ދިވެހިރާއްޖެ
ނަންބަރު : (IUL)ASMH-Procure/ASMH/2021/16
އިޢުލާން
މިހޮސްޕިޓަލަށް ފޮޓޯކޮޕީ މެޝިންއެއް ސަޕްލައި ކޮށްދޭނެ ފާރާތެއް ހޯދަން ބޭނުންވެއްޖެ.
މިހޮސްޕިޓަލަށް ފޮޓޯކޮޕީ މެޝިންއެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެގެން ކުރި އިޢުލާން ނަންބަރު (IUL)ASMH-Procure/ASMH/2021/14 އިޢުލާނަށް އެެއްވެސް ފަރާތަކުން ބީލަން ހުށަހަޅުއްވާފައިނުވާތީ، އެއިޢުލާން ބާޠިލްކޮށް އަލުން އިޢުލާން ކުރަމަެވެ.
ބީލަން ހުށަހެޅުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން ޑރ. އަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލްގައި ރެޖިސްޓަރ ކުރައްވަންވާނެއެވެ. ރަޖިސްޓްރީ ކުރިއަށް ދާނީ 27 އެޕްރީލް 2021 އިން 05 މެއި 2021 ވާ ބުދަ ދުވަހުގެ 12:30 މިހޮސްޕިޓަލްގެ ޕްރޮކިއުމެންޓް ސެކްޝަންގެ އީމެއިލް އެޑްރެސް [email protected] އަށް ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު އީމެއިލް ކޮށް ނުވަތަ ޑރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ އޮފީހަށް ވަޑައިގެންނެވެ. މިއިޢުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައިވާނެއެވެ. އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.
އަންދާސީހިސާބު ހުށަހަޅުއްވާ ދުވަހުގެ 10:30 ގެ ފަހުން ހުށަހަޅުއްވާ އަންދާސީ ހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބް ބާތިލްކުރެވޭނެއެވެ. އަދި އެއްވެސް ފަރާތެއްގެ ބަދަލުގައި ވަޑައިގަންނަވާނަމަ އެކަން އެނގޭނެ ލިޔުމެއް ހުށަހަޅަންވާނެއެވެ.
އަންދާސީ ހިސާބް ހުށަހެޅުން: 09 މެއި 2021، ހެނދުނު 10:30 އަށް
ތަން: ޑރ. އަބދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލްގެ އޮފީސް އިމާރާތުގެ މީޓިންގ ރޫމް (1 ވަނަ ފަންގިފިލާ)
27 އެޕްރީލް 2021
އާމިނަތު އަބްދުލް ޙަކީމް
އ. ޑިރެކްޓްރ