ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)225-ID/225/2021/9
ޕަބްލިޝްކުރި ތާރީޚް: 28 އޭޕްރިލް 2021
ޕަބްލިޝްކުރި ގަޑި: 13:17
ސުންގަޑި: 09 މޭ 2021 00:00
ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކަނޑުގައި ދުއްވާ އިންޖީނުލީ އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރުމަށްޓަކައި ކުރަންޖެހޭ އަމަލީ އިމްތިހާން ކުރާނެ އެގްޒަމިނަރުން ހޯދުން

މި ކައުންސިލުން ދެމުންގެންދާ ކަނޑުގައި ދުއްވާ އިންޖީނުލީ އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރުމަށްޓަކައި ކުރަންޖެހޭ އަމަލީ އިމްތިހާން ކޮށްދޭނެ އެގްޒަމިނަރުން ހޯދުމަށް ހުޅުވާލަމެވެ.

ބޭނުންވާ ޢަދަދު

02 ( ދޭއް )

ކޮންޓްރެކްޓް މުއްދަތު

02 ( ދޭއް ) އަހަރު

އުޖޫރަ

 -/10 ( ދިހަ ރުފިޔާ ) ކޮންމެ ޓެސްޓަކަށް

ޝަރުތު

-         ފާއިތުވީ 05 އަހަރު ދުވަހުގެ ތެރޭގައި ޖިނާއީ ކުށެއްކޮށްފައިވާ މީހަކު ކަމުގައި ނުވުން.

-         ދޫކުރި ތާރީޚުން ފެށިގެން މަދުވެގެން 03 އަހަރުދުވަސްވެފައިވާ ކަނޑުގައި ދުއްވާ އިންޖީނުލީ އުޅަނދު ދުއްވުމުގެ ލައިސަންސް އޮތުން.

-          A,B,C,D,Gކެޓަގަރީތަކުގެ ލައިސަންސް ލިބިފައިވާ ފަރާތަކަށް ވުމާއެކު މި ކައުންސިލުން ހަމަޖައްސާ ގަޑިތަކުގައި އެކަންކުރެވޭނެ ފަރާތްތަކަށް އިސްކަންދެވޭނެ.

-         މި ކައުންސިލްގައި ވަޒީފާ އަދާކުރާ މީހެއްކަމުގައި ނުވުން.

 

ޚިދުމަތް ދޭ ގަޑި

ރަސްމީ ދުވަސްތަކުގައި ހެނދުނު 08:00 ން މެންދުރު 14:00އަށް.

މިކަމަށް އެދި ހުށަހަޅަންވީ ގޮތާއި ސުންގަޑި

2021 މޭ 9 ވަނަ ދުވަހުގެ މެންދުރު 13:00ގެ ކުރިން ސިޓީއަކުން މި ކައުންސިލަށް.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. 03 ( ތިނެއް ) މަސްދުވަސް ހަމަނުވާ ޕޮލިސް ރިޕޯޓް
  2. ދިވެހިރައްޔިތެންކަން އަންގައިދާ ކާޑުގެ ސާފު ކޮޕީ ( ދެފުށުގެ )
  3.  ކަނޑުގެ ލައިސަންސްގެ ސާފު ކޮޕީ
  4. ހުށަހަޅާ ފަރާތުގެ ވަނަވަރު
  • ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުކޮށް ހުށަހަޅާ ހުށަހެޅުންތައް ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

 އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 6500120 ނުވަތަ 6500092 އާއި ގުޅުއްވުން އެދެމެވެ.

އީމެއިލް ކުރައްވާނީ [email protected] އަށެވެ.

28 އޭޕްރިލް 2021