މަސައްކަތް
ނަންބަރު: (IUL)KRH-PLD/2021/35
ޕަބްލިޝްކުރި ތާރީޚް: 29 އޭޕްރިލް 2021
ޕަބްލިޝްކުރި ގަޑި: 12:59
ސުންގަޑި: 11 މޭ 2021 13:00
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ހދ.އަތޮޅުގެ ޞިއްޙީ މަރުކަޒުތަކުން ލެބޯޓްރީ ޓެސްޓް ހެދުމަށް ބޭނުންވާ ސާމްޕަލްތައް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް އުފުލުމުގެ ދަތުރު ކޮށްދޭނެ ފަރާތެއް ހޯދުން

      ހދ.އަތޮޅުގެ ޞިއްޙީ މަރުކަޒުތަކުން ލެބޯޓްރީ ޓެސްޓު ތައް ހެދުމަށް ބޭނުންވާ ސާމްޕަލް ތައް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް އުފުލުމުގެ ދަތުރު ކޮށްދޭނެ ފަރާތެއް ކޮންޓްރެކްޓް އުޞޫލުން 1(އެކެއް) އަހަރު ދުވަހުގެ މުއްދަތަށް ހޯދަން ބޭނުން ވެއެވެ.  

ވީމާ، މި ދެންނެވި މަސައްކަތް ކޮށްދެއްވަން ޝައުޤުވެރިވާ ފަރާތްތަކުން ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުއްވުމަށްފަހު 29 އެޕްރިލް 2021 ވާ ބުރާސްފަތި ދުވަހުން ފެށިގެން 11 މެއި 2021 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން [email protected] އަށް އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ.

 · އަންދާސީ ހިސާބު ހުށަހެޅުން

   18 މެއި  2021 ދުވަހު 11:00 ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް މީޓިންގ ރޫމް

    މި އިއުލާނާއި ގުޅޭ އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 15 މެއި 2021 ވާ އާދިއްތަ ދުވަހުގެ 10:30 ގެ ކުރިން [email protected] އަށް އީމެއިލް ކޮށްދެއްވުން އެދެމެވެ. ރަޖިސްޓްރީ ކުރައްވާފައިވާނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަވެސް މައުލޫމާތަށްޓަކައި ދަންނަވަމެވެ.

29 އޭޕްރިލް 2021