މަސައްކަތް
ނަންބަރު: (IUL)269/269/2021/15
ޕަބްލިޝްކުރި ތާރީޚް: 02 މޭ 2021
ޕަބްލިޝްކުރި ގަޑި: 14:05
ސުންގަޑި: 06 މޭ 2021 12:30
ތިލަދުންމަތީ ދެކުނުބުރީ ވައިކަރަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަންދާސީ ހިސާބު ހުށަހެޅުމުގެ ދަޢުވަތު

 

އިޢުލާން

އަންދާސީހިސާބު ހުށަހެޅުމުގެ ދަޢުވަތު

 

މިއިދާރާގެ ނަންބަރ: 2021/2/ 269/269( IUL) (15 ފެބްރުއަރީ 2021) އިޢުލާން ބާޠިލްކޮށް، ހދ.ވައިކަރަދޫ ޞިއްޙީ މަރުކަޒުގެ އެކްސްޓެންޝަން ޢިމާރާތުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނޭ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.

ވީމާ، މި މަސައްކަތްތައް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 06 މެއި 2021 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހުގެ 12:30 ގެ ކުރިން  ގެޒެޓްކުރެވިފައިވާ ރަޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު [email protected]  އަށް  އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. ނުވަތަ މަތީގައިވާ ތާރީޚުގެ ކުރިން ރަސްމީ ގަޑީގައި މިކައުންސިލަށް ޙާޟިރުވެ ރަޖިސްޓްރޭޝަން ޝީޓް ފުރިހަމަ ކުރުމަށް ފަހު ހުށަހެޅުއްވުން އެދެމެވެ. އަދި ރަޖިސްޓްރޭޝަން ޝީޓް މެއިލް ކުރުމަށްފަހު ލިބުނުކަން ކަށަވަރު ކުރުމަށްޓަކައި މި އިދާރާ ގެ ނަންބަރ 6520049 ފޯނާ ގުޅުއްވާ ޔަގީން ކުރަންވަން ވާނެއެވެ. މިމުއްދަތުގައި ރަޖިސްޓްރީ ނުވާ ފަރާތަކަށް ބިޑް ހުށަހެޅުމުގެ ފުރުސަތު ދެވެން ނޯންނާނެ ވާހަކަ ދަންނަވަމެވެ. ރަޖިސްޓްރީކުރާ ފަރާތްތަކަށް މަސައްކަތްތަކުގެ ތަފްސީލް ހިމެނޭ ބިޑް ޑޮކިއުމަންޓްތައް ލިބޭނެ އިންތިޒާމު ހަމަޖައްސައިދެވޭނެއެވެ.

މި މަސައްކަތްތަކަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ ބިޑް ޑޮކިއުމެންޓްތަކުގައި ހިމެނިފައިވާނެއެވެ.

މި މަސައްކަތާގުޅިގެން އެއްވެސް ސުވާލެއްވާނަމަ 2021 މެއި 17 ވަނަ ދުވަހުގެ 10:30ގެ ކުރިން މަތީގައިއެވާ އީމެއިލަށް މެއިލް ކުރުމަށް ދަންނަވަމެވެ.އަދި މެއިލް ލިބުނުކަން ކަށަވަރު ކުރުމަށްޓަކައި ރަސްމީ މަސައްކަތުގަޑީގައި މި އިދާރާ ގެ ނަންބަރ 6520049 ފޯނާ ގުޅުއްވާ ޔަގީން ކުރަންވަން ވާނެއެވެ. މި މަސައްކަތާ ގުޅޭގޮތުން މަޢުލޫމާތު ސާފުކޮށްދިނުމާއި، އަންދާސީހިސާބު ބަލައިގަތުން ތިރީގައި އެވާ ތާރީޚުތަކުގައި މި އިދާރާގައި އޮންނާނެއެވެ.

މަޢުލޫމާތު ސާފުކުރެއްވުން

އަންދާސީހިސާބު ހުށަހެޅުއްވުން

ތަން: ހދ. ވައިކަރަދޫ ކައުންސިލްގެ އިދާރާ

ތަން: ހދ. ވައިކަރަދޫ ކައުންސިލްގެ އިދާރާ

11 މެއި 2021 ވާ އަންގާރަ ދުވަހުގެ 11:00

18 މެއި 2021 ވާ އަންގާރަ ދުވަހުގެ 11:00

 

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންވެލައްވާނަމަ ރަސްމީ ގަޑީގައި މިއިދާރާގެ ނަމްބަރު 6520046 ފޯނާއި ގުޅުއްވުން އެދެމެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

02 މޭ 2021