ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)308/2021/30
ޕަބްލިޝްކުރި ތާރީޚް: 03 މޭ 2021
ޕަބްލިޝްކުރި ގަޑި: 13:01
ސުންގަޑި: 05 މޭ 2021 00:00
މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަމިއްލަ ފަރާތަކުން ހަދިޔާކުރި ކަދުރު ބެހުމާގުޅޭ

މަޑުއްވަރީގެ ރައްޔިތުންނަށް ބެހުމަށް އަމިއްލަ ފަރާތަކުން ހަދިޔާކޮށްފައިވާ ކަދުރު މިކައުންސިލުން ދަނީ ބަހަމުންނެވެ. ނަމަވެސް ވަރަށް ގިނަ ގޭބިސީތަކުން އަދިވެސް ކަދުރު ގެންގޮސްފައިނުވާކަން ފާހަގަކުރެވެއެވެ. ވީމާ، 2021 މެއި 05 ވާ ބުދަ ދުވަހުގެ ނިޔަލަށް ކަދުރު ގެންގޮސް ނިންމެވުން އެދެމެވެ. ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 9:15 ން 13:00 އަށް ކަދުރު ބެހުމުގެ މަސައްކަތް ކުރިއަށްދާނެ ވާހަކަ ދެންނެވީމެވެ. ކަދުރު ދޫކުރާނީ މިރަށުގައި ރަޖިސްޓްރީ ކޮށްފައިވާ ކޮންމެ ގޭބިސީއަކަށް ޕެކެޓެއްގެ އުޞޫލުންނެވެ. ކަދުރު ބަލާ ވަޑައިގަންނަވާއިރު ބަލާ އަންނަ މީހާގެ އައިޑީކާޑު ގެންނެވުން އެދެމެވެ.

ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

3  މެއި 2021

03 މޭ 2021