ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)113-CCD/1/2021/37
ޕަބްލިޝްކުރި ތާރީޚް: 28 އޭޕްރިލް 2021
ޕަބްލިޝްކުރި ގަޑި: 12:21
ސުންގަޑި:
09 މޭ 2021 09:00
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ރާއްޖެއަށް މުދާ އެތެރެކޮށް މާލޭ ވިޔަފާރި ބަނދަރުގައި ނުގެންގޮސް ގިނަދުވަހު ބެހެއްޓިފައިވާ، މުދާތައް ނީލަންކިއުމާއި ގުޅޭ
ރާއްޖެއަށް މުދާ އެތެރެކޮށް މާލޭ ވިޔަފާރި ބަނދަރުގައި ނުގެންގޮސް ގިނަދުވަހު ބެހެއްޓިފައިވާ، ތިރީގައި ދެންނެވުނު މުދާތައް ނީލަމުގައި ވިއްކާލަން ވަނީ ހަމަޖެހިފައެވެ.
- މުދަލުގެ އަދަދާއި ބާވަތް: ( ތަފްޞީލް އެޓޭޗް ލިސްޓްގައި )
- ނީލަން ކިޔާ މުދާ ބެލުމާއި ނަން ނޯޓް ކުރުން:
- މުދާ ބެލުން : 09 މެއި 2021 ވާ އާދީއްތަ ދުވަހުގެ 14:00 ގައި
- މުދާ ބެލުމަށް ނަން ނޯޓް ކުރުން: 09 މެއި 2021 ، 09:00 ކުރިން ނީލަން މުދާބެލުމަށް އެދޭ ފޯމުhttps://bit.ly/3ryA2Wl ފުރިހަމަކުރައްވަން ވާނެއެވެ.
- މުދާބެލުމަށް ވަޑައިގަންނަވާ އިރު ޕޯޓް ގެ ޤަވާއިދާއެއްގޮތަށް (ބޫޓް، ވެސްޓް އަދި ހެލްމެޓް ހިއްޕަވައިގެން) ވަޑައިގެންދެއްވުން އެދެމެވެ.
- ނީލަމުގައި ބައިވެރިވުން: މި ނީލަމުގައި ބައިވެރިވެވޭނީ 10 މެއި 2021 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން، ނީލަމުގައި ބައިވެރިވުމަށް އެދި ނީލަމުގައި ރަޖިސްޓްރީ ކުރާ ފޯމު ފުރިހަމަކޮށް އެޑްވާންސް ޕޭމަންޓް ދައްކާ ފަރާތްތަކަށެވެ.
- ނީލަން ކިޔުން: 11 މެއި 2021 ވާ އަންގާރަ ދުވަހު 14:00 ން ފެށިގެން.
- ނީލަން ކިއުން އޮންނަ ތަން: ހެޑް އޮފީސް ގެ ބަނދަރު މާލަމު ގައި.
ސަމާލުކަމަށްޓަކައި :
- މުދާ ނީލަންކިޔުން ކުރިއަށް ގެންދެވޭނީ މިކުންފުނީގައި މުދާ ނީލަންކިޔުމަށް ހެދިފައިވާ ގަވާއިދު ( 27 ޖޫން 2018 ގައި ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިއު ކުރެވިފައި ) ގެ ދަށުންނެވެ. މިކުންފުނީގެ ވެބްސައިޓް (www.port.mv) ގެ ޑައުންލޯޑްސް ސެކްޝަން އިން ވެސް ދެންނެވުނު ގަވާއިދު ފެނިލައްވާނެއެވެ.
- ސެކިއުރިޓީ ޑިޕޮސިޓް ފައިސާ ދެއްކެވުމަށް ޗެކް ބޭނުންކުރެވޭނީ ބޭންކް ގެރެންޓީ ދެވިފައިވާ ޗެކެވެ.
ނީލަމާއިބެހޭ އިތުރު މަޢުލޫމާތު މިކުންފުނީގެ ކާގޯ ކްލިއަރެންސް ޑިޕާރޓްމެންޓް އަދި ވެބްސައިޓް(www.port.mv) އިން ލިބިވަޑައިގަންނަވާނެއެވެ.
28 އޭޕްރިލް 2021