އިންޝުއަރެންސް
ނަންބަރު: (IUL)471-CDS3/1/2021/71
ޕަބްލިޝްކުރި ތާރީޚް: 03 މޭ 2021
ޕަބްލިޝްކުރި ގަޑި: 20:46
ސުންގަޑި: 12 މޭ 2021 12:00
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
"ގެދޮރުވެރިކުރުން" މަޝްރޫޢުގެ ދަށުން ހުޅުމާލޭގައި ޤާއިމްކޮށްފައިވާ 704 ފްލެޓް އިންޝުއަރކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ.

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

  1. "ގެދޮރުވެރިކުރުން" މަޝްރޫޢުގެ ދަށުން ހުޅުމާލޭގައި ޤާއިމްކޮށްފައިވާ 704 ފްލެޓް އިންޝުއަރކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

 

  1. ބީލަމާއި ގުޅޭ މަޢުލޫމާތު ސެޝަން 09 މެއި 2021 ވާ އާދިއްތަ ދުވަހުގެހެނދުނު 12:00 ގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގައި އޮންނާނެއެވެ.
  2. އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެ ވަޑައިގަންނަވާނަމަ 10 މެއި 2021 ވާ އަންގާރަ ދުވަހުގެމެންދުރު 12:00 ގެ ކުރިން [email protected]އަށް އީމެއިލް ކޮށްދެއްވުން އެދެމެވެ.
  3. ބީލަން ހުޅުވުމަށް ހަމަޖެހިފައިވަނީ 12 މެއި 2021 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު12:00 ގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގައި މިމަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބީލަމުގެ މުއްދަތުގެ ގޮތުގައި ބީލަން ހުށަހަޅާ ތާރީޚުން ފެށިގެން 90 ދުވަސް އޮންނަންވާނެއެވެ.

 

މި ދުވަސްވަރަކީ ކޮވިޑް-19  ގެ ބަލިމަޑުކަން ބާރުމިނުގައި ފެތުރެމުންދާ ދުވަސްވަރެއްކަމުން ބީލަން ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުން ހެލްތް ޕްރޮޓެކްޝަން އޭޖެންސީއިން ދެއްވާފައިވާ އިރުޝާދާއި އެއްގޮތްވާ ގޮތަށް ޢަމަލު ކުރުމަށް ދަންނަވަމެވެ.

03 މޭ 2021