ނީލަން
ނަންބަރު: (IUL)232-AG/232/2014/12
ޕަބްލިޝްކުރި ތާރީޚް: 26 މޭ 2014
ޕަބްލިޝްކުރި ގަޑި: 14:52
މާލެއަތޮޅު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ލޯންޗް '' ރަންފަރު '' ސިޓީލާ ނީލަމުގައި ވިއްކާލުމަށް
މިކައުންސިލް އިދާރާގެ ލޯންޗް ''ރަންފަރު '' ސިޓީލާ ނީލަމުގައި ވިއްކާލުމަށް ކުރެވުނު ނަންބަރު (IUL)232-AG/232/2013/19 (13 އޯގަސްޓް 2013) އިޢުލާނަށް އެއްވެސް ފަރާތަކުން އަގު ހުށަހަޅުއްވާފައި ނުވާތީ އެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާން ކުރުމަށް ހަމަޖެހިފައިވާތީ، އެ ލޯންޗާބެހޭ މަޢުލޫމާތު ތިރީގައި އެ ވަނީއެވެ.
ލޯންޗާބެހޭ މަޢުލޫމާތު
- ލޯންޗްގެ ވެރިފަރާތް: މާލެއަތޮޅު ކައުންސިލްގެ އިދާރާ
- ލޯންޗްގެ ރަޖިސްޓަރީ ނަންބަރ: G4502A-02-04-H
- ލޯންޗްގެ ދިގުމިން: 10.970 މީޓަރ
- ފުޅާމިން: 2.990 މީޓަރ
- ޖާގައިގެ ޢަދަދު: 18 މީހުން
- އިންވެންޓްރީ ނަންބަރ: 232-2012-05-01-01
- ރަޖިސްޓަރީ ކުރި ތާރީޚު: 09 އޮކްޓޫބަރ 2001
- ފެށޭއަގު: 300,000.00 ރުފިޔާ (ތިންލައްކަ ރުފިޔާ)
- ފެށޭ ތާރީޚު: 2014 ޖޫން 01 ވަނަ ދުވަހުން ފެށިގެން
- އިތުރު ކުރެވޭނީ މަދުވެގެން 10،000.00 ރުފިޔާ (ދިހަހާސް ރުފިޔާ)
މުއްދަތު ޖެހިޖެހިގެން 3 ދުވަހު އެއްއަގެއް އޮވެއްޖެނަމަ އެ އަގެއް ހުށަހެޅި ފަރާތަކަށް ނީލަން ނިންމާލެވޭނެއެވެ. ނީލަމުގެ އެންމެފަހުގެ އަގު މިއިދާރާގެ ނޯޓިސްބޯޑުގައި ކޮންމެ ދުވަހެއްގެ 14:30 ގެ ފަހުން ފެންނަން ހުންނާނެއެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް 6644234 ނަންބަރަށް ގުޅުއްވުން އެދެމެވެ.
27 ރަޖަބު 1435
26 މޭ 2014