ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)182-FRP/182/2021/8
ޕަބްލިޝްކުރި ތާރީޚް: 27 އޭޕްރިލް 2021
ޕަބްލިޝްކުރި ގަޑި: 11:11
ސުންގަޑި: 06 މޭ 2021 00:00
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
'އިންޕްރޫވިންގ ދަ ފުޑް އިމްޕޯޓް-އެކްސްޕޯޓް ކޮންޓްރޯލް ސިސްޓަމް އޮފް މޯލްޑިވްސް' ޕްރޮޖެކްޓްގެ މަސައްކަތް ކުރުމަށްް ޕްރޮޖެކްޓް ކޯޑިނޭޓަރއެއް ހޯދުމަށް

އިޢުލާން

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ފަރާތުން ހިންގަން ހަމަޖެހިފައިވާ 'އިންޕްރޫވިންގ ދަ ފުޑް އިމްޕޯޓް-އެކްސްޕޯޓް ކޮންޓްރޯލް ސިސްޓަމް އޮފް މޯލްޑިވްސް' ޕްރޮޖެކްޓްގެ މަސައްކަތް ކުރުމަށްް ޕްރޮޖެކްޓް ކޯޑިނޭޓަރއެއް ބޭނުންވެއެވެ.

މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުގެ ހުންނަންޖެހޭ ތަޢުލީމީ ފެންވަރާއި ތަޖުރިބާ، އަދި މަސްއޫލިއްޔަތުތަކާއި ޒިންމާތައް ބަޔާންކޮށްފައިވާ 'ޓަރމްސް އޮފް ރިފަރެންސް' މި އިޢުލާނާއި އެއްކަރުދާސްކޮށްފައިވާނެއެވެ. މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން 'ލެޓަރ އޮފް އިންޓްރެސްޓް' ހުށައަޅުއްވާއިރު ތިރީގައި މިވާ މަޢުލޫމާތު ހުށައަޅުއްވަންވާނެއެވެ.

  • ތަޢުލީމީ ސެޓުފިކެޓުތަކުގެ  އެޓެސްޓު ކުރެވިފައިވާ ކޮޕީ
  • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ފަންނީ ތަޖުރިބާ އެނގޭ ގޮތަށް ތައްޔާރުކުރެވިފައިވާ ވަނަވަރު
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނުވަތަ ޕާސްޕޯޓުގެ ކޮޕީ
  • ގުޅޭނެ ނަންބަރާއި، އީމެއިލް އެޑްރެސް އަދި ދާއިމީ އެޑްރެސް

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 6 މޭ 2021 ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިން، ސިޓީއަކުން ނުވަތަ މި އޮތޯރިޓީގެ އީމެއިލް [email protected] މެދުވެރިކޮށް މި އޮތޯރިޓީއަށް ހުށައެޅުއްވުން އެދެމެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ
ރޯޝަނީ ބިލްޑިންގ / 1 ވަނަ ފަންގިފިލާ
ސޯސަންމަގު
މާލެ، ދިވެހިރާއްޖެ
އީމެއިލް:[email protected]

އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ ގުޅުއްވާނެ ނަންބަރަކީ 3014361 އެވެ.

27 އޭޕްރިލް 2021