ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)459-HR/1/2021/78
ޕަބްލިޝްކުރި ތާރީޚް: 28 އޭޕްރިލް 2021
ޕަބްލިޝްކުރި ގަޑި: 16:18
ސުންގަޑި: 04 މޭ 2021 01:30
މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް
ދިވެހިރާއްޖެ
ކުދިން ބަލަހައްޓާ

އިޢުލާނު

 

މަޤާމު:

ކުދިން ބަލަހައްޓާ   

ބޭނުންވާ އަދަދު:

3 (އެކެއް)

މަޤާމުގެ ގިންތި:

ވަގުތީ

މުއްދަތު:

ވަޒީފާ ހަމަޖެހޭ ތާރީހުން ފެށިގެން 3 މަސް

މަޤާމުގެ ރޭންކު:

އެސް.އެސް 1

މަޤާމުގެ ކްލެސިފިކޭޝަން:

ސަޕޯޓް ސްޓާފް ގްރޭޑް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ފިޔަވަތި، ހުޅުމާލެ

ސެކްޝަން:

ފިޔަވަތި، ޗައިލްޑްކެއަރ

އުޖޫރަ:

ވަޒީފާއަށް ނިކުންނަ ދުވަހަކަށް 241.67 ރުފިޔާ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  • ފިޔަވަތިން ބަލަހައްޓާ ކުދިން ފެންވެރުވުމާއި، ނިންދެވުމާއި، މިނޫންވެސް ކުދިން ބެލެހެއްޓުމުގައި ދުވަހުން ދުވަހަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ފިޔަވަތިން ކަނޑައަޅާފައިވާ އުސޫލްތަކާއި މިންގަނޑުތަކާއި އެއްގޮތަށް ކުރުން.
  • ފިޔަވަތިން ބަލަހައްޓާ ކުދިންގެ އުމުރާ ގުޅޭގޮތުން އަންނަ ބަދަލުތައް ދެނެގަނެ ތަފާތު އުކުޅުތައް ބޭނުން ކުރަން ޖެހިދާނެކަން ދެނެގަނެގެން މަސައްކަތް ކުރުން.
  • ފިޔަވަތިން ބަލަހައްޓާ ކުދިންނަކީ ތަފާތު ނަފްސާނީ، ޖިސްމާނީ އަދި އިޖްތިމާއީ ގޮންޖެހުން ތަކާއި އެކު އަމިއްލަ ނަފްސަށް ކުރާ އިތުބާރު ކުޑަވެ މާޔޫސީ ހާލަތެއްގައި ގެނެވޭ ކުދިން ކަމަށްވާތީ، މިކަން އަބަދުވެސް ހަނދާންކޮށް، ކުދިންގެ ހާލަތު ދެނެގަނެ އަދި އެހީތެރިވާ ފަރާތެއް ކަމުގައިވެ، ކުދިންގެ ލާބައަށް އަބަދުވެސް މަންފާއަށް މަސައްކަތް ކުރުން.
  • ފިޔަވަތިން ބަލަހައްޓާ ކޮންމެ ކުއްޖަކީ ވެސް ތަފާތު ކުއްޖެއްކަން އަދި ހުރިހާ ކުދިންނާއެކުވެސް ގުޅިގެން އުޅެވިދާނެކަން ދެނެގަނެ، އެތަފާތުތަކަކީ އެކުދިންގެ އަމިއްލަ ނަފްސު ތަރައްޤީކުރަން ބޭނުން ކުރެވިދާނެ ރައުސުލްމާލެއްކަމުގައި ދެކިގެން މަސައްކަތް ކުރުން.
  • ފިޔަވަތިން ބަލަހައްޓާ ކުދިން ޑޮކްޓަރަށް ދައްކަން ގެންދަންޖެހޭ ޙާލަތްތަކުގައި މެނޭޖްމަންޓުން އަންގާ ގޮތަކަށް ޢަމަލުކުރުމާއި، ބޭސްދޭންޖެހޭ ޙާލަތްތަކުގައި ޞިއްޙީ ޚިދުމަތްތެރިންގެ އިރުޝާދާއެކު ބޭސްދިނުމާއި، ކުއްޖަކު ބަލިވެއްޖެ ހިނދެއްގައި ޞިއްޙީ ޚިދުމަތްތެރިން ދޭ އިރުޝާދެއްގެ މަތިން ކުދިން ބެލެހެއްޓުމުގެ އެންމެހައި މަސައްކަތެއް ކުރުން.
  • ފިޔަވަތިން ބަލަހައްޓާ ކުދިން ހޮސްޕިޓަލުގައި އެޑްމިޓްކޮށް ބަލަހައްޓަން ޖެހޭ ހާލަތެއް ދިމާވެއްޖެނަމަ، މެނޭޖްމަންޓުން ހަމަޖައްސާ އުޞޫލެއްގެ މަތިން ހޮސްޕިޓަލުގައި ކުއްޖާ ކައިރީ ޑިއުޓީކޮށް، ކުއްޖާގެ އެންމެހާ ކަންކަން ބެލެހެއްޓުން.
  • ފިޔަވަތިން ބަލަހައްޓާ ކުދިން ބަލަހައްޓަމުން ދާއިރު ކުދިންގެ ސިއްޙަތަށް ގެއްލުންވާފަދަ އެއްވެސް އެއްޗެއް އެއްވެސް ކުއްޖަކަށް ނުދިނުން.
  • ފިޔަވަތިން ބަލަހައްޓާ ކުދިން ސްކޫލަށް ގެންގޮސް ގެނައުމާއި ސްކޫލުން އަންގާ ކަންކަމުގެ ތެރެއިން ދުވަހުން ދުވަހަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުމާއި ސްކޫލުން ހޯދަން އަންގާ ތަކެއްޗާއި، ކުރަން އަންގާ ކަންކަން މެނޭޖްމަންޓްގެ ސަމާލުކަމަށް ގެނައުން.
