ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: 137-IU/PR/2021/15
ޕަބްލިޝްކުރި ތާރީޚް: 26 އޭޕްރިލް 2021
ޕަބްލިޝްކުރި ގަޑި: 21:58
ސުންގަޑި: 02 މޭ 2021 10:00
އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
އައި.ޖީ.އެމް ހޮސްޕިޓަލަށް ބާރކޯޑް ލޭބަލް އަދި ރިބަން 02 އަހަރު ދުވަހަށް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން

މިހޮސްޕިޓަލުގައި ބޭނުންކުރާ ބާރކޯޑް ޕްރިންޓަރުތަކަށް ލޭބަލް އަދި ރިބަން ހޯދަން ބޭނުންވެއެވެ. މިމަސައްކަތައް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަކަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

ބިޑް ހުށަހަޅުއްވާ ފަރާތްތަކުން ސަމާލުކަންދޭންވީ ކަންތައްތައް

  1. ޚިދުމަތްދޭފަރާތަކީ، އެ ޚިދުމަތެއް ފޯރުކޮށްދިނުމަށް ހުއްދަ ލިބިފައިވާ، ދާއިމީގޮތެއްގައި ހިނގަމުންދާ ތަނެއްކަމުގައިވުން. އަދި ސަރުކާރުގެ ގަވާއިދާއި އެއްގޮތްވާގޮތުގެމަތިން، ސަރުކާރުގެ ތަންތަނަށް މަސައްކަތްކޮށް ދިނުމަށް އެެއްބާރުލުމަށް އެއްބަސްވާ ފަރާތެއްކަމުގައިވުން.
  2. މި މަސައްކަތަށް ޝަރުޠުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދާ ބީލަންތަކައް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާތައް ބީލަމުގެ މައުލޫމާތު ކަރުދާހުގައި “Doc 01”ގައި ބަޔާންކޮށްފައިވާނެއެވެ. އަދި މިޑޮކިއުމަންޓްސް 27 އޭޕްރިލް 2021 ގެ 13:00 ން ފެށިގެން މިހޮސްޕިޓަލުގެ ވެބްސައިޓް އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.
  3. މިމަސައްކަތާބެހޭ އެންމެހައި ލިޔެކިޔުންތައް، ސޮފްޓްކޮޕީ ފޯރމެޓުގައި މިހޮސްޕިޓަލުގެ ވެބްސައިޓް http://www.igmh.gov.mv/publications/tenders  އިން 27 އޭޕްރިލް 2021 ގެ 13:00 ން ފެށިގެން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މިބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެ ފަހުގެ މައުލޫމާތުތައް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތްތަކުގެ ޒިންމާއެވެ.
  4. މިމަސައްކަތާބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 29 އޭޕްރިލް 2021 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން އީމެއިލް ކުރެއްވުން އެދެމެވެ. އީމެއިލް އެޑްރެސްތައް ތިރީގައި ބަޔާންކުރެވިފައިވާނެއެވެ.
  5. ބީލަން ހުޅުވުން އޮންނާނީ 02 މެއި 2021 ވާ އާދިއްތަ ދުވަހު 10:00 ގައި މިހޮސްޕިޓަލުގެ ޕްރޮކިއުމަންޓް މީޓިންގ ރޫމްގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބިޑުތައް ބަލައިނުގަނެވޭނެއެވެ. ބީލަންތައް ހުންނަންވާނީ މައުލޫމާތު ކަރުދާހުގައި ބަޔާން ކުރެވިފައިވާގޮތައް ސިޓީއުރައިގައި ބަންދުކޮށްފައެވެ.
  6. އިތުރު މައުލޫމާތު ތިރީގައިމިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ޕްރޮކިއުމަންޓް ޑިޕާރޓްމަންޓް

އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް،

ކަނބާ އައިސާރަނި ހިނގުން، މާލެ، ދިވެހިރާއްޖެ

ފޯނު: +960 3335349 ، +960 3335254

އީމެއިލް [email protected]

       ކޮޕީ: [email protected]

 

 

                                14 ރަމަޟާން 1442

                                26 އޭޕްރިލް  2021 

26 އޭޕްރިލް 2021