މަސައްކަތް
ނަންބަރު: (IUL) 164-PRO/1/2021/17
ޕަބްލިޝްކުރި ތާރީޚް: 27 އޭޕްރިލް 2021
ޕަބްލިޝްކުރި ގަޑި: 17:01
ސުންގަޑި: 06 މޭ 2021 12:00
ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީ
ދިވެހިރާއްޖެ
އީ-ގަވަރންމަންޓް އެޕްލިކޭޝަނެއް ޑިވެލޮޕްކޮށްދޭނެ ފަރާތެއް ހޯދުން

އިޢުލާން

 

      ބީލަމުގެ ނަން: އީ-ގަވަރންމަންޓް އެޕްލިކޭޝަނެއް ޑިވެލޮޕްކޮށްދޭނެ ފަރާތެއް ހޯދުން

 

      ޕްރީ-ބިޑް މީޓީން 29 އޭޕްރީލް 2021 ގައި 10:30 ގައި

 

      އަންދާސީ ހިސާބު ހުށަހެޅުން: 06 މެއި 2021 ގައި 12:00 ގައި

 

      މި ބީލަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މަތީގައި ބަޔާންކޮށްފައިވާ ގަޑިއަށް ނޭޝަނަލް ސެންޓަރ ފޮރ އިންފޮރމޭޝަން ޓެކޮނޯލޮޖީގެ ޢިމާރާތަށް (64 ނަންބަރ ކޮށި، ކަލާފާނު ހިނގުން) ހާޟިރުވެ، މައުލޫމާތު ސާފުކުރުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

      ކޯވިޑް-19 ގެ ހާލަތާ ގުޅިގެން ހުރިހާ ފަރުދުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އަޅާ ހާއްސަ ފިޔަވަޅެއްގެ ގޮތުން ޕްރީ-ބިޑް ބައްދަލުވުން އަދި އަންދާސީ ހިސާބު ހުށަހެޅުމަށް، ކޮންމެ ފަރާތަކުންވެސް ބައިވެރިވެ ވަޑައިގަންނަވަން ވާނީ އެންމެ ބޭފުޅެކެވެ. ޕްރީ-ބިޑް ބައްދަލުވުމުގައި ބައިވެރިވާ ފަރާތްތަކުގެ އިޖްތިމާއީ ގައިދުރުކަން ކަށަވަރުކުރުމަށްޓަކައި ބައިވެރިވާ ބޭފުޅުންގެ މައުލޫމާތު ( ބިޑް ހުށަހަޅުއްވާ ކޮމްޕެނީގެ ނަން، ބައިވެރިވާ ބޭފުޅެއްގެ ނަން، ގުޅޭނެ ފޯން ނަމްބަރު އަދި އައިޑީ ކާޑް ނަންބަރު) 28 އޭޕްރިލް 2021  ވާ ބުދަ ދުވަހުގެ 23:59ގެ ކުރިން [email protected] އަށް އީ-މެއިލް ކޮށްލެއްވުން އެދެމެވެ.

 

      އިޢުލާނާއި ބެހޭ އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ [email protected] އަށް އީ-މެއިލް ކޮށްލެއްވުން އެދެމެވެ.

 

‏15‏ ރަމަޟާން‏ 1442

‏27‏ އޭޕްރިލް‏ 2021

27 އޭޕްރިލް 2021