ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)306/306/2021/18
ޕަބްލިޝްކުރި ތާރީޚް: 03 މޭ 2021
ޕަބްލިޝްކުރި ގަޑި: 12:45
ސުންގަޑި: 12 މޭ 2021 13:00
މާޅޮސްމަޑުލު އުތުރުބުރީ ރަސްމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒިފާގެ ފުރުޞަތު

                                                            އިޢުލާން

                މި ކައުންސިލްގެ ބެލުމުގެ ދަށުން ބަލަހައްޓަމުންގެންދާރަސްމާދޫ ޕްރީސްކޫލް "ޕްރީސްކޫލް މަސައްކަތު" މަޤާމަށް ކޮންޓްރެކްޓް އުޞޫލުން މަސައްކަތްކޮށްދޭނެ މުވައްޒަފުން ހޯދުމަށް ބޭނުންވެއްޖެއެވެ.

 

މަޤާމް

ޕްރީސްކޫލް މަސައްކަތު

ބޭނުންވާ އަދަދު

01

މުއްދަތު

01 އަހަރު

މަޤާމް އޮތް އޮފީސް

މާޅޮސްމަޑުލު އުތުރުބުރީ ރަސްމާދޫ ކައުންސިލްގެ އިދާރާ

މަސައްކަތުގައި ހޭދަ ކުރަން ޖެހޭ ގަޑީއިރު:

04 ގަޑީއިރު (ހެނދުނު 8:45 ން މެންދުރު 12:45)

ސެކްޝަން

މުނިސިޕަލް ސާރވިސް ސެކްޝަން

ވަޒީފާ އަދާކުރަންޖެހޭ ތަން

ރަސްމާދޫ ޕްރީ ސްކޫލް / ރ.ރަސްމާދޫ

މުސާރަ

1000.00 ރުފިޔާ (މަހަކަށް)

ސަރވިސް އެލަވަންސް

1070.00 ރުފިޔާ (މަހަކަށް)

އެހެނިހެން އިނާޔަތްތައް

އިތުރުގަޑީގައި މަސައްކަތްކުރާނަމަ އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ. އަދި ރަމަޟާން މަހު ކަނޑައެޅިފައި އޮންނަ އުޞޫލުން ރަމަޟާން އެލަވަންސް ލިބޭނެއެވެ.

މަޤާމުގެ އަސާސީ ޝަރުތު:

ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު ނުވަތަ ޤާބިލްކަން ސާބިތުކޮށްދިނުން

 

މަޤާމުގެ މަސްއޫލިއްޔަތު:

1- ޕްރީ ސްކޫލް ގަޑިތައް ފެށުމުގެ ކުރިން ކްލާސް ރޫމްތައް، ސާފުކޮށް ތައްޔާރުކުރުން.

2- ޕްރީ ސްކޫލް އިމާރާތުގެ ހުރިހާ ކްލާސްރޫމްތަކަކާއި، ކުދިން ކުޅިވަރު ކުޅުމަށް ގާއިމްކޮށްފައިވާ ތަކެއްޗާއި، ޕްރީސްކޫލް މުޅިގޯތި ތެރެ އެއްކޮށް ސާފުކޮށް ބެލެހެއްޓުން.

3- ޕްރީސްކޫލް ފަރުނީޗަރާއި، މެޝިނަރީތައް ފޮޅާ ސާފުކުރުން.

4- ޕްރީސްކޫލް ކްލާސްތަކުގެ ދަރިވަރުން ފާހާނާއަށް ގެންގޮސް ގެނައުން.

5- ޕްރީސްކޫލްގެ ބަގީޗާއާއި ގަސްތަކަށް ފެންދީ ބެލެހެއްޓުން.

6- ޕްރީ ސްކޫލްގެ ގޯތިތެރެއާއި ގޯތި ހިމެނޭ ސަރަހައްދު ނޮޅައި ކުނިކަހާ ސާފުކޮށް ބެލެހެއްޓުން.

7- ޕްރީ ސްކޫލްގެ ގޯތިތެރެއާއި ގޯތި ހިމެނޭ ސަރަހައްދުގެ ހިރަފުސް ބޯވިޔަނުދީ ފެންޖަހާ ބެލެހެއްޓުން.

8- މީގެ އިތުރުންވެސް ވަޒީފާއާއި ގުޅިގެން ޙަވާލުކުރެވޭ މަސައްކަތް ފަރުވާތެރިކަމާއި އެކު ކުރުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

1-     ތަޢުލީމާއި ތަޖުރިބާ

2-     މި މަޤާމުގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައި އެންމެ މަދުވެގެން 01 އަހަރު ދުވަހުގެ މުއްދަތެއްގައި ދެމިހުރެވޭނެ ފަރާތަކަށްވުން.

އިންޓަރވިއު އޮންނާނެ ތަނާއި މުއްދަތު:

އިޢުލާނަށް މުއްދަތު ހަމަވާތާ މަސައްކަތުގެ 10 ދުވަހުގެ ތެރޭގައި މިމަޤާމަށް މީހުން ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނެ ތާރީޙާއި ތަން އެންގޭނެއެވެ.

ހުށައަޅަން ޖެހޭ ލިޔުންތައް:

1- މައުލޫމާތު ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމް ( އެޕްލިކޭޝަން ފޯމް ރަސްމީ ގަޑީގައި ކައުންސިލް އިދާރާއިން ލިބެން ހުންނާނެއެވެ.)

2- ސިވިލް ސާރވިސްއަށް / ސަރުކާރަށް ޙިދުމަތް ކުރުމުގެ އެއްބަސްވުމެއް  އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

3- ލިބިފައިވާ ހުރިހާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ

4- ފުރިހަމަކޮށްފައިވާ ކުރުމުއްދަތުގެ ކޯސްތަކާއި ތަމްރީނު ތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ

5- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން  ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ. (ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށްފައިވާ)

6- ވަޒީފާއަށް އެދޭފަރާތުގެ މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީ

7- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު  (ގުޅޭނެ ނަންބަރާއި، އީމެއިލް އެޑްރެހާއި އެކު)

 

 

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

2021 މެއި 12 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން މާޅޮސްމަޑުލު އުތުރުބުރީ ރަސްމާދޫ ކައުންސިލްގެ އިދާރާއަށް ހުށައެޅުވުން އެދެމެވެ.

 އިތުރު މަޢުލޫމާތު ހޯދެއްވުމަށް ގުޅުއްވާނީ މި އިދާރާގެ ނަންބަރ:6580049 ފޯނާއެވެ.

               ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

03 މޭ 2021