ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)RDC-HRM-RDC-2021-77
ޕަބްލިޝްކުރި ތާރީޚް: 26 އޭޕްރިލް 2021
ޕަބްލިޝްކުރި ގަޑި: 11:47
ސުންގަޑި: 03 މޭ 2021 15:00
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު (ކ.ތިލަފުށި)

މިކޯޕަރޭޝަންގެ ކ.ތިލަފުށީގެ ސައިޓަށް ތިރީގައި މިވާ މަޤާމަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.

މަޤާމް:

ސަޕޯރޓް ސްޓާފް

ބޭނުންވާ އަދަދު:

12 (ބާރަ)

މަޤާމުގެ ގިންތި:

ކޮންޓްރެކްޓް 01 އަހަރު (ކޮންޓްރެކްޓްގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރު ބެލުމަށްފަހު)

ކްލެސިފިކޭޝަން / ރޭންކް:

ސަޕޯރޓް ސްޓާފް - ގްރޭޑް 5

މުސާރަ:

މަހަކު  3500.00 ރުފިޔާ

އެހެނިހެން ޢިނާޔަތްތައް:

އެހެނިހެން އެލަވަންސް : 3500.00 ރުފިޔާ

އިތުރުގަޑީގެ ފައިސާގެ ގޮތުގައި އަސާސީ މުސާރައިގެ 100 ޕަސެންޓް ލިބޭނެއެވެ.

ވަޒީފާ އަދާކުރަންޖެހޭ ތަން:

- ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ކ.ތިލަފުށި ސައިޓް

ފެންވަރު ނުވަތަ ޝަރުތު:

-  ޞިއްޙަތު ރަނގަޅު ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ އަސާސީ ތަޢުލީމު ހުރި މީހަކު ކަމުގައިވުން.

އަމިއްލައަށް އިސްނަގައިގެން  މަސައްކަތްކުރުމުގެ ތަޖުރިބާ އަދި ޤާބިލުކަން ހުރުން.

ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

ގާއެޅުމާއި ކޮންކްރީޓް މަސައްކަތްކުރުން.

ގާ ޕެލެޓް ކުރުމާއި ލޭބަލްކުރުން.

ޕްރޮޑަކްޝަން މަސައްކަތްތައް ބޭނުންކުރެވޭ މެޝިނަރީސް އާއި ޓޫލްސް ސާފުކޮށް ބެލެހެއްޓުން

ޕްރޮޖެކްޓް ހިންގާ ރަށްރަށަށް ބޭނުންވާ ތަކެތި ތަންތަނަށް ފޮނުވުމަށް ވެހިކަލަށް އަރުވާ ބޭލުން.

ސައިޓް ސްޕަވައިޒަރުން އަންގާ މަސައްކަތާއި ގުޅުން ހުރި އެހެނިހެން ކަންކަން ކުރުން

ސުންގަޑި:

- މިވަޒީފާއަށް އެދޭ ފަރާތްތަކުން، އެޕްލިކޭޝަނަ ފޯމް ފުރިހަމަކުރުމަށްފަހު، 03 މެއި 2021 ވާ ހޯމަ  ދުވަހުގެ 15:00 ގެ ކުރިން، މިކޯޕަރޭޝަނުގެ ހެޑް އޮފީހަށް ނުވަތަ ހިއުމަން ރިސޯސް ޑިޕާޓްމަންޓުގެ އީ މެއިލް[email protected]  އަށް ފޮނުއްވުން އެދެމެވެ.

ވަޒީފާއަށް އެދޭ ފޯމު މިކޯޕަރޭޝަނުގެ ވެބްސައިޓް  www.rdc.com.mv  އިން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މިކޯޕަރޭޝަންގެ ހެޑް އޮފީހުގެ (އޯކިޑް މަގު، އެމްއެސްއެލް ބިލްޑިންގ ގެ ފުރަތަމަ ފަންގިފިލާ / މާލެ) ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި އިޢުލާނާއެކު ވަޒީފާ ފޯމް އެޓޭޗް ކުރެވިފައިވާނެއެވެ. އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ އެކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް: 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު.
  2. މީހާގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ  (މުއްދަތު ހަމަނުވާ)
  4. ވަޒީފާއެއް އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، ވަޒީފާގެ މުއްދަތު އަދި ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ލިޔުމެއް.
  5. ދޫކުރިފަހުން ތިންމަސްދުވަސް ހަމަނުވާ ޕޮލިސް ރިފޯޓް.

އިންޓަވިއު:

- މި މަޤާމަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކުގެ  ފޯމުތައް ބާޠިލްކުރެވޭނެއެވެ.

-  މި މަޤާމަށް މީހަކު ހޮވުމަށް ކުރެވޭ އިންޓަވިއު އޮންނާނީ، މެއި މަހުގެ ތާރީޚެއްގައެވެ.

އިތުރު މަޢުލޫމާތު: 

އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާނަމަ މިކޯޕަރޭޝަނުގެ 3339060 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

14 ރަމަޟާން 1442

26 އޭޕްރިލް 2021