ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ |
ނަންބަރު: 223/1/2021/12(IUL) |
ތާރީޚް: 29 އެޕްރީލު 2021 |
މިޓްރައިބިއުނަލުގެ އައު އޮފީހުގައި ޕަރޓްޝަންޖެހުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ
މި ޓްރައިބިއުނަލުގެ އައު އޮފީސް ޢިމާރާތް (ގ.މާގަހާ ތިންވަނަ ފަންގިފިލާ)ގައި ތިރީގައި މިވާ މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.
- ޕާރޓްޝަން ޖެހުން
- ދޮރާއި ދޮރުފަތްތައް ހަރުކުރުން
މި މަސައްކަތްތައް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
|
ތަން |
ތާރީޚާއި ގަޑި |
މަޢުލޫމާތު ސާފުކޮށް ދިނުން |
ގ.މާގަހަ، 3 ވަނަ ފަންގިފިލާ |
03 މެއި 2021، 13:30 ގައި |
ބީލަން ހުށަހެޅުން |
ޓެކްސް އެޕީލް ޓްރައިބިއުނަލް (މއ. ޖަންބުގަސްދޮށުގެ، 3 ވަނަ ފަންގިފިލާ) |
10 މެއި 2021، 10:00 ގައި |
މި މަސައްކަތާއި ގުޅޭ މަޢުލޫމާތު ކަރުދާހާއި ކުރެހުން މަޢުލޫމާތު ސާފުކޮށްދެވޭ ދުވަހު ފޯރުކޮށްދެވޭނެއެވެ. ބީލަން ހުށަހެޅުމުގެ ފުރުސަތު ދެވޭނީ މަޢުލޫމާތު ސާފުކުރުމަށް ވަޑައިގަންނަވާ ފަރާތްތަކަށެވެ.
މި ބީލަމާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންވާނަމަ، 06 މެއި 2021 ގެ 13:00 ގެ ކުރިން މި ޓްރައިބިއުނަލްގެ [email protected] އީމެއިލްއަށް މެއިލްކުރެއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރުމަށާއި ބީލަން ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުން ކޮވިޑް-19ގެ ބަލިމަޑުކަމުން ރައްކާތެރިވުމަށްޓަކައި، ހެލްތު ޕްރޮޓެކްޝަން އޭޖެންސީއިން ދެއްވާފައިވާ އިރުޝާދާ އެއްގޮތްވާގޮތަށް ޢަމަލު ކުރުމަށް ދަންނަވަމެވެ
17 ރަމަޟާން 1442
29 އެޕްރީލު 2021