބަރ: (IUL)421/421/2021/09 (19 އޭޕްރީލް 2021 ) އިއުލާނާ ގުޅިގެން ހުށަހަޅާފައިވާ އަންދާސީ ހިސާބުގެ އަގު ބޮޑުކަމަށް ފެންނާތީ އެއިއުލާން ބާޠިލުކޮށް އަލުން އިޢުލާން ކުރަމެވެ.
ޢަދަދު |
ބާވަތް |
04 |
އޮފީސް މޭޒު "48×"27 ގެ |
06 |
ހައިބެކް ޗެއަރ |
04 |
ސެޓް އޮފީސް ޕާޓިޝަން |
ވީމާ،މިދެންނެވި ތަކެތި ސަޕްލައިކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން މިހިނގާ މެއި މަހުގެ 05 ވަނަ ދުވަހުންފެށިގެން 12 ވަނަދުވަހާއި ދެމެދު ބީލަމުގައި ރަޖިސްޓްރީ ވުމަށް ދަންނަވަމެވެ.ބީލަމުގައި ރަޖިސްޓްރީވުމަށްޓަކައި ސަރުކާރު ބަންދުނޫން ދުވަސް ތަކުގައި މިއިދާރާގެ ފޯނުނަންބަރު 6840005 އާއި ގުޅުއްވައިގެން ނުވަތަ [email protected] އަށް އީމެއިލް ކުރައްވައިގެން ރަޖިސްޓްރީ ކުރެވޭނެއެވެ.އެގޮތުން ރަޖިސްޓްރީވާ ފަރާތްތަކަށް މަޢުލޫމާތު ކަރުދާސް އީމެއިލް ކުރެވޭނެއެވެ. މިކަމަށް ކުރިމަތިލެވޭނީ ޤާނޫން ނަންބަރ 2014/18 ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކާއި،ޤާނޫން ނަންބަރ 2014/19 ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރި ތަކަށެވެ.
ތަފްޞީލް |
ތާރީޚް |
ދުވަސް |
ގަޑި |
އަންދާސީ ހިސާބު ހުށަހެޅުން |
16 މެއި 2021 |
އާދީއްތަ |
13:00 |
އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ސަރުކާރު ބަންދުނޫން ދުވަސްތަކުގެ ރަސްމީ ގަޑީގައި މި އިދާރާގެ ފޯން ނަންބަރ 6840005 އާއި ގުޅުއްވުމުން މަޢުލޫމާތު ލިބިވަޑައިގަންނަވާނެއެވެ.
23 ރަމަޟާން 1442
05 މެއި 2021
މުޙައްމަދު އިބްރާހިމް
އެސިސްޓެންޓް ޑިރެކްޓަރ