  • ފިޔަވަތިން ބަލަހައްޓާ ކުދިންގެ ކިޔެވުމުގެ މަރުހަލާއަށް ސަމާލުކަމެއްދީ، ތަފާތު އަލާމާތްތައް ފެންނަ ކުދިންގެ ކަންކަން މެނޭޖްމަންޓްގެ ސަމާލުކަމަށް ގެނެސް، މެނޭޖްމަންޓުން އިރުޝާދުދޭ ގޮތަކަށް އެކުދިންނާއެކު މަސައްކަތް ކުރުން.
  • ފިޔަވަތިން ބަލަހައްޓާ ކުދިންނަށް ކާންބޯންދިނުމުގެ އެންމެހާ މަސައްކަތްތައް ކުރުން.
  • ފިޔަވަތިން ބަލަހައްޓާ ކުދިންގެ ތެރެއިން ޚާއްޞަ މެނޫއެއްގެ ދަށުން ކާބޯތަކެތި ތައްޔާރުކޮށް ކާންދޭންޖެހޭ ކުދިންނަށް ބޭނުންވާ ކާބޯތަކެތި، ފިޔަވަތިން ހަމަޖައްސާފައިވާ އުސޫލެއްގެ މަތިން ދިނުން.
  • ފިޔަވަތިން ބަލަހައްޓާ ކުދިން މުނިފޫހިފިލުވުމާއި، އެކިއެކި ކުޅިވަރު ނުވަތަ ހަރަކާތްތަކުގައި ބައިވެރި ކުރުވުމަށްޓަކައި ކުދިންނާއެކު ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން. އަދި ފިޔަވަތި އިމާރާތުގެ ބޭރުގައި ކުދިންނަށް ހިންގާ ހަރަކާތްތަކަށް ކުދިން ގެންދާއިރު އެކުދިންނާއެކު އެތަންތަނަށް ގޮސް، ފިޔަވަތިން ހަމަޖައްސާފައިވާ އުސޫލްތަކާއި އެއްގޮތަށް ކުދިން ބެލެހެއްޓުން.
  • ފިޔަވަތިން ބަލަހައްޓާ ކުދިންގެ ސާފުތާހިރުކަމަށް ސަމާލުކަންދީ ހުރިހާ ވަގުތެއްގައިވެސް ކުދިން ބެލެހެއްޓުމާއި އެކުދިން އުޅޭ ސަރަހައްދު ސާފުތާހިރުކޮށް ބެލެހެއްޓުން
  • ފިޔަވަތިން ބަލަހައްޓާ ކުދިން ބެލެހެއްޓުމުގައި ކުދިންނަށް އަދަބާ ޚިލާފު ވީޑިއޯއާއި، ފޮޓޯ އަދި މިނޫންވެސް މިފަދަ އެއްވެސް މަންޒަރެއް އެކުލެވޭ އެއްވެސް އެއްޗެއް ނުދެއްކުން.
  • ފިޔަވަތިން ބަލަހައްޓާ ކުއްޖަކަށް އެއްވެސް ކަހަލަ ޖިސްމާނީ އަދި ނަފްސާނީ އަނިޔާއެއް ނުވަތަ އިހްމާލެއް ނުދިނުމަށާއި އެފަދަ އަނިޔާއެއް ކުރަނިކޮށް ފެނިއްޖެނަމަ ނުވަތަ ކުއްޖެއްގެ ފަރާތުން މަޢުލޫމާތު ލިބިއްޖެނަމަ އެކަން ވަގުތުން މެނޭޖްމަންޓްގެ ސަމާލުކަމަށް ގެނައުން.
  • ފިޔަވަތިން ބަލަހައްޓާ ކުދިން ބެލެހެއްޓުމުގައި ތަނުގައި ކަނޑައެޅިފައި ހުންނަ ޤަވާއިދުތަކަށް އިޚްތިރާމުކޮށް އެގޮތަށް އަމަލު ކުރުން.
  • ފިޔަވަތިން ބަލަހައްޓާ ކުދިން ބެލެހެއްޓުމުގެ މަސައްކަތް ކުރުމުގެ ތެރޭގައި މުޢާމަލާތް ކުރަންޖެހޭ ފަރާތްތަކާއި އަދަބުވެރިކަމާއި، މަޑުމައިތިރިކަމާއެކު މުޢާމަލާތް ކުރުމާއި، މުޢާމަލާތް ކުރުމުގައި އަދަބާ ޚިލާފު ބަސްތަކާއި، އަޚްލާޤީ މިންގަނޑާ ޚިލާފު ދަށުދަރަޖައިގެ ބަސްތައް ބޭނުން ނުކުރުން. އަދި ކުދިންނާއި މުޢާމަލާތް ކުރާއިރު ކުދިންގެ އުމުރާއި ގުޅޭ ގޮތަށް މުޢާމަލާތް ކުރުމާއި ހަރުކަށި އަދި ދަށު ދަރަޖައިގެ ބަސްތައް ބޭނުން ނުކުރުން.
  • ފިޔަވަތިން ބަލަހައްޓާ ކުދިން ބެލެހެއްޓުމުގެ މަސައްކަތުގައި، ފިޔަވަތީގެ އެތެރޭގައި އަދި ފިޔަވަތިން ބޭރުގައި އުޅެންޖެހޭ ހާލަތްތަކުގައިވެސް، މުޢާމަލާތުކުރުމުގައި މުޖުތަމަޢު ޤަބޫލުކުރާ މިންގަނޑެއްގައި އަޚްލާޤީ މިންގަނޑު ބެހެއްޓުން.
  • ފިޔަވަތިން ބަލަހައްޓާ ކުދިންގެ އަމަލުތަކަކީ ބައެއްފަހަރު އެންމެ އެކަށޭނެ އަމަލުތައް ކަމުގައި ނުވި ނަމަވެސް މިފަދަ ޙާލަތްތަކުގައި ކެއްތެރިކަމާއި އެކު ކުދިންނާއި މުއާމަލާތުކޮށް އެކުދިންގެ ހާލަތު ދެނެގަންނަން މަސައްކަތް ކުރުން.
  • މަސައްކަތްކުރާ ދާއިރާއާއި ގުޅުންހުރި މިންގަނޑުތަކާ އެއްގޮތަށް މަސައްކަތްކުރުން އަދި ޤާނޫނާއި ޤަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން، ރައްކާތެރި އަދި ހަރުދަނާ ގޮތެއްގައި މަސައްކަތް ކުރުން.
  • މަސައްކަތުގެ ދާއިރާގައި ހިމެނޭގޮތަށް އޮފީހުން ޙަވާލުކުރެވޭ އެންމެހައި ރަސްމީ މަސައްކަތް ކުރުން.

މަޤާމުގެ ޝަރުޠުތައް:

މަޤާމަށް ކަނޑައަޅާފައިވާ ޝަރުތު:

ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 1 ގެ ސަނަދެއް ހާޞިލްކޮށްފައިވުން ނުވަތަ ގްރޭޑް 6 ނިންމާފައިވުން.

 

މަޤާމުގެ ތަޢުލީމީ ރޮނގު:

ނެތް

 

މަޤާމުގެ މަސައްކަތުގެ ދާއިރާތައް:

ޗައިލްޑް ކެއަރ

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި (http://www.csc.gov.mv/download/2249) (މި އަދި މިނިސްޓްރީ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސަރވިސަސް  ވެބްސައިޓުން( www.gender.gov.mv) ލިބެން ހުންނާނެއެވެ.
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)   މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  މަތީ ތައުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ)  ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ/ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ރ)  އުވައިލައިފައިވާ ދަޢުލަތުގެ އިދާރާއެއްގައި، ނުވަތަ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ/ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ،  އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
  • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  • ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ  04 މެއި 2021ގެ 13:00 ގެ ކުރިން، ([email protected]) މި އީ-މެއިލް އެޑްރެސް އަށް ފޮނުވުންއެދެމެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް އިންޓަވިއުއެއް ބާއްވަން ޖެހިއްޖަނަމަ އިންޓަރުވިއުން އޮންނާނީ، (05 މެއި 2021 އިން 16 މެއި 2021) އާ ދެމެދު، (މިނިސްޓްރީ އޮފް ޖެންޑަރ، ފެމެލީ އެންޑް ސޯޝަލް ސަރވިސަސް) ގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3027623 ނުވަތަ 3027525 އަށެވެ. އީ-މެއިލް ކުރާނީ ([email protected]) އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/dv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

16 ރަމަޟާން 1442

28 އޭޕްރިލް 2021

28 އޭޕްރިލް 2021