ދެންނެވުން
ނަންބަރު: (IUL)23-HRD(FRS)/23/2021/98
ޕަބްލިޝްކުރި ތާރީޚް: 27 އޭޕްރިލް 2021
ޕަބްލިޝްކުރި ގަޑި: 13:43
ސުންގަޑި: 05 މޭ 2021 13:35
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
އެމްޕްލޯއިމަންޓް އެޖެންސީތައް އަލުން މިނިސްޓްރީ އޮފް ހެލްތުގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް ހުޅުވާލުން

"ބިދޭސީ ޑޮކްޓަރުން، ނަރުހުން އަދި އެހެނިހެން ހެލްތް ޕްރޮފެޝަނަލުން ގެނައުމުގައި މިނިސްޓްރީ އޮފް ހެލްތުން ޢަމަލު ކުރާނެ ގޮތުގެ އުޞޫލު" 27 އޭޕްރީލް 2021 އިން ފެށިގެން އާއްމުކުރުމާއެކު މިމިނިސްޓްރީގެ ދަށުން ރަޖިސްޓްރީކޮށްފައިވާ އެމްޕްލޯއިމަންޓް އެޖެންސީތައް 27 އޭޕްރީލް 2021 އިން ފެށިގެން އުވާލައި، މިމިނިސްޓްރީއަށް ހުށަހަޅާފައިވާ އެޕްލިކޭޝަންތަކުގެ ތެރެއިން 27 އޭޕްރީލް 2021 ގެ ނިޔަލަށް ލިޔެކިއުންތައް ފުރިހަމަނުވާ އެޕްލިކޭޝަންތައް ބާތިލުކޮށް، އަލުން އެމްޕްލޯއިމަންޓް އެޖެންސީތައް މިމިނިސްޓްރީގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް 28 އޭޕްރީލް 2021 އިން ފެށިގެން ހުޅުވާލަމެވެ. އެމްޕްލޯއިމަންޓް އެޖެންސީތައް ރަޖިސްޓްރީވުމަށް އެދޭ ފޯމު މިމިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

27 އޭޕްރިލް 2021