ދިވެހިރާއްޖެ
މިރަށުގައި ފެތުރެމުންދާ ކޮވިޑް-19 ރޯގާއާއި ގުޅިގެން މާދަމާ 29 އޭޕްރީލް 2021 ން ފެށިގެން ފިތުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައި ވަނީ ބޭންކް ޓްރާންސްފަރ މެދުވެރިކޮށްކަމުގައި ދަންނަވަމެވެ. ޓްރާންސްފަރ ކުރުމުގެ އެންމެ ފަހުތާރީޚް އަކީ 28 ރަމްޟާން 1442 (10 މެއި 2021 ) ވަނަ ދުވަހުގެ ނިޔަލަށެވެ. ފިޠުރު ޒަކާތުގެ މިންވަރަކީ 2.4 ކިލޯގެ މިންވަރެވެ. ޒަކާތް ނެރޭނީ އަހަރު ތެރޭގައި ޢާންމުކޮށް ކައި އުޅުނު ގޮވާމުގެ ބާވަތަކަށް ބަލައިގެންނެވެ. ރަސްމީކޮށް ޒަކާތް ބަލައިގަތުން ހަމަޖެހިފައި ވަނީ 2.4 ކިލޯގެ އަގަށްވާ ފައިސާއިންނެވެ. ފައިސާ ބަލައިގަންނާނެ ރޭޓްތައް ތިރީގައި އެވަނީއެވެ.
އާޓާފުށް |
އާދައިގެފުށް |
ބާސްމަތީހަނޑޫ |
ތައިލެންޑް ހަނޑޫ |
އާދައިގެ ހަނޑޫ |
65.00ރ. |
10.00ރ. |
72.00ރ. |
52.00ރ. |
12.00ރ. |
ބޭންކް ޓްރާންސްފަރ ކުރާފަރާތްތަކުން ތުލުސްދޫ ކައުންސިލް އިދާރާގެ ނަމުގައި ހުޅުވާފައިވާ 826 000308 7730ނަންބަރ އެކައުންޓަށް ޒަކާތަށްވާ ފައިސާ ޓްރާންސްފަރ ކުރެއްވުމަށްފަހު، ޓްރާންސްފަރ ކުރެއްވި ސްލިޕްކޮޅު 9891075 އަށް ވައިބަރ މެދުވެރިކޮށް ފޮނުއްވައިދެއްވުން، ނުވަތަ މިއިދާރާގެ އީމެއިލްއަށް [email protected] މެއިލް ކުރެއްވުން އެދެމެވެ. ފައިސާ ޓްރާންސްފަރ ކުރައްވާއިރު ތަފްޞީލް (ރިމާރކްސް) ގައި ގޭގެ ނަމާއި މީހުންގެ ޢަދަދު އަދި ބާވަތެއްގެ ނަންޖެއްސެވުން އެދެމެވެ.
ޒަކާތު ފައިސާ ދައްކަވާ ފަރާތްތަކުން އެބޭފުޅަކު ސީދާ ދައްކަވަންޖެހިލައްވާ އަދަދު ޓްރާންސްފަރ ކޮށްދެއްވުމަކީ މިއިދާރާގެ ވަރަށް ބޮޑު އެދުމެއްކަމުގައި ދަންނަވަމެވެ.