މަސައްކަތް
ނަންބަރު: (IUL)B08-HC/2021/14
ޕަބްލިޝްކުރި ތާރީޚް: 02 މޭ 2021
ޕަބްލިޝްކުރި ގަޑި: 13:27
ސުންގަޑި: 05 މޭ 2021 23:59
ނެއްލައިދޫ ޞިއްހީ މަރުކަޒު
ދިވެހިރާއްޖެ
ހދ. ނެއްލައިދޫ ޞިއްޙީމަރުކަޒާއި ނެއްލައިދޫ ކައުންސިލް އިދާރާއާއި ދެމެދު ކޯރުކޮނުމުގެ މަސައްކަތް ކޮއްދޭނެ ފަރާތެއް ހޯދުމާއި ބެހޭ

                          ސަރުކާރުގެ ޞިއްޙީ ޚިދުމަތްދޭ ހުރިހާ ރަށެއް ގުޅާލުމަށް ކުރިއަށް ގެންދެވޭ މަޝްރޫޢުގެ ދަށުން ރަށު ކައުންސިލާއި ޞިއްޙީ މަރުކަޒާއި ދެމެދު ކޯރުކޮނުމުގެ މަސައްކަތް ކޮއްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަމްބަރ: (IUL)B08-HC/2021/13  އިއުލާނާއި ގުޅިގެންވެސް ވާދަކުރާނެ ފަރާތެއް ނެތުމުން އެ އިއުލާން ބާތިލްކޮށް އަލުން ފުރުސަތު ހުޅުވާލަމެވެ.

                     ވީމާ މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 02 މޭ 2021 ވާ އާދިއްތަ ދުވަހުން ފެށިގެން 05 މެއި  2021 ވާ ބުދަދުވަހުގެ ނިޔަލަށް، އޮފީސް ހުޅުވިފައި ހުންނަ ދުވަސްތަކުގެ ހެނދުނު 09:00 އިން 12:00 އާއި ދޭތެރޭ މި ޞިއްޙީމަރުކަޒުގެ އޮފީހަށް ވަޑައިގެން ރެޖިސްޓަރ ކުރެއްވުން އެދެމެވެ. ނުވަތަ މި އިޢުލާނާއިއެކު  އެޓޭޗްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރިހަމަކުރެއްވުމަށްފަހު  [email protected]     އަށް އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މިއިއުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް މި އިޢުލާނާއިއެކު އެޓޭޗް ކުރެވިފައިވާނެއެވެ.  އަދި 06 މޭ 2021 ވާ ބުރާސްފަތިދުވަހު ހެނދުނު 10:00 ގައި ޕްރީބިޑް ސެޝަން މި ޞިއްޙީމަރުކަޒުގައި އޮންނާނެއެވެ.  

                       އަންދާސީ ހިސާބު ހުށަހެޅުން، 10 މޭ 2021 ވާ ހޯމަދުވަހުގެ ހެނދުނު 10:00 ގައި މި ޞިއްޙީމަރުކަޒުގައި އޮންނާނެއެވެ.  

                       މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 06 މޭ 2021 ވާ ބުރާސްފަތި ދުވަހު ހެނދުނު 10:00 ގެ ކުރިން [email protected]   އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރަން ވަޑައި ނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހަޅަންވަޑައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމަވެ.

މިހެންވެ މިކަން އާއްމުކޮށް އަންގާ އިޢުލާންކުރީމެވެ.

02 މޭ 2021