ދިވެހިރާއްޖެ
ނަންބަރު : (IUL)ASMH-Procure/ASMH/2021/17
އިޢުލާން
މިހޮސްޕިޓަލްގެ ސީ.އެސް.އެސް.ޑީ ޔުނިޓް އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ.
މިހޮސްޕިޓަލުގެ ސީ.އެސް.އެސް.ޑީ ޔުނިޓް އިމާރާތްކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެގެން ކުރި އިޢުލާން ނަންބަރު (IUL)ASMH-Procure/ASMH/2021/05 (04 މާރިޗް 2021) އަށް ޝަރުތުފުރިހަމަވާ ފަރާތެއް ހުށަހަޅުއްވާފައިނުވާތީ، އެއިޢުލާން ބާޠިލްކޮށް އަލުން އިޢުލާން ކުރަމެވެ.
މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 28 އެޕްރީލް 2021 ވާ ބުދަ ދުވަހުން ފެށިގެން 09 މެއި 2021 ވާ އާދިޢްތަ ދުވަހުގެ 12:30 ގެ ކުރިން މިހޮސްޕިޓަލްގެ އޮފީސް މެއިލް އެޑްރެސް [email protected] އަށް ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރިމަކުރެއްވުމަށްފަހު އީމެއިލްކުރައްވައި ނުވަތަ ޑރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ އޮފީހަށް ވަޑައިގެން ރަޖިސްޓަރީކުރެއްވުމަށް ދަންނަވަމެވެ. މިއިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް އެޓޭޗްމެންޓްގައި ގެޒެޓް ކުރެވިފައިވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުއްވުން އޮންނާނީ 11 މެއި 2021 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:30 ގައި މިހޮސްޕިޓަލްގެ އޮފީސް އިމާރާތުގެ މީޓިންގ ރޫމް (1 ވަނަ ފަންގިފިލާ) ގައެވެ.
މިއިޢުލާނާއި ގުޅޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 09 މެއި 2021 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 12:00 ގެ ކުރިން [email protected] މެއިލްއަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހަޅަން ވަޑައިނުގަނެވޭނެވާހަކަވެސް ދަންނަވަމެވެ.
28 އެޕްރީލް 2021
އާމިނަތު އަބްދުލް ޙަކީމް
އ. ޑިރެކްޓަރ