މަސައްކަތް
ނަންބަރު: E18-SM/IUL/2021/05
ޕަބްލިޝްކުރި ތާރީޚް: 04 މޭ 2021
ޕަބްލިޝްކުރި ގަޑި: 11:01
ސުންގަޑި: 11 މޭ 2021 10:30
ހުޅުދުއްފާރު ޞިއްޙީ މަރުކަޒު، ރ. ހުޅުދުއްފާރު
ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުން ވެއްޖެ

މި އިޢުލާންވަނީ 04 މޭ 2021 11:30 ގައި ބާތިލް ކުރެވިފައެވެ.


 

 c

nishaanހުޅުދުއްފާރު ޞިއްޙީމަރުކަޒު

ރ. ހުޅުދުއްފާރު ،ދިވެހިރާއްޖެ

 

                                                      ނަމްބަރ:E18-SM/IUL/2021/05

 

އިޢުލާން

 

އަންދާސީ ހިސާބު ބޭނުން ވެއްޖެ.

 

               މި ޞިއްހީމަރުކަޒަށް އީ ގަވަރމަންޓް ނެޓްވޯކް އެޅުމަށް ކޭބަލް ވަޅުލުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުން ވެއްޖެއެވެ.

                ވީމާ މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން  06 މެއި 2021 ވާ ބުރާސްފަތި ދުވަހުގެ 10.30 އަށް ހުޅުދުއްފާރު ޞިއްހީމަރުކަޒަށް ވަޑައިގެން މަޢުލޫމާތު ސާފްކުރެއްވުމަށްފަހު 11 މެއި 2021 ވާ އަންގާރަ ދުވަހުގެ 10.30 އަށް ހުޅުދުއްފާރު ޞިއްހީމަރުކަޒަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މިކަމަށް އެދި ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫން (ޤާނޫނު ނަމްބަރ:18/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ކުންފުނިތަކަށާއި ، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރ:19/2014) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.

               މަޢުލޫމާތު ސާފު ކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކާއި، ކަނޑައެޅިފައިވާ ވަގުތުގެ ފަހުން ފޮނުއްވާ އަންދާސީ ހިސާބުތައް ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.އަންދާސީ ހިސާބު ހުށަހަޅުއްވާއިރު ބަދަލުގައި މީހަކު ފޮނުއްވާނަމަ، ވެރިފަރާތުގެ ސިޓީއަކާއި އައި.ޑީ ކާޑުގެ ކޮޕީއެއް އަދި ބަދަލްގައި ވަޑައިގަންނަވާ ފަރާތުގެ އައި.ޑީ ކާޑުގެ ކޮޕީއެއް ހުށަހަޅުއްވަން ވާނެއެވެ.

 

                  22  ރަމަޟާން  1442 

                  04    މެއި   2021

 

 

 

          ޢަބްދުﷲ ޝަރީފު

 ސީނިއަރ އެޑްމިނިސްޓްރޭޓަރ ، ހެލްތް ސަރވިސަސް

 

 

04 މޭ 2021