ދިވެހިރާއްޖެ
2 ވަނަ އިޢުލާން
ކޮޅުމަޑުލު ގުރައިދޫގައި 2005 ވަނައަހަރު މި މިނިސްޓްރީން ހިންގި ސަޕޯރޓް އިންފުރާސްޓްރަކްޗަރފޯރ ދަ ފިޝަރީޒް ސެކްޓަރ ޑިވެލޮޕްމަންޓް ޕްރޮގްރާމުގެ ދަށުން މަސްވެރިންނަށް އައިސް ފޯރުކޮށްދިނުމަށްޓަކައި ޤާއިމްކޮށްފައިވާ 50 ޓަނުގެ އައިސްޕްލާންޓު 50 ޓަނުގެ ސްޓޯރޭޖު ފެސިލިޓީ އާއި އެކު މިމިނިސްޓްރީން ވިއްކާލަން ބޭނުންވެގެން ކުރެވުނު ނަންބަރު : (IUL)30-B3/30/2021/6 (15 މާރޗް 2021) އިޢުލާނާއި ގުޅިގެން އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ، އަލުންއެފުރުޞަތު ހުޅުވާލަމެވެ.
މި ޕްލާންޓާއި ބެހޭ އިތުރު މަޢުލޫމާތު މި އިޢުލާނާއި އެކު އެއްއުރަކުރެވިފައިވާ މަޢުލޫމާތު ކަރުދާހުގައި ވާނެއެވެ.
މި އައިސްޕްލާންޓްގެ އިތުރުމަޢުލޫމާތު ބޭނުންވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުމެއް 05 މެއި 2021 ވާ ބުދަ ދުވަހު އޮންލައިން ޕްލެޓްފޯމެއް މެދުވެރިކޮށް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި މިބައްދަލުވުމުގައި ބައިވެރިވެލައްވަން ބޭނުންފުޅުވާ ފަރާތްތަކުން [email protected] އަށް އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މި ބައްދަލުވުމުގައި މި އައިސްޕްލާންޓާއި ގުޅޭ އިތުރު މަޢުލޫމާތާއި، އަދި މި އައިސްޕްލާންޓު ބަލަންބޭނުންވާ ފަރާތްތަކަށް އެއިންތިޒާމް ހަމަޖެހިފައިވާގޮތުގެ މަޢުލޫމާތު ފޯރުކޮށްދެވޭނެއެވެ.
ވީމާ، ކޮޅުމަޑުލު ގުރައިދޫ އައިސްޕުލާންޓު ގަންނަން ޝަޢުގުވެރިވާ ފަރާތްތަކުން 27 މެއި 2021 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 11:00 ގެކުރިން މި މިނިސްޓްރީއަށް ޕްރަޕޯސަލް ހުށަހެޅުއްވުމަށް ދެންނެވީމެވެ. މިފްރޮޕޯސަލްގައި ހިމަނަންޖެހޭ މަޢުލޫމާތުގެ ތަފްޞީލު އަދި ޕްރޮޕޯސަލް ވަޒަންކުރުމުގައި ބަލާނެ މިންގަނޑު މި އިޢުލާނާއި އެއްއުރަކޮށްފައިވާނެއެވެ. މިއައިސްޕްލާންޓު ވިއްކާލުމަށް މިނިސްޓްރީން ކަނޑައަޅާފައިވާ އެންމެ ދަށް އަގަކީ 5,113,929.21 (ފަސްމިލިއަން އެއްލައްކަ ތޭރަހާސް ނުވަސަތޭކަ އޮނަތިރީސް ރުފިޔާ އެކާވީސް ލާރި) ރުފިޔާ ކަމުގައި ދެންނެވީމެވެ. އައިސްޕްލާންޓް ގަންނަ ފަރާތުން ހަމަޖެހިފައިވާ އުޞޫލުން އައިސްޕްލާންޓް ބިމުގެ ކުލި، ތ. ގުރައިދޫ ކައުންސިލަށް ދައްކަންޖެހޭނެއެވެ.