ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)E-10/RHC/2021/02
ޕަބްލިޝްކުރި ތާރީޚް: 04 މޭ 2021
ޕަބްލިޝްކުރި ގަޑި: 12:26
ސުންގަޑި: 17 މޭ 2021 10:00
މާޅޮސްމަޑުލު އުތުރުބުރީ ރަސްމާދޫ ޞިއްޙީމަރުކަޒު
ދިވެހިރާއްޖެ
ރ.ރަސްމާދޫ ޞިއްޙީ މަރުކަޒުން ލެބޯޓަރީ ޓެސްޓް ތައް ހެދުމަށް ބޭނުންވާ ސާމްޕަލް ތައް ރ.އިންނަމާދޫ ޞިއްޙީމަރުކަޒަށް އުފުލުމުގެ ދަތުރު ކޮށްދޭނެ ފަރާތެއް ހޯދުމަށް

               ރ.ރަސްމާދޫ ޞިއްޙީ މަރުކަޒުން ލެބޯޓަރީ ޓެސްޓްތައް ހެދުމަށް ބޭނުންވާ ސާމްޕަލްތައް ރ.އިންނަމާދޫ ޞިއްޙީމަރުކަޒަށް އުފުލުމުގެ ދަތުރުކޮށްދޭނެ ފަރާތެއް ކޮންޓްރެކްޓް އުޞޫލުން 1 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް ހޯއްދަން ބޭނުންވެއްޖެއެވެ.

               ވީމާ، މިދެންނެވި މަސައްކަތް ކޮށްދެއްވަން ޝައުގުވެރިވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ތާރީޙްތަކުގައި އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް މީޓިން ރޫމަށް ، ރ.ރަސްމާދޫ ޞިއްޙީމަރުކަޒަށް ނުވަތަ ރ.އިންނަމާދޫ ޞިއްޙީމަރުކަޒަށް ވަޑައިގެން ނަންނޯޓް ކުރުމާއި މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.

ނަން ނޯޓް ކުރެއްވުން

05 މޭ 2021 ވާ ބުދަ ދުވަހުންފެށިގެން 09 މޭ 2021 ވާ އާދިއްތަ ދުވަހުގެ ނިޔަލަށް ހެނދުނު 9:00 އިން 13:00 އާއި ދޭތެރޭ ރަސްމީ ދުވަސްތަކުގައި

މަޢުލޫމާތު ދިނުން

10 މޭ 2021 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00

އަންދާސީ ހިސާބު ހުށައެޅުން

17 މޭ 2021 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00

 

               މިޢިއުލާނާ ގުޅޭ މަޢުލޫމާތު އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައިވާނެއެވެ. އަދި ނަންނޯޓް ކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 6580393 އަށް ގުޅުއްވުން އެދެމެވެ.

04 މޭ 2021

22 ރަމަޞާން 1442

04 މޭ 2021