ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)262/INDIV/2021/1
ޕަބްލިޝްކުރި ތާރީޚް: 02 މޭ 2021
ޕަބްލިޝްކުރި ގަޑި: 13:46
ސުންގަޑި: 19 މޭ 2021 00:00
ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަންފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހދ.ނޮޅިވަރަންފަރުގައި ޢިމާރާތްކޮށްފައިވާ 8 ހައުސިންގ ޔުނިޓް ދޫކުރުމަށް އެކުލަވާލެވޭ ކޮމިޓީއަށް ރަށްޔިތުންގެ ތެރެއިން މެންބަރަކު އަށްޔަންކުރުމާ ގުޅޭ

އިޢުލާން

 

 

ހދ.ނޮޅިވަރަންފަރުގައި ޢިމާރާތްކޮށްފައިވާ 8 ހައުސިންގ ޔުނިޓް ދޫކުރުމަށް އެކުލަވާލެވޭ ކޮމިޓީއަށް ރަށްޔިތުންގެ ތެރެއިން މެންބަރަކު އަށްޔަންކުރުމާ ގުޅޭ

 

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ހދ.ނޮޅިވަރަންފަރުގައި ޢިމާރާތްކޮށްފައިވާ 60 ހައުސިންގ ޔުނިޓްގެ ތެރެއިން ބާކީ ހުރި 8 ހައުސިންގ ޔުނިޓް ދޫކުރުމަށްވަނީ ހަމަޖެހިފައެވެ. މި 8 ހައުސިންގ ޔުނިޓް ދޫކުރުމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ކަނޑައަޅާފައިވާ އުޞޫލުގެ މަތިން އެކުލަވާލެވޭ އިވޭލުއޭޝަން ކޮމިޓީގައި ޢާއްމު ރަށްޔިތުންގެ ތެރެއިން އެއްކެއް (1) މެމްބަރަކު ހިމެނަންޖެހެއެވެ.

ވީމާ، 8 ހައުސިންގ ޔުނިޓް ދޫކުރުމަށް އެކުލަވާލެވޭ އިވޭލުއޭޝަން ކޮމިޓީ މެންބަރަކަށް ވުމަށް އެދިލައްވާ ފަރާތްތަކުން އެކަން ބަޔާންކޮށް ސިޓީއަކުން މި އިދާރާއަށް 19 މެއި 2021، 12:00 ގެ ކުރިން ހުށަހަޅައިދެއްވުންއެދެމެވެ. މި ކޮމެޓީގެ މެމްބަރުން ކަނޑައަޅާ ކޮމެޓެޓީ ފާސްކުރާނީ، ކައުންސިލްގެ ޖަލްސާއަކުން އެ ޖަލްސާގައި ބައިވެރިވާ މެންބަރުންގެ އަގުލަބިއްޔަތުންނެވެ.

ކޮމިޓީގެ މަސައްކަތް:

ހައުސިންގ ޔުނިޓް ބޭނުންވާ ފަރާތްތަކަށް އެކަމަށްއެދި ހުށައެޅުމަށް އާންމުކޮށް އިއުލާނު ކުރުމުން ފެށިގެން ހައުސިންގ ޔުނިޓް ލިބުމަށް ހޮވޭ ޙައްޤުވެރި ފަރާތްތައް އުޞޫލާއި އެނެކްސްތަކުގައި ވާގޮތުގެ މަތިން ކަނޑައެޅުމެވެ. މިގޮތުން އަންނަނިވި ކަންކަން ރާވައި ހިންގުން.

(ހ) އިޢުލާނުކުރުން.

(ށ) ފޯމު ބަލައިގަތުން.

(ނ) ޝަކުވާ ބަލައިގަތުމާއި ޖަވާބުދާރީވުން.

(ރ) އިވޭލުއޭޓްކުރުން.

 

 

(ބ) ޙައްޤުވެރިފަރާތް ތަކުގެ ވަގުތީ ލިސްޓް ޢާއްމުކުރުން

(ޅ) ވަގުތީ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ސަރުކާރުބަންދުނޫން 07 ދުވަސް ހިމެނޭގޮތަށް އެކަށީގެންވާ މުއްދަތެއް

    ކަނޑައަޅައި ޝަކުވާތަކަށް ޖަވާބުދާރީވުން.

(ކ) ދާއިމީ ލިސްޓް ޢާއްމުކުރުން.

                  މިހެންވެމިކަން ޢާއްމުކޮށް އަންގައި އިޢުލާންކުރީމެވެ.

02 މޭ 2021