މަސައްކަތް
ނަންބަރު: (IUL) 451-FP/451/2021/5
ޕަބްލިޝްކުރި ތާރީޚް: 29 އޭޕްރިލް 2021
ޕަބްލިޝްކުރި ގަޑި: 12:32
ސުންގަޑި: 04 މޭ 2021 14:00
ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު

މި އިންސްޓިޓިއުޓްގެ 03 ފްލޯގައި (އެލްމެނިއަމް / ބިއްލޫރި / ކްލެނޑް) ޕާރޓްޝަން ޖެހުމާއި 6 އަދި 07ވަނަ  ފްލޯގައި  ދޮރު ހަރުކުރަން ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚުގެ ކުރިން ރަޖިސްޓްރީ ކުރެއްވުން އެދެމެވެ.  ބީލަމާއިބެހޭ އިތުރު މައުލޫމާތު ބީލަން ފޮތުގައި ބަޔާންކުރެވިފައި ވާނެއެއެވެ.  

  

  • މި ޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް29އޭޕްރީލް 2021 އިން ފެށިގެން 4މެއި 2021 ގެ 14:00 ގެ ނިޔަލަށް  ތިރީގައިވާ ލިންކު މެދުވެރިކޮށް ފޯމް ހުށަހެޅުއްވުމަށް ރަޖިސްޓްރީ ކޮށްދެވޭނެއެވެ. ބީލަން ހުށަހެޅޭނީ މި މުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.

ރަޖިސްޓްރޭޝަން ފޯމްގެ ލިންކް: https://forms.gle/RuVtuD8yxYGVD5XLA

 

  • ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 2021 މެއި 10 ވަނަ ދުވަހު 10:00ގައި ސްޓާރކްލައުޑް ބިލްޑިންގ( މ. ޗަނބޭލީވިލާ) ފަސްވަނަ ފަންގިފިލާގައެވެ.
  • މިމަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2021 އޭޕްރީލް 29އިން ފެށިގެން 2021 މެއި4 ގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
  • ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަންގެ ޕްރޮކިއުމަންޓް ސެކްޝަން
  • ސްޓާރ ކްލައުޑްސް ބިލްޑިންގ (މ.ޗަނބޭލީވިލާ) 05ވަނަ ފަންގިފިލާ
  • މަޖީދީމަގު، މާލެ، ދިވެހިރާއްޖެ
  • ފޯން: 3023511 /3023543
  • އީ-މެއިލް:[email protected]
  • ކޮޕީ އީ-މެއިލް:  [email protected]

 

 

 

  • މި މަސައްކަތާއި ގުޅޭ ބީލަން ފޮތް އަދި އިތުރު ލިޔުންތައް އިޢުލާނާއެކު އެޓޭޗްކުރެވިފައިވާނެއެވެ.

            އަދި ދަންނަވަމެވެ. މިޕްރޮޖެކްޓުގައި ބައިވެރިވުމަށް ދީފައިވާ މުއްދަތުގައި ނަންނޯޓް ނުކުރައްވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައިނުވާ ވާހަކަ ދެންނެވީމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3023511 /3023543ނަމްބަރު ފޯނަށެވެ.

29 އޭޕްރިލް 2021