ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)94-D/94/2014/14
ޕަބްލިޝްކުރި ތާރީޚް: 25 މޭ 2014
ޕަބްލިޝްކުރި ގަޑި: 17:35
ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން
ދިވެހިރާއްޖެ
ބިޒްނަސް ވިސާއާ ގުޅޭ

ބިޒްނަސް ވިސާއަކީ ސަރުކާރުގެ ކަމާބެހޭ ދާއިރާއެއްގެ ހުއްދަ ލިބިގެން، އެދާއިރާއިން ޤަބޫލުކުރާ ވިޔަފާރިއެއް ނުވަތަ މަސައްކަތެއް ކުރުމަށްޓަކައި، އަދި ރާއްޖޭގައި ވަޒީފާއަދާކުރާ މީހެއްގެ ގޮތުގައި ނޫންގޮތަކަށް އަންނަ ޕްރޮފެޝަނަލް ގިންތީގެ ބިދޭސީންނަށް އިމިގްރޭޝަން ޤާނޫނުގެ ދަށުން ދެވޭ ހުއްދައަކަށްވާތީ، 1 ޖޫން 2014 އިން ފެށިގެން ބިޒްނަސް ވިސާގައި އަންނަ ފަރާތްތަކަށް ވާރކްވިސާއަށް ބަދަލު ނުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

ވީމާ، ވާރކްވިސާގައި މަސައްކަތްކުރަން ބޭނުންވާ ފަރާތްތައް ބިޒްނަސް ވިސާގެ ބަދަލުގައި ވާރކްވިސާގައި ގެނައުމަށް ދަންނަވައި، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

    26ރަޖަބު 1435

 

 

25 މޭ 2014