ވަޒީފާގެ ފުރުޞަތު
ނަންބަރު: KFC/HR/2021/18
ޕަބްލިޝްކުރި ތާރީޚް: 02 މޭ 2021
ޕަބްލިޝްކުރި ގަޑި: 12:05
ސުންގަޑި: 06 މޭ 2021 14:00
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ޖޫނިއަރ އޮފިސަރ

KFC/HR/2021/18 ނަންބަރު

 

ވަޒީފާގެ ފުރުޞަތު


މި ކުންފުނީގެ ތިރީގައިމިވާ މަޤާމަށް މީހުން ހޯދަން ބޭނުންވެއެވެ.

މަޤާމު

 ޖޫނިއަރ އޮފިސަރ

ބޭނުންވާ ޢަދަދު

 1 ( އެކެއް )

ވަޒީފާގެ ބާވަތް

 ވަގުތީ ( ކޮންޓްރެކްޓް 01 އަހަރު ދުވަސް )

ވަޒީފާ އަދާކުރަންޖެހޭ ތަން:

 ވެއަރހައުސް  / ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް

މުސާރަ:

4960.00 ރުފިޔާ

އިތުރު ޢިނާޔަތްތައް:

  • އިތުރުގަޑި އަދި ބަންދު ދުވަސްތަކުގައި މަސައްކަތް ކުރާނަމަ، އިތުރުގަޑިއާއި ބަންދުދުވަސް ތަކުގެ ފައިސާ ޤަވާޢިދުގައިވާ ގޮތުގެމަތިން ލިބިދެވޭނެއެވެ.

ޝަރުޠު:

  • ސާނަވީ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން " ޑީ " ފާސް ލިބިފައިވުމުގެ އިތުރުން ސެކަންޑަރީ ސެޓްފިކެޓް އިމްތިހާނުގައި " ދިވެހި " މި މާއްދާއިން ދަށްވެގެން " ސީ " ފާސް ލިބިފައިވުން ނުވަތަ މަޤާމާއި ގުޅޭ ދާއިރާއެއްގައި މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

 

މަޤާމުގެ މަސްޢޫލިއްޔަތު:

 

  • ސެކްޝަންތަކުން ގެންނަ ސްލިޕްތަކަށް މުދާ ދޫކުރުމުގައި ޗެކްކޮށް، މުދާ ދޫކޮށް، އެ މުދަލަށް އިޝޫ ސްލިޕް ހަދައި ސިސްޓަމް އަޕްޑޭޓް ކުރުން.
  • ވެއަރހައުސްގެ ޖެނެރަލް ސްޓޮކް (ފުޑްއައިޓަމްސް ފިޔަވައި) ބަލަހައްޓައި، މަދުވާ އައިޓަމްތައް ލިސްޓްއައުޓްކޮށް ސީނިއަރ ފަރާތްތަކަށް ރިޕޯރޓް ކުރުން.
  • ފާސްޓް މޫވިންގ، ސްލޯމޫވިންގ، އަދި ނަންމޫވިންގ މުދާތައް ފާހަގަކޮށް ރިޕޯރޓް ކުރުން.
  • މާލެއިން ގެންނަ މުދާ އާރޖެންޓުކޮށް ދޫކުރަންޖެހިއްޖެ ހިނދެއްގައި ވެއަރހައުސް އިންޗާރޖްގެ މަޝްވަރާގެ މަތިން ދޫކުރުމަށްފަހު، ސިސްޓަމް އަޕްޑޭޓްވަންދެން އެ ސްލިޕްތައް ރައްކާތެރިކަމާއެކު ބަލަހައްޓައި، ސިސްޓަމް އަޕްޑޭޓްވުމުން ލަސްނުކޮށް އިޝޫ ސްލިޕް ހަދައި ސިސްޓަމް އަޕްޑޭޓް ކުރުން.

 

  • ޑިޕާރޓްމަންޓްތަކުން ޕީ.އާރް.ކިއު ހެދުމަށް ގެންނަ އެމް.އާރް.އެންގެ ތެރެއިން މާލެއިން ގަންނަންޖެހޭ މުދަލުގެ ޕީ.އާރް.ކިއު ހަދައި ސޮއިކުރުވައި މެއިލްކުރަންޖެހޭ ފަރާތްތަކަށް މެއިލްކުރުން.
  • ޖެނެރަލް ސްޓޮކަށް މާލެއިން ގަންނަންޖެހޭ މުދަލަށް ޕީ.އާރް.ކިއު ހަދައި ސޮއިކުރުވައި މެއިލްކުރަންޖެހޭ ފަރާތްތަކަށް މެއިލްކުރުން.
  • އޯވަސީސްކޮށް ގަންނަންޖެހޭ މުދަލަށް ޕީ.އާރް.ކިއު ހަދައި ސޮއިކުރުވައި މެއިލްކުރަންޖެހޭ ފަރާތްތަކަށް މެއިލްކުރުން.
  • އޯވަސީސް އަދި ލޯކަލް ޕީ.އާރް.ކިއު ސްޓޭޓަސް އަޕްޑޭޓްކޮށް ބެލެހެއްޓުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް:

  • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  • ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކުރުން.

އިންޓަރވިއުކުރުން:

އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާއިއެވެ.

ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަނުވާ ސާފު ކޮޕީ (ދެފުށް ފެންނާނޭހެން).
  • ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔެކިޔުންތަކާއި އަދި މަސައްކަތުގެ ތަޖްރިބާ ދެނެގަތުމަށް މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯންނަމްބަރާއި އަދި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  • ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ.
  • ޕޮލިސްރިޕޯޓް (ވަޒީފާއަށް ހޮވުނުކަން އެންގުމުން).

ތަކެތި ހުށަހަޅަންޖެހޭ އޮފީސް:

  • އެޕްލިކޭޝަން ހުށަހަޅާނީ ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ ހިއުމަން ރިސޯސް ޑިޕާޓްމެންޓަށެވެ.
  • އީމެއިލް ކުރައްވާނީ  [email protected]އަށެވެ.
  • ވަޒީފާއަށް އެދޭ ލިޔުންތައް ހުށަހަޅަންޖެހޭ ސުންގަޑިއަކީ 06 މެއި 2021 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 14:00 އެވެ.
  • މިމަޤާމަށް ޝަރުތު ފުރިހަމަނުވާ ފަރާތްތަކުގެ ފޯމުތަކާއި ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުވާ ފޯމުތައް ބާތިލްކުރެވޭނެއެވެ.
 

ނޯޓް: މިއިޢުލާނާ ގުޅިގެން މިމަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތައް އިންޓަރވިއުކުރުމަށްފަހު އެންމެ މަތީމާކުސް ލިބޭ އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައިދެވޭނެއެވެ. އަދި މިމަޤާމަށް ހޮވޭ ފަރާތަށް މަސައްކަތާއި ގުޅުންހުރި މަޢުލޫމާތާއި ޓްރެއިނިންގ އަދި  އޮރިއެންޓޭޝަން ދިނުން އޮންނާނީ ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް. ގއ. ކޫއްޑޫގައެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެވުމަށް 7787186/7943030 ފޯނަށް ގުޅުއްވުން އެދެމެވެ.

02 މޭ 2021