Maldives
އިޢުލާން
ލ.ކުނަހަންދޫގައި ކުޑަކުދިންގެ ޕާކު އެޅުން
ލ.ކުނަހަންދޫގައި ކުޑަކުދިންގެ ޕާކެއް ތަރައްޤީކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. ވީމާ، މިކައުންސިލުން ފޯރުކޮށްދޭ ނަމޫނާއާއި އެއްގޮތަށް އަމިއްލަ ތަކެތީގައި މިމަސައްކަތް ކޮށްދިނުމަށް ސައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. ޕާކަށް ބޭނުންވާ ޕްލޭސެޓްތައް ފޯރުކޮށްދޭނީ ކައުންސިލުންނެވެ.
ވީމާ، މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން 05 މޭ 2120 ވާ ބުދަ ދުވަހުގެ 13:00ގެ ކައުންސިލްގެ އިދާރާއަށް ވަޑައިގެން މައުލޫމާތު ސާފުކުރުމަށްފަހު 11 މޭ 2020 ވާ އަންގާރަ ދުވަހުގެ 13:00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ކަރުދާހެއްގެ އަގަކީ -/100 ރުފިޔާ އަށެވެ. މިކަމަށް ކުރިމަތިލެވޭނީ ޤާނޫން ނަންބަރ 2014/18 ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކާއި،ޤާނޫން ނަންބަރ 19/2014 ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރި ތަކަށެވެ.
މަޢުލޫމާތު ސާފްކުރުމަށް ޙާޒިރުނުވާ ފަރާތްތަކުން ހުށަހަޅާ އެސްޓިމޭޓްތައް ބަލައެއްނުގަނެވޭނެއެވެ. މަޢުލޫމާތު ސާފުކުރަން ވަޑައިގަންނަވާއިރު އައިޑީކާޑު ނުވަތަ އައިޑީކާޑުގެ ކޮޕީއެއް ގެންނަންވާނެއެވެ. އަދި ކުންފުނި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކޮއްފައިވާ ކަމުގެ ލިޔުމުގެ ކޮޕީއެއް ވެސް ގެންނަންވާނެއެވެ. އަދި ބަދަލްގައި މީހަކު ފޮނުވާނަމަ އެ ފޮނުވާ ފަރާތަކީ ކޮންފަރާތަކުން ހާޒިރުވި މީހެއްކަން އެގޭނެ ފަދަ ލިއުމެއް އޮންނަންވާނެއެވެ.
އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ސަރުކާރު ބަންދުނޫން ދުވަސްތަކުގެ ރަސްމީ ގަޑީގައި މި އިދާރާގެ ފޯން ނަންބަރ 9995970 އާއި ގުޅުއްވުމުން މަޢުލޫމާތު ލިބިވަޑައިގަންނަވާނެއެވެ.
ވީމާ ޢާއްމުކޮށް އެންގުމަށްޓަކާ އިޢުލާން ކުރީމެވެ